ހުލާސާކޮށް އިއްޔެ: ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތާރީހީ ދުވަހެއް

May 25, 2023, 1:03 AM
ހުލާސާކޮށް އިއްޔެ: ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތާރީހީ ދުވަހެއް

އިއްޔެ އަކީ ރާއްޖޭގެ ސިޔާސީ ހަޔާތުގައި ތާރީހީ ދުވަހެކެވެ. ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިސްވެ އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓު (އެމްއާރުއެމް) އުވާލަން އިލެކްޝަންސް ކޮމިޝަނުން ނިންމިއިރު، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ހިޔަނީގައި އުފައްދަވާ ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ ހުއްދަ އެ ކޮމިޝަނުން ދިނެވެ.

އެމްއާރުއެމް އުވާލަން މިއަދު ނިންމީ އެ ޕާޓީއަށް 3,000 މެމްބަރުން ހަމަނުކުރެވިގެންނެވެ. އެމްއާރުއެމްގެ މެމްބަރުންގެ އަދަދު ގާނޫނުގައި ބުނެފައިވާ އަދަދަށް ނުހިފެހެއްޓޭތީވެ، އެ ޕާޓީ އުވާލާނެ ކަމުގެ އިންޒާރު ކުރިން ވަނީ ދީފަ އެވެ.

އެންމެ ފަހުން އިލެކްޝަންސް ކޮމިޝަނުން އާންމު ކުރި ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގައި އޭރު ތިބީ 2،900 މެންބަރުންނެވެ.

titledesc

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ވަޑައިގެންނެވި ކޯލިޝަނުގައި އެމްއާރުއެމް ހިމެނެ އެވެ. އެ ޕާޓީގެ ސްލޮޓުގައި ތިއްބެވި ދެ ބޭފުޅަކު ސަރުކާރުގެ ދެ ވުޒާރާއެއްގެ މިނިސްޓަރުންގެ ގޮތުގައި އެބަތިއްބެވި އެވެ. އެއީ ހެރިޓޭޖު މިނިސްޓަރުގެ ގޮތުގައި ހުންނެވި މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އާއި ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހިމް ހަސަން އެވެ.

އެ ޕާޓީ އުވާލަން ނިންމާފައިވާއިރު، އެ ޕާޓީގެ އިސްކޮށް ތިއްބެވި 11 މެންބަރަކު ވަނީ މި ފަހުން އިސްތިއުފާ ދީފަ އެވެ.

އެމްއާރުއެމް އުވާލާފައި މިވަނީ ސެޕްޓެމްބަރުގައި އޮންނަ ރިޔާސީ އިންތިހާބާ ގުޅޭގޮތުން އެ ޕާޓީން ގޮތެއް ނިންމާފައި ނުވަނީހެވެ. ކޯލިޝަންގެ ދައުވަތު ރައީސް ސޯލިހު ވެސް ދެއްވާފައިވާއިރު އެ ޕާޓީން ގެންދަނީ ސިޔާސީ އެހެން ބައެއް ޕާޓީތަކާ އެކު ވެސް މަޝްވަރާ ކުރަމުންނެވެ. އަދި, އެމްއާރުއެމްގެ ރައީސްގެ މަގާމުގައި ހުންނެވި ފާރިސް މައުމޫން ވަކިން ވާދަކުރައްވާނެ ކަމުގެ އިޝާރާތެއް ވެސް ވަނީ ދެއްވާފަ އެވެ.

މުހިންމު ބައެއް ހަބަރު

އެޑިޓަރުގެ ހޮވުން

ތިރީގައި މިވަނީ އެ އާޕާޓީ އުފެއްދުމުގެ މަސައްކަތުގައި އެންމެ އިސްކޮށް ހުންނެވި އެއް ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ މިވަގުތުގެ ނައިބު ރައީސް އީވާ އަބްދުﷲ "އަދަދު" އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މި ނޫހުން ކުރި ބައެއް ސުވާލުތަކަށް އޭނާ ދެއްވި ޖަވާބުތަކެވެ.

ދުވަހުގެ ކޯޓޭޝަން

ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމަށްޓަކައި އެމްޑީޕީން ވަކިވި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އަދަދު ނޫހަށް ދެއްވި އިންޓަވިއުގައި ވިދާޅުވީ؛

އަޅުގަނޑު ހަމަ ހަގީގަތުގަވެސް، އަޅުގަނޑުގެ އަމާޒު މިވަގުތު މިހުރީ ވީހާވެސް އަވަހަށް އަޅުގަނޑުމެންގެ އާ ޕާޓީ ހަރުދަނާ ކުރުމަށް. އަދި ސެޕްޓެމްބަރު 9، ގަ އޮތް ރިޔާސީ އިންތިހާބަށް އަޅުގަނޑުމެން ކެންޑިޑޭޓަކު ނެރޭނަން. އެހެންވީމަ އެޔަށް ވީހާވެސް ބޮޑަކަށް ތައްޔާރުވާން އަޅުގަނޑުގެ އަމާޒު މިހުރީ. އަޅުގަނޑު އިތުރަށް ކުރިމަތިލާނީ ކޮން މަގާމަކަށް ކަމާމެދު ޖަވާބެއް ދެވޭކަށް ނެތް."

ދުވަހުގެ ފޮޓޯ

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު
އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

އަމީނީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ގެންދަނީ. -- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

ކޮމެންޓް

ފަހުގެ ޚަބަރު

ފައިސަލްއަށް ކުރާ ތުހުމަތުތައް އާއިލާއިން ދޮގުކޮށްފި

ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމްގެ އަގުވައްޓާލުމަށް ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތައް އެމަނިކުފާނުގެ އާއިލާއިން ނޫސްބަޔާނެއް މެދުވެރިކޮށް ވަނީ ދޮގުކޮށްފައި. އާއިލާގެ 10 މެންބަރަކު ސޮއިކޮށް ނެރުނު މި ބަޔާނުގައި ބުނެފައިވަނީ، ސިޔާސީ މަންފާއެއް ހާސިލުކުރުމަށް ފަތުރާ މިފަދަ ހަގީގަތާ ހިލާފު ވާހަކަތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް.

ހިލޭ ޑިގްރީ ފުރިހަމަކުރި ދަރިވަރުންގެ އަދަދު ނުބަލަހައްޓާ

ސަރުކާރުގެ ހިލޭ ޑިގްރީ ސްކީމްގެ ދަށުން ކިޔެވި ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރި އަދަދު އެނގޭނެހެން މައުލޫމާތު ބަލަހައްޓާފައި ނުވާކަން އޮޑިޓް ރިޕޯޓުން ވަނީ ހާމަވެފައި. މި ނިޒާމުގެ ބަލިކަށިކަމުން، ކޯސް ފުރިހަމަނުކުރާ ދަރިވަރުންނާއި ކުރިން ޑިގްރީ ހާސިލުކޮށްފައިވާ ދަރިވަރުންނަށް ވެސް މިލިއަނުން ފައިސާ ޚަރަދުކޮށްފައިވާކަން ފާހަގަކުރެވިފައިވޭ.

ޕާކިސްތާނުގެ ސިފައިންގެ ވެރިޔާ އާއި އަބްދުއްރަހީމް ބައްދަލުކޮށްފި

މި ސަރަހައްދުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ޕާކިސްތާނު އަދާކުރާ ރޯލު މަޖިލީހުގެ ރައީސް އަބްދުއްރަހީމް ފާހަގަ ކުރެއްވި ކަމަށް ވެސް ނޫސްތަކުގައި ލިޔެފައި އޮތެވެ.

ޗައިނާގެ ގައުމީ ދުވަސް ރާއްޖޭގައި ފާހަގަކޮށްފި

"އާބަން ސަރަހައްދުތައް ތަރައްގީ ކުރުމާއި ދެމެހެއްޓެނިވި ގޮތެއްގައި ރަށްތައް ތަރައްގީ ކުރުމާއި ތައުލީާއި ޓެކްނިކަލް އަދި އިންސްޓިޓިއުޝަނަލް ސަޕޯޓުގެ ދާއިރާއިން ޗައިނާ ދަނީ ރާއްޖެއަށް އެހީވަމުން،" ރައީސް ވިދާޅުވި އެެވެ.

ތިލަފުށީ ބަނދަރުގެ މަސައްކަތް ކުރަން ކުންފުންޏެއް ހަދައިފި

މޯލްޑިވްސް ޕޯޓް ޑިވެލޮޕްމަންޓްގެ މެނޭޖިން ޑިރެކްޓަރަކީ އެމްޕީއެލްގެ ސީއީއޯ ހުސެއިން ޝަފީގެވެ. ބޯޑު މެންބަރުންގެ ގޮތުގައި ތިއްބެވީ އޭނާގެ އިތުރުން އަލީ ޒުހައިރު، ޝިމާދް އިބްރާހިމް، މުހައްމަދު ނިޒާމް، އަހުމަދު ސާލިމް އަދި މުހައްމަދު ލަމްއާން އެވެ.

އާރްޑީސީއާ ހަވާލުކުރި ލިންކް ރޯޑު ޕްރޮޖެކްޓް ޗައިނާ ބަޔަކަށް ދީފި

އެ މަސައްކަތް މިއަދު ހަވާލު ކުރީ ރޯޓައިމް އިންޖިނިއަރިން އެންޑް ޓެކްނޮލޮޖީ ކޯ ލިމިޓެޑްއާ އެވެ. އެއީ ހުޅުމާލޭގެ މަގުތައް ހަދަން ވެސް ހަވާލުކޮށްފައިވާ ކުންފުންޏެވެ. އަދި ހުޅުމާލޭގައި ވެއާހައުސްތަކެއް ހެދުމުގެ މަސައްކަތް ވެސް ހަވާލު ކުރީ އެކުންފުންޏަށެވެ.

"ޕްލާސްޓިކް ހޮޅި މަނާކޮށްގެން އެކަށީގެންވާ ހައްލެއް ނުލިބޭ"

ސިންގަލް ޔޫސް ޕްލާސްޓިކް ހޮޅި މަނާކުރުމުން އެކަށީގެންވާ ހައްލެއް ނުލިބޭ ކަމަށާއި، ބޭނުންވަނީ ކަރުދާސް ހޮޅިއަށްވުރެ ފެންވަރު ރަނގަޅު ބަދަލެއް ހޯދުން ކަމަށް މިނިސްޓަރު އަލީ ޝަރީފް ވިދާޅުވި. މިކަމާ ގުޅިގެން، ކުރިން މަނާކޮށްފައިވާ ޕްލާސްޓިކް ހޮޅި ރާއްޖެއަށް އެތެރެކުރުމާއި ބޭނުންކުރުމުގެ މުއްދަތު 2031 އަށް ސަރުކާރުން ވަނީ އިތުރުކޮށްފައި.

Newsletter

Get the latest news delivered straight to your inbox