އެފްރިކާގެ ގައުމުތަކުން ރަޝިއާ ކުށްވެރި ނުކުރާތީ ޔޫކްރެއިންގެ ކަންބޮޑުވުން

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ. -- ފޮޓޯ: އޭއެފްޕީ

ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ. -- ފޮޓޯ: އޭއެފްޕީ

އަދިސް އަބާބާ، އިތިއޯޕިއާ (މޭ 24) - ރަޝިއާގެ ސިފައިން ޔޫކްރެއިނަށް އަރައި ކުރަމުންދާ ހަނގުރާމައިގައި ވަކި އަތަކަށް ނުޖެހި ތިބުމަށް ކަމަށް ބުނެ އެފްރިކާގެ ގައުމުތަކުން ރަޝިއާ ކުށްވެރި ނުކުރާތީ ޔޫކްރެއިނުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

އިތިއޯޕިއާއަށް ކުރައްވަމުންދާ ދަތުރެއްގައި ޔޫކްރެއިންގެ ފޮރިން މިނިސްޓަރު ޑިމީޓްރޯ ކުލެބާ ވިދާޅުވީ އެފްރިކާގެ ބައެއް ގައުމުތަކުގެ ވިސްނުމާ މެދު ކަންބޮޑުވާ ކަމަށެވެ.

އޭނާގެ މި ދަތުރަކީ އެފްރިކާ ގައުމުތަކުގެ ތާއީދު ހޯދުމަށް ކުރާ ސަރަަހައްދީ ދަތުރެކެވެ. ކުލެބާ ވިދާޅުވީ މި ހަނގުރާމައިގެ ޖަވާބަކީ ވަކި އަތަކަށް ނުޖެހި ތިބުން ނޫން ކަމަށެވެ.

"ރަޝިއާގެ އަމަލުތައް ކުށްވެރި ނުކޮށް ތިބުމަކީ، އެހެން ހުރިހާ ގައުމެއްގެ ބޯޑަރު ހުރަސްކޮށް، ލާއިންސާނީ ޖަރީމާ ހިންގުން ކުށްވެރި ނުކޮށް ތިބުން ކަހަލަ ކަމެއް،" ކުލެބާ ވިދާޅުވި އެވެ.

ޔޫކްރެއިނުން ރަޝިއާ ސިފައިން ފޭބުމަށް ގޮވާލާ މިދިޔަ ފެބްރުއަރީ މަހު އދ. ގެ އާއްމު މަޖިލީހުގައި ނެގި ވޯޓުގައި އެފްރިކަން ޔޫނިއަންގެ 54 މެމްބަރު ގައުމުގެ ތެރެއިން 22 ގައުމުން ވޯޓުގައި ބައިވެރި ނުވެ ނުވަތަ ވަކި އަތަކަށް ނުޖެހި ތިއްބެވެ.

އެރިޓްރިއާ އާއި މާލީއިން ވޯޓުލީ ރަޝިއާ ސިފައިން ފޭބުމަށް ގޮވާލަން ނުފެންނަ ކަމަށޭވެ.

ކުލެބާ އެފްރިކާ ގައުމުތަކުގެ ތާއީދު ހޯދަަން މަސައްކަތް ކުރައްވާ އިރު، ދެކުނު އެފްރިކާއިން ދާދި ފަހުން ބުނީ ސުލްހައިގެ މިޝަނެއްގައި އެފްރިކާގެ އޮފިޝަލުން ވަރަށް އަވަހަށް ރަޝިއާ އާއި ޔޫކްރެއިނަށް ދަތުރު ކުރާނެ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިބޫޓީ ކައިރިއަށް ބޯޓެއް ބަންޑުންޖަހާލައި 139 މީހުން މަރުވެއްޖެ

ޖިބޫޓީން ފުރައިގެން ޔަމަނަށް ދަތުރުކުރި ހިޖުރަވެރިންގެ ބޯޓެއް ބަންޑުންޖަހާލި ހާދިސާގައި، 15 ކުޑަކުދިން ހިމެނޭހެން 139 މީހުން މަރުވެ އެތައް ބަޔަކު ވަނީ ގެއްލިފައެވެ. ޖުމްލަ 305 މީހުންނާއެކު ދަތުރުކުރި މި ބޯޓުން ސަލާމަތްވި 82 މީހުންނަކީ އިތިއޯޕިއާގެ ރައްޔިތުން ކަމަށާއި، އެމީހުންނަށް މިހާރު ސިއްހީ ފަރުވާ ދެމުންދާ ކަމަށް އދ. ގެ ހިޖުރަވެރިންނާ ބެހޭ އިދާރާއިން ބުނެއެވެ.

ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވި: ޔޫކޭ ބޮޑު ވަޒީރު

2016 ވަނަ އަހަރުގެ ބްރެކްސިޓް ވޯޓަށް ރަޝިއާއިން ނުފޫޒު ފޯރުވާފައިވާ ކަމަށް އިނގިރޭސި ބޮޑުވަޒީރު އެންޑީ ބާންހަމް ވިދާޅުވެއްޖެއެވެ. ބާންހަމް މިހެން ވިދާޅުވި ނަމަވެސް، ބްރެކްސިޓަށް ތާއީދުކުރާ ފަރާތްތަކުން ވަނީ މިއީ ރައްޔިތުންގެ ނިންމުމުގެ ސައްހަކަން ގެއްލުވާލުމަށް ދައްކާ ވާހަކައެއް ކަމަށް ބުނެ އެކަން ދޮގުކޮށްފައެވެ.

"ހަކަތައިގެ ހަނގުރާމަ" ހުއްޓާލަން އެއްބަސްވެއްޖެ: ޓްރަމްޕް

ރަޝިޔާ އާއި ޔޫކްރެއިންގެ ހަކަތައިގެ ވަސީލަތްތަކަށް ހަމަލާދިނުން ހުއްޓާލުމަށް އެއްބަސްވެފައިވާ ކަމަށް ޑޮނަލްޑް ޓްރަމްޕް ވިދާޅުވި ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވަނީ އެފަދަ އެއްބަސްވުމެއްގެ މައުލޫމާތު ކުރިން ލިބިފައިނުވާ ކަމަށް ވިދާޅުވެފައެވެ. އެހެންނަމަވެސް، ރަޝިޔާއިން ހަމަލާތައް ހުއްޓާލާނެ ކަމުގެ ހަގީގީ ޔަގީންކަން ލިބިއްޖެ ނަމަ، އެފަދަ އެއްބަސްވުމަކަށް އަމަލުކުރުމަށް ޔޫކްރެއިން އޮތީ ތައްޔާރަށެވެ.

އަނެއްކާވެސް ރިޔާދްގެ އެއާޕޯޓަށް ހަމަލާދީ ރޯކޮށްލައިފި

އީރާނުގެ މަދަދުލިބޭ ހޫތީން ސައުދީގެ ރިޔާދު އެއާޕޯޓަށް އަމާޒުކޮށް ފޮނުވާލި ކްރޫޒް މިސައިލެއް ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށް ސައުދީ ކޯލިޝަނުން ބުނެފިއެވެ. މި ހަމަލާގައި އެއާޕޯޓުގެ ޓާމިނަލް 4 ގައި އަލިފާން ރޯވެފައިވާއިރު، މިއީ ފާއިތުވި ދިހަ އަހަރު ތެރޭގައި އެ ގައުމަށް އަމާޒުވި އެންމެ ނުރައްކާތެރި އެއް ހަމަލާއެވެ.

ލީޑަރުން މިނިވަންކުރުމާއެކު އިތުރު މުޒާހަރާއަށް ތައްޔާރުވަނީ

އިންޑިއާގެ އުއްތަމަ ފަނޑިޔާރު، ވަޒީފާއެއް ނެތް ބައެއް ޒުވާނުންނަކީ "ކޮކްރޯޗް" ނުވަތަ ކުރަފިތަކެއްގެ ގޮތުގައި ސިފަކުރެއްވުމާ ގުޅިގެން، މިދިޔަ މޭ މަހު މި ހަރަކާތް ފެށި އަބީޖީތު ދިޕްކޭ އާއި އެ ހަރަކާތުގެ އެހެން ލީޑަރުން ހައްޔަރުކުރީ އިންތިޚާބީ އިސްލާހުތަކަށް ގޮވާލައި މުޒާހަރާ ކުރުމަށް ހޮނިހިރު ދުވަހު ދިއްލީއަށް ދިޔުމުންނެވެ.

ބޮޑެތި ޓީވީ ނެޓްވޯކްތަކާ ދެކޮޅަށް ތަހުގީގެއް ފަށައިފި

ރައީސް ޓްރަމްޕްގެ ހަރަކާތްތައް ކަވަރުކުރާ "ޕޫލް ކަވަރޭޖް" އެމެރިކާގެ ބޮޑެތި ޓީވީ ނެޓްވޯކްތަކުން މެދުކަނޑާލުމާ ގުޅިގެން، ވާދަވެރިކަމާ ބެހޭ ގާނޫނުތަކާ ޚިލާފުވެފައިވޭތޯ ބަލަން ޖަސްޓިސް ޑިޕާޓްމަންޓުން ތަހުގީގެއް ފަށައިފިއެވެ. މި ތަހުގީގު ފަށާފައިވަނީ ބައެއް ނޫސްވެރިން ވައިޓް ހައުސްއަށް ވަނުން މަނާކުރުމާ ގުޅިގެން، މީޑިއާތަކުން ގުޅިގެން ޚިދުމަތް މެދުކަނޑާލުމަކީ ވިޔަފާރީގެ ބާރުތައް ހިސާރުކުރުން މަނާކުރާ "ޝާމަން އެކްޓް" އާ ޚިލާފު ކަމަކަށް ވެދާނެތީއެވެ.

ވިހަ އިންޖެކްޝަން ޖަހައިގެން މަރުނުވެ ސަލާމަތްވި ގާތިލު ޖަލަށް

އެމެރިކާގައި މަރުގެ އަދަބު އިއްވާފައިވާ ކްރިސްޓާ ޕައިކްގެ ގަޔަށް ވިހަ އިންޖެކްޝަން ޖަހައިގެން މަރާލަން ކުރި މަސައްކަތް ނާކާމިޔާބުވެ، ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު އޭނާ އަނބުރާ ޖަލަށް ބަދަލުކޮށްފިއެވެ. މިއީ ވިހަ އިންޖެކްޝަން ޖަހައިގެން މަރުގެ އަދަބު ތަންފީޒުކުރަން އުޅުމުގެ ތެރޭގައި މީހަކު ސަލާމަތްވި ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާގެ ހާލު ރަނގަޅުވަމުން އަންނާތީ ކަމާބެހޭ ފަރާތްތަކުން ވަނީ ހައިރާންކަން ފާޅުކޮށްފައެވެ.

Newsletter

Get the latest news delivered straight to your inbox