ރަނގަޅު "ފައިޓެއް" ދީގެން ލަންކާ ބަލިކުރެވިދާނެ

May 24, 2023, 4:34 AM
ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ނަންނި: ފުރަތަމަ ދެ މެޗު ފަށައިގެން ދެއްކި ހިތްވަރު ލަންކާ މެޗުގައި ބޭނުންވާ ކަމަށް ވަނީ ބުނެފައި.

ގައުމީ އަންހެން ޓީމުގެ ކުޅުންތެރިޔާ ނަންނި: ފުރަތަމަ ދެ މެޗު ފަށައިގެން ދެއްކި ހިތްވަރު ލަންކާ މެޗުގައި ބޭނުންވާ ކަމަށް ވަނީ ބުނެފައި.

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ)ގެ ވިމެންސް ޗެލެންޖް ކަޕްގައި މިއަދު ސްރީ ލަންކާއާ ދެކޮޅަށް ކުޅޭ މެޗުގައި ރަނގަޅު ފައިޓެއް ދީގެން ރާއްޖެ އަށް މޮޅުވެވޭނެ ކަމަށް ރާއްޖެ ޓީމުގެ އަރަމުން އަންނަ ތަރި، ނަރީމާ އިދުރީސް (ނަންނި) ބުނެފި އެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މިހާރު ކުރިއަށްދާ މުބާރާތުގެ ގްރޫޕް ބީން ވަނީ ސެމީ އަށް ދާ ދެ ޓީމެއް ޔަގީންވެފަ އެވެ. އެއީ ރާއްޖެ އާއި ލަންކާ އަތުން ފުރަތަމަ ދެ މެޗުން މޮޅުވި، އުޒްބެކިސްތާނާއި ކަޒަކްސްތާން އެވެ. ރާއްޖެ އާއި ލަންކާ އަށް މިހާރު މުބާރާތުގައި ހޯދެން އޮތް ހިތްހަމަޖެހުމަކީ މޮޅެއް ހޯދައިގެން، ރަނގަޅު ރޫހެއްގައި މުބާރާތް ނިންމައިލުމެވެ.

ރާއްޖޭން މި ފަހަރުގެ މުބާރާތުގައި މިހާތަނަށް ކުޅުނު ދެ މެޗުގައި ވެސް ފަށައިގެން ރަނގަޅަށް ކުޅެފައި، ދެން މެޗުގެ ކޮންޓްރޯލް ގެއްލި ސީދާ ތިން ސެޓުން ބަލިވަނީ އެވެ.

"އަސްލު ދެ މެޗަށް ބަލާއިރު ވެސް ފުރަތަމަ ފައްޓާއިރު ރަނގަޅު ފައިޓެއް ދެވޭ ހަމަ. 14 އާއި 15 އާ ހަަމައަށް ވަކި ހިސާބަކުން ދެ ޕޮއިންޓެއް ތިން ޕޮއިންޓެއް ނަގާއިރަށް ޓީމު ޑައުންވާތަން މި ފެންނަނީ،" ސީނިއާ ގައުމީ ޓީމުގައި ހިމެނިގެން ތިން ވަނަ މުބާރާތުގައި ކުޅެމުން އަންނަ ނަންނި، އިއްޔެ އުޒްބެކިސްތާން މެޗަށް ފަހު ބުންޏެވެ.

"ފުރަތަމަ މެޗަށް (ކަޒަކްސްތާން މެޗަށް) ބަލާއިރު ބުނެވޭނީ އެންމެން ވެސް ވަރަށް ވީކްކޮށްނޭ ދިޔައީ. ދެން، ޑައުންވާ ގަޑީގައި އެ އެފޯޓް ނުލެވި، ދޫކޮށްލެވެނީ މާ ބޮޑަށް، ދެން މި މެޗުގައި (އުޒްބެކިސްތާން މެޗު) ވެސް ފެއްޓިއިރު ފައިޓެއް ދެމުން ދިޔައީ. ހަމަ ލީޑުނެގިއިރަށް އޭތި ދިޔައީ. ދެން ފަހު ސެޓު، އޭނީ ވަރަށް ބޮޑަށް ޑައުންވެފައި،"

ނަންނި ބުނީ ބައެއް ކުޅުންތެރިންގެ އަނިޔާގެ މައްސަލަތައް ވެސް އެބަހުރި ކަމަށާއި މިހާ ދަށްކޮށް ދާ ސަބަަބެއް ސީދާކޮށް ބުނަން އުނދަގޫ ކަމަށެވެ.

"ބުނެވޭނީ އިންޝާﷲ ދެން އިން މެޗުގައި ރަނގަޅުކުރާނަމޭ،" ނަންނި ބުންޏެވެ.

ރާއްޖެ ކުޅުނު ދެ މެޗުގައި ވެސް ބަލިވީ ސެޓެއް ނުލިބި އެވެ. އެކަމަކު، ލަންކާ އިން ވަނީ ކަޒަކްސްތާން މެޗުގައި ސެޓެއް ހޯދައިފަ އެވެ. ގްރޫޕްގެ ފަހު މެޗަށް ނުކުންނައިރު، ދެ ޓީމު ވެސް އަމާޒުހިފާނީ މޮޅަކާ އެކު ފިޔަވަޅެއް ކުރިއަށް ޖެހިލުމަށެވެ.

"އަސްލު ލަންކާ ވެސް ބަލިވެފައި އެ އޮތީ، ދެ ޓީމު (ރާއްޖެ އާއި ލަންކާ) ވެސް ކުޅޭނީ މޮޅުވާން، ދެން ފާހަގަކޮށްލަން ބޭނުންވަނީ، ލަންކާ ކުޅުމަށް ބަލާފައި މި ދެ ޓީމާ އެކު (ރާއްޖޭން އުޒްބެކިސްތާނާއި ކަޒަކްސްތާން ކޮޅަށް) ފުރަތަމަ ދެ ސެޓު އެ ގޮތަށް ފައިޓެއް ދެވިފައި އިނީމަ، އެ ފައިޓް އެ ގޮތަށް ދީގެން ލީޑުގައި ހިފަހައްޓައިގެން ކުރިއަށް ދެވިއްޖިއްޔާމު އަޅުގަނޑުމެންނަށް ތިން ސެޓުން ލަންކާ ބަލިކުރެވޭނެއޭ،" ނަންނި ބުންޏެވެ.

ފ. ފީއަލީ އަށް އުފަން ނަންނި އެންމެ ފުރަތަމަ ގައުމީ ޖޯޒީގައި ކުޅުނީ 2019 ވަނަ އަހަރު 23 އަހަރުން ދަށުގެ މުބާރާތުގަ އެވެ. ސީނިއާ ގައުމީ ޓީމުން އެންމެ ފަހުން ކުޅުނު ތިން މުބާރާތުގައި ވެސް ނަންނި ވަނީ ފަހަރަކަށް ވުރެ ފަހަރެއް ރަނގަޅުކޮށްފަ އެވެ.

މި އަހަރުގެ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި ވެސް އެންމެ ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަތް އެއް ކުޅުންތެރިއަކީ ނަންނި އެވެ.

ފަހަކަށް އައިސް ގައުމީ ސީނިއާ ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން އިތުރުވަމުން އަންނައިރު، މިއީ ވަރަށް ބޮޑު ޕޮޒިޓިވް ކަމެއްގެ ގޮތުގައި ނަންނި ދެކެ އެވެ.

"އަސްލު ސީނިއާ ޕްލޭޔަރުން މި ތިބި މީހުން ވަރަށް މޮޅު. މި އަރައިގެން އަންނަ ޔަންގް ކުޅުންތެރިންގެ ތެރެއިން މި ޓީމުގައި އެބައުޅޭ ވަރަށް ޔަންގް ދެ ކުއްޖެއް. އަސްލު ވަރަށް މޮޅު އެ މީހުން ވެސް. ޕްރެކްޓިސް ގަޑީގައި އެ މީހުން ދެކޮޅަށް ލާފައި، ސީިނިއާ ޓީމު އެއްކޮށް އަރުވައިގެން މި ކިޔަނީ ހަޔަކަށް ކުޅޭ މީހުން އަރުވައިގެން ކުޅޭއިރު ވަރަށް ބޮޑު ޗޭންޖެއް ފެނޭ، ހަމަ ޔަންގް ކޮށް އަރުވާފައި ތިބި ދެ މީހުން ވަރަށް މޮޅޭ ބުނެވޭނީ،" ގައުމީ ލެވަލްގައި ކުރު މުއްދަތެއްގެ ތެރޭގައި ބޮޑު ކުރިއެރުމެއް ހޯދި ނަންނި ބުންޏެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މާލެ ގަޑިން 16:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox