މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ޔޫތު ކުޅުންތެރިޔާ އޯޓީސް ހާން ޕާކިސްތާންގެ ސާފް ސްކޮޑަށް

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ގްރިމްސްބީގެ އޯޓީސް (ވ) ބްރައިޓަންގެ މާޗް އަތުން ބޯޅަ ހިފައިގެންދަނީ: އޯޓީސް މި ފަހަރުގެ ސާފްގައި ޕާކިސްތާން ޓީމަށް ކުޅޭނެ.

އެފްއޭ ކަޕްގެ ކުއާޓާ ފައިނަލުގައި ގްރިމްސްބީގެ އޯޓީސް (ވ) ބްރައިޓަންގެ މާޗް އަތުން ބޯޅަ ހިފައިގެންދަނީ: އޯޓީސް މި ފަހަރުގެ ސާފްގައި ޕާކިސްތާން ޓީމަށް ކުޅޭނެ.

މެންޗެސްޓާ ޔުނައިޓެޑްގެ ޔޫތު ޓީމަށް ކުރިން ކުޅެ، މިހާރު އިނގިރޭސި ހަތަރު ވަނަ ޑިވިޝަންގެ ގްރިމްސްބީ ޓައުންގެ އެޓޭކިން މިޑްފީލްޑަރަކަށް ކުޅެމުން އަންނަ އޯޓީސް ހާން، އަންނަ މަހު އިންޑިއާގެ ބެންގަލޫރުގައި ފަށާ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރާ ޕާކިސްތާން ފުޓްބޯޅަ ޓީމުގެ ސްކޮޑުގައި ހިމަނައިފި އެވެ.

އޯޓީސް، 27، ކުޅެމުން އަންނަ ގްރިމްސްބީ އަކީ މި ސީޒަނުގެ އެފްއޭ ކަޕުން ސައުތެމްޓަން ކަޓުވާލި ޓީމެވެ. އެފްއޭ ކަޕްގެ ކުއާޓާ ފައިނަލަށް މި ފަހަރު ގްރިމްސްބީ ދަތުރުކުރިއިރު، އޯޓީސް ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. ގްރިމްސްބީ ކެޓީ ކުއާޓާ ފައިނަލުގައި ބްރައިޓަން އަތުންނެވެ. އެ މެޗުގައި ވެސް އޯޓީސް ވަނީ ކުޅެފަ އެވެ.

މެންޗެސްޓާ ޔުނައިޓެޑާ އެކު 10 އަހަރު ވަންދެން ޔޫތު ކެރިއަރު ހޭދަކުރުމަށް ފަހު އޯޓީސް، ޕްރޮފެޝަނަލް ކެރިއަރު ފެށީ ޝެފީލްޑް ޔުނައިޓެޑުންނެވެ. އޯޓީސް ވަނީ އިނގިރޭސި ދަށް ޑިވިޝަނުގެ ގިނަ ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރެއިން ފާހަގަކޮށްލެވޭ ޓީމުތަކަށް ބަލާއިރު، ބާންސްލީ އާއި ލޭޓަން އޯރިއެންޓް ހިމެނެ އެވެ.

އޯޓީސް، ޕާކިސްތާން ޖޯޒީގައި ފުރަތަމަ ފެނިގެންދާނެ މުބާރާތަކީ ސާފް ޗެމްޕިއަންޝިޕްގެ ކުރިން ޕާކިސްތާނުން ކުޅޭ އެކުވެރިކަމުގެ މުބާރާތުގަ އެވެ. މޮރިޝަސްގައި އޮންނަ ފޯ ނޭޝަންސް އެކުވެރިކަމުގެ މުބާރާތެއްގައި ޕާކިސްތާނުން ކުޅޭނީ ޖޫން 8 އިން 18 އަށެވެ. މި މުބާރާތުގައި ވާދަކުރަނީ ޕާކިސްތާންގެ އިތުރުން މޮރިޝަސް، ކެންޔާ އަދި ޖިބޫޓީ އެވެ.

19 އަހަރުން ދަށުގެ ޔޫރޯގައި ސުލެއިމާން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އިނގިރޭސި ކުރީގެ ޔޫތު ކެޕްޓަން، ސުލެއިމާން ވެސް ޕާކިސްތާން ސްކޮޑަށް

ޕާކިސްތާނުން މި ފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ވާދަކުރަނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. އެ ގޮތުން 2021 ވަނަ އަހަރު މާލޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވާދަނުކުރީ އޭރު އެ ގައުމު، ފީފާ ސަސްޕެންޝަނެއްގައި އޮތުމުންނެވެ.

އެންމެ ފަހުން، 2018 ވަނަ އަހަރު ބަންގްލަދޭޝްގައި ބޭއްވި ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާން ވާދަކުރިއިރު، އެ ޓީމުގެ ސްކޮޑުގެ 85 ޕަސެންޓަކީ ޔޫރަޕްގެ އެކި ގައުމުތަކުގެ ދަށް ޑިވިޝަންތަކުގައި ކުޅޭ ކުޅުންތެރިންނެވެ. އޭގެ ތެރޭގައި ބެލްޖިއަމް، ނޯވޭ، ޖަރުމަނު އަދި ޑެންމާކްގައި އެ ވަގުތު ކުޅެމުން އައި ކުޅުންތެރިން ވެސް ހިމެނެ އެވެ.

ޕާކިސްތާނުން މި ފަހަރުގެ ސާފަށް ވެސް ސްކޮޑު އެކުލަވާލިއިރު، ޔޫރަޕްގައި ކުޅޭ އެ ގައުމަށް ކުޅެވޭނެ މަތީ ފަންތީގެ ފުޓްބޯޅަ ކުޅޭ ކުޅުންތެރިން ހޯދުމުގެ މަސައްކަތް ކުރި އެވެ. އެ ގޮތުން، އެ ގައުމަށް ކުޅެވޭ ގޮތަށް ހަމަޖެހިގެންދިޔަ އެންމެ ހާއްސަ ކުޅުންތެރިއަކީ އިނގިރޭސި ކުރީގެ ޔޫތު ކެޕްޓަން، އީސާ ސުލެއިމާން އެވެ.

ފަސް އުމުރުފުރާއެއްގައި އިންގްލެންޑްގެ ޔޫތު ގައުމީ ޓީމަށް ކުޅެފައިވާ ސުލެއިމާން ވަނީ 16 އަހަރުން ދަށާއި 17 އަހަރުން ދަށުގެ އިންގްލެންޑް ޔޫތު ޓީމުގެ ކެޕްޓަންކަން ކޮށްފަ އެވެ.

އިންގްލެންޑުން 2017 ވަނަ އަހަރު، 19 އަހަރުން ދަށުގެ ޔޫރޯ ޗެމްޕިއަންކަން ހޯދިއިރު، އެ ފަހަރު ޓީމުގެ ޑިފެންސްގައި އިސް ރޯލެއް ކުޅުނީ ސުލެއިމާން އެވެ. އެ ގޮތުން އެ މުބާރާތުގެ ފައިނަލް މެޗުގައި ޕޯޗުގަލް ކޮޅަށް އިންގްލެންޑްގެ ފުރަތަމަ ގޯލު ޖެހީ ވެސް ސުލެއިމާން އެވެ.

ސުލެއިމާން، އެސްޓަން ވިލާގައި 2012-2015 ގައި ޔޫތު ކެރިއަރު ފުރިހަމަ ކުރުމަށް ފަހު، ސީނިއާ ޓީމަށް ޕްރޮމޯޓްވިިއިރު، ސްޓީވް ބްރޫސްގެ ކޯޗުކަމުގައި ލީގު ކަޕް މެޗެއްގައި ވިލާ އަށް ކުޅެފައިވެ އެވެ.

ގަވާއިދުން ކުޅުމުގެ ފުރުސަތު ހޯދުމުގެ ގޮތުން ލޯން އުސޫލުން ވަނީ އިނގިރޭސި ދަށް ޑިވިޝަން ޓީމުތަކަށް ކުޅެފަ އެވެ. ވިލާ ދޫކޮށްލައި، މި ވަގުތު ޕޯޗުގީސް ކްލަބް، ވިކްޓޯރިއާ ޑި ގިމަރޭސް ކޮންޓްރެކްޓްގައި ހުރި ސުލެއިމާން ކުޅެމުން އަންނަނީ ލޯން އުސޫލުން ޕޯޗުގީސް ކްލަބް، ވިލްފްރަންކީސޭ އަށެވެ.

ޕާކިސްތާން ފުޓްބޯޅެ ފެޑެރޭޝަނުން މިހާރު ވަނީ ސުލެއިމާން އަށް އެ ޓީމަށް ކުޅެން ފީފާ އިން ހޯދަން ޖެހޭ ހުއްދައިގެ ކަންކަން ނިންމައިފަ އެވެ.

ސާފް ޗެމްޕިއަންޝިޕްގައި ޕާކިސްތާނުން އެ ގައުމުގެ ކޯޗު ޝަހްޒާދް އަންވަރުގެ ކޯޗުކަމުގައި ކުޅޭ ޕާކިސްތާން ޓީމު މި ފަހަރުގެ ސާފްގައި ހިމެނިފައިވަނީ އެންމެ ފަހުގެ ޗެމްޕިއަން، އިންޑިއާ އާއި ރަނަަރަޕް ނޭޕާލްގެ އިތުރުން މި ފަަހަރުގެ މުބާރާތުގައި ދައުވަތުދީގެން ވާދަކުރާ ކުވެއިތު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox