ހަ ބިލިއަން ޑޮލަރަށް އާމްދަނީ އިތުރު ކުރުމަށް އަމާޒުކޮށް ޓޫރިޒަމް ފަސް ވަނަ މާސްޓަޕްލޭން ނެރެފި

ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ޕްލޭން އެކުލަވާ ލެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން: މި މާސްޓަ ޕްލޭނު އެކުލަވާލީ އޭޑީބީގެ ހިލޭ އެހީގައި -- ފޮޓޯ ޓޫރިޒަމް މިނިސްޓްރީ

ޓޫރިޒަމްގެ ފަސް ވަނަ މާސްޓަ ޕްލޭން އެކުލަވާ ލެއްވުމުގައި އިސްކޮށް މަސައްކަތް ކުރެއްވި ބޭފުޅުން: މި މާސްޓަ ޕްލޭނު އެކުލަވާލީ އޭޑީބީގެ ހިލޭ އެހީގައި -- ފޮޓޯ ޓޫރިޒަމް މިނިސްޓްރީ

މާސްޓާ ޕްލޭނުގެ މުއްދަތު ނިމޭއިރު، ރާއްޖެ އަށް ޓޫރިޒަމުން ލިބޭ އާމްދަނީ އަހަރަކު ހަ ބިލިއަން ޑޮލަރަށް އިތުރު ކުރުމަށް އަމާޒުކޮށް އެކުލަވާލި ފަސް ވަނަ ޓޫރިޒަމް މާސްޓް ޕްލޭން މިއަދު އިފުތިތާހުކޮށްފި އެވެ.

އެމްއެންޔޫ އޮޑިޓޯރިއަމްގައި ބޭއްވި ރަސްމިއްޔާތެއްގައި، 2023 އިން 2027 އަށް އެކުލަވާލާފައިވާ މާސްޓް ޕްލޭން ނެރެ ދެއްވީ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލެވެ. އެ މާސްޓް ޕްލޭން އެކުލަވާލީ އޭޑީބީގެ ހިލޭ އެހީގައި 10 ކޮންސަލްޓެންޓުން އައްޔަން ކޮށްގެނެވެ.

މާސްޓް ޕްލޭން އެކުލަވާލުމުގައި އެންމެ އިސްކޮށް މަސައްކަތް ކުރެއްވި ޓޫރިޒަމް މިނިސްޓަރުގެ ނައިބު ޑރ. ނައުޝާދު މުހައްމަދު ވިދާޅުވީ ރާއްޖެ އަކީ ހުރިހާ ގިންތިއެއްގެ ޓޫރިސްޓުންނަށް އާދެވޭ، ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ ގޮތުގައި ދަމަހައްޓައި ޓޫރިޒަމުން ލިބޭ އާމްދަނީ އިތުރު ކުރުމަށް ކުރަންޖެހޭ ކަންކަމަށް މާސްޓާ ޕްލޭންގައި ވިސްނަވާފައިވާނެ ކަމަށެވެ.

މިހާރު ރާއްޖެ އަށް ޓޫރިޒަމުން އަހަރަކު ލިބޭ އާމްދަނީ 4.2 ބިލިއަން ޑޮލަރުން ހަ ބިލިއަން ޑޮލަރަށް އިތުރު ވާނެ ރޭވުންތައް މާސްޓް ޕްލޭނުގައި ހިމަނާފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެ އާމްދަނީ އެގޮތަށް ބަލާފައިވަނީ ފިނޭންސް މިނިސްޓްރީ އާ ވެސް މަޝްވަރާ ކޮށް، ޓޫރިސްޓުން ރާްއްޖެގައި ހޭދަކުރާ ރޭގެ އަދަދު އަހަރު އެވަރެޖްކޮށް 8.8 ޕަސެންޓް އިިތުރުވާނެ ކަމަށް ބަލާފައި،" ނައުޝާދު ވިދާޅުވި އެވެ.

މާސްޓް ޕްލޭނުގައި ބަޔާން ކޮށްފައިވާ ގޮތުގައި ޓޫރިޒަމުން މިއަހަރު ލިބޭނެ ކަމަށް ފިނޭންސް މިނިސްޓްރީން އަންދާޒާ ކުރަނީ 4.2 ބިލިއަން ޑޮލަރެވެ. ޓޫރިސްޓުން ހޭދަކުރާ ރޭގެ އަދަދު 8.8 ޕަސެންޓުގައި އިތުރު ވާނެ ކަމަށް ބަލާފައިވާއިރު، 2023 ވަނަ އަހަރު 13 މިލިއަނުން 2027 ވަނަ އަހަރު 18 މިލިއަނަށް އިތުރުވާނެ ކަމަށް ބަޔާން ކޮށްފައިވެ އެވެ. މިދިޔަ އަހަރު ރާއްޖޭގައި ޓޫރިސްޓުން ހޭދަ ކޮށްފައި ވަނީ 11.9 މިލިއަން ރެ އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވީ ފާއިތުވި 50 އަހަރު ރާއްޖެ އަކީ ޓޫރިޒަމްގެ ކާމިޔާބު ގައުމެއް ކަމަށާއި އަދި ވެސް ކުރިއަށްދާން ޖެހޭނީ ރާއްޖެއިން އިސްކަން ދީފައިވާ "ވަން ރިސޯޓް ވަން އައިލެންޑް" ކޮންޝެޕްޓާއި އެކު، އިތުރަށް ޓޫރިޒަމް ފުޅާ ކުރުމަށް ކުރެވެން ހުރި ގޮތްތަކަށް ބަލައިގެން ކަމަށެވެ.

ރަނގަޅަށް ކުރަމުން އަންނަ ދަތުރެއްގެ މިސްރާބު ބަދަލުކުރާކަށް ނުވާނެ، އާ މާސްޓަ ޕްލޭނަކީ ޓޫރިޒަމްގެ އާ ފެށުމެއް ނޫން،" މައުސޫމް ވިދާޅުވި އެވެ.

ސިމާދު ސައީދު އިސް ކޮންސާލްޓެންޓެއްގެ ގޮތުގައި ހުންނަވައިގެން އެކުލަވާލި ފަސް ވަނަ ޓޫރިޒަމް މާސްޓް ޕްލޭނުގައި 15 އަމާޒެއް ކަނޑައަޅަފައިވެ އެވެ. އެއީ:

  1. ހުރިހާ އަތޮޅަކަށް ޓޫރިޒަމުން ލިބޭ މަންފާ އިތުރުކުރުން.
  2. ޓޫރިޒަމް އިސްތިހާރު ކުރުމަށް ހިއްސާ ކުރެވޭ މައުލޫމާތު އެންމެ ރަނގަޅު ގޮތަށް ހިއްސާކުރުން.
  3. އާ އުފެއްދުންތަކާއި ތަޖުރިބާތައް ތައާރަފު ކުރުން.
  4. މޫސުމަށް އަންނަ ބަދަލުތަކަށް ރައްކާތެރިވެ، ގުދުރަތީ ހަރާޒާ މުއްސަނދި ކުރުން.
  5. ހަކަތަ އިން ތިމާވެއްޓަށް ކުރާ އަސަރު ކުޑަކޮށް 'ނެޓް ރީރޯ' ހާސިލު ކުރުމަށް މަސައްކަތް ކުރުން،
  6. ޒަމާނީ ފެންވަރުގެ ދަތުރުފަތުރުގެ ހިދުމަތް ގާއިމު ކުރުން.
  7. މަސައްކަތްތެރިން ދަމަހައްޓާ، ސިނާއަތަށް ޝައުގުވެރި ކުރުން.
  8. އިންވެސްޓުމަންޓު ތަކާއި އީޖާދީ ފައިނޭންސް ކުރުމުގެ ފުރުސަތުތަކަށް މަގުފަހި ކުރުން
  9. ވިޔަފާރި އަށް މަގުފަހި ކުރުމަށް ގާނޫނީ ބަދަލު ތަކާއި އިސްލާހުތައް ގެނައުން.
  10. ދާއިރާ ޑިޖިޓަލައިޒް ކުރުން.
  11. ސަރުކާރުގެ ހުރިހާ މުއްސަސާ ތަކުން އެއް އަމާޒަކަށް މަސައްކަތް ކުރުން
  12. ހޯދުން ތަކާއި ދިރާސާ ތަކަށް ބިނާކޮށް ޓޫރިޒަމް ފުޅާކުރުން.
  13. ސިއްހަތާއި ސަލާމަތާއި ގުޅޭ ނިޒާމު ތަކާއި ސިސްޓަމްތައް ވަރުގަދަ ކުރުން.
  14. ދާއިމީ ހެޔޮ ބަދަލެއް ގާއިމު ކުރެވޭނެ މިންގަނޑު ތަކެއް ތައާރަފު ކުރުން.
  15. އުމުރުން ދަވަސްވީ ފަރާތްތަކާއި ހައްސަ އެހީއަށް ބޭނުންވާ ފަރާތްތަކުގެ ވެސް މަންޒިލަކަށް ހެދުން.

ވޭތުވެދިޔަ ހަތަރު އަހަރުގެ ޓޫރިޒްމަގެ ކަންކަން ނިންމާފައި ވަނީ މާސްޓަ ޕްލޭނެއް ނެތި އެވެ. ޓޫރިޒަމް މިނިސްޓްރީން ބޫނީ މާސްޓް ޕްލޭނުގައި ހިމެނޭ ކަންތައް ތަންފީޒު ކުރުމަށްޓަކައި އެކްސަން ޕްލޭންތައް ވެސް ފަހުން އެކުލަވާލާނެ ކަމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox