ފުރަތަމަ ދެ މެޗުގައި ދިމާވީ އަނިޔާ އާއި ކޮންފިޑެންސްގެ މައްސަލަ

May 24, 2023, 4:39 AM
އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ފައިސަލް.--- ފޮޓޯ: އަދަދު

އުޒްބެކިސްތާނާ ދެކޮޅަށް ކުޅުނު މެޗުގެ ތެރެއިން ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު ފައިސަލް.--- ފޮޓޯ: އަދަދު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ވިމެންސް ޗެލެންޖް ކަޕްގައި ރާއްޖޭން މިހާތަނަށް ކުޅުނު ދެ މެޗުން ކަޒަކްސްތާނާއި އުޒްބެކިސްތާން އަތުން ބަލިވިއިރު، އެންމެ ބޮޑަށް ޓީމުން ފާހަގަކުރެވެނީ އަނިޔާ އާއި ކޮންފިޑެންސް ދަށްވުމުގެ މައްސަލަތައް ކަމަށް ޓީމުގެ އެސިސްޓަންޓް ކޯޗު މުހައްމަދު ފައިސަލް ބުނެފި އެވެ.

ފުރަތަމަ ދެ މެޗުން ބަލިވެ، ރާއްޖެ އަށް ވަނީ މުބާރާތުގެ ސެމީ ފައިނަލަށް ދިއުމުގެ ދޮރު ބަންދުވެފަ އެވެ. ކަޒަކްސްތާން އަތުން ރާއްޖެ ފުރަތަމަ މެޗުގައި ބަލިވިއިރު، އުޒްބެކިސްތާން އަތުން ވަނީ ދެ ވަނަ މެޗުގައި ބަލިވެފަ އެވެ. ދެ މެޗުން ވެސް ރާއްޖެ ބަލިވީ ރަނގަޅަށް ފަށައި، އެއް ފެންވަރެއްގައި ކުޅުން ނުދެމެހެއްޓި، ސީދާ ތިން ސެޓުންނެވެ.

ރާއްޖޭން ކަޒަކްސްތާނާ ކުޅުނު މެޗުގެ ސެޓުތައް ދިޔައީ، 25-16، 25-14 އަދި 25-06 އިންނެވެ. އަދި އިއްޔެ އުޒްބެކިސްތާނުން ރާއްޖެ ބަލިކުރިިއިރު، ސެޓުތައް ގެންދިޔައީ 25-18، 25-14 އަދި 25-04 އިންނެވެ.

"އެންމެ ފުރަތަމަ ވެސް ފާހަގަކޮށްލަން ޖެހޭ ކަމަކީ ފުދޭ ވަރަކަށް އިންޖަރީސް މައްސަލަ އެބައުޅޭ. އެ ގޮތުން އެންމެ މުހިންމު އެއް ކުޅުންތެރިއަކު މާޖީ (އައިޝަތު މާޖިދާ ކަޒަކްސްތާން މެޗުގައި އަނިޔާވެގެން ބަދަލުކުރިއިރު، އުޒްބެކިސްތާން މެޗުގައި ނުކުޅެވުނު) ވަރަށް ބޮޑު އިންޖަރީއެއްގައި އެ ހުރީ،" އިއްޔެ އުޒްބެކިސްތާން މެޗަށް ފަހު ދިން އިންޓަވިއުގައި ފައިސަލް ބުންޏެވެ.

ފުރަތަމަ ދެ މެޗަށް ބަލާއިރު، ރާއްޖޭން އެންމެ ރަނގަޅުކުރަން ޖެހޭނެ ކަމަކީ، ޕްރެޝަރުގައި ކުޅެން ޖެހުނު ކަމުގައި ވިޔަސް ކޮންފިޑެންސާ އެކު ކުޅުން ކަމަށް ފައިސަލް ވަނީ ބުނެފަ އެވެ.

"އެންމެ ފުރަތަަމަ ވެސް އެ ލިބޭ ބޯޅަ ކޮންފިޑެންސާ އެކު ޖަހަންވީ، ބްލޮކްވަންޏާ ޓަޗް އައުޓް ހަދަންވީ، ބޭރުގައި ތިބެގެން އެބަ ކިޔައިދެން ބްލޮކްވީމަ މިހެން ހަދާށޭ. ހައްވަ (ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ)، އަޅުގަނޑުމެންނަށް އެބަފެނޭ ކޮންފިޑެންސާ އެކު އެ ބޯޅަ ކުޅެމުންދާތަން. ދެން، ބުނެވޭނީ އަދި ބައެއް ކުޅުންތެރިން އެހާ އެކްސްޕީރިއަންސް ނެތީއޭ،" 2019 ވަނަ އަހަރު ސެންޓްރަލް ޒޯން މުބާރާތުން ރިހި މެޑަލް ރާއްޖޭން ހޯދިއިރު، ޓީމުގެ ކޯޗިން ޓީމުގައި ހިމެނުނު ފައިސަލް ބުންޏެވެ.

ކަޒަކްސްތާނާއި އުޒްބެކިސްތާނާ ދެކޮޅަށް ވެސް ރާއްޖޭން ފަށައިގެން ފުރަތަމަ ސެޓުގައި ވަރަށް ރަނގަޅަށް ކުޅުނު ކަމަށް ފައިސަލް ވެސް ވަނީ ފާހަގަކޮށްފަ އެވެ.

"ވަކި ހިސާބަކުން އަޅުގަނޑުމެންނަށް މި ދަނީ، ހަމަ ބުނެވޭނީ ހަމަ ނިންމައި ނުލެވިގެންނޭ. ހަމަ އެޓޭކް ދަށްވެގެން ފުރަތަމަ ސެޓު ވެސް ގެއްލިގެން ދިޔައީ،" ފައިސަލް ބުންޏެވެ.

ޓީމުގައި ހިމެނޭ ޒުވާން ކުޅުންތެރިން ދައްކާ ކުޅުމުން ރާއްޖޭގެ ވޮލީގެ ކުރިމަގު ފެންނަނީ ރަނގަޅަށް ކަމަށް ވެސް ފައިސަލް ވަނީ ބުނެފަ އެވެ. އެ ގޮތުން، މި މުބާރާތުގެ ސްކޮޑުގައި ހިމެނިގެން މުޅިން އަލަށް ކުޅެމުން އަންނަ، ލިބަރޯ، މައިހާ އަލީ އާއި މާޔާ ހުސެއިން ސޮލާހަށް މި ލިބޭ ތަޖުރިބާގެ ބޭނުންހިފައި، އެ ކުޅުންތެރިންނަށް "ކުރިއަށްދިއުމުގައި ފަސޭހަތަކެއް ވެގެންދާނެ" ކަމަށް ފައިސަލް ގަބޫލުކުރެ އެވެ.

"ޒުވާން ކުޅުންތެރިން ކުޅެން ނުކުތުމަކީ ޓީމަށް ލިބޭ ކުރިއެރުމެއް. އަޅުގަނޑުމެންގެ ޓީމުން މިއަދު (އިއްޔެ) ގިނައިން ކުޅެމުން އެ ދަނީ ދެ ވަނަ ލިބަރޯ މައިހާ. ޒުވާން ކުޅުންތެރިން، މާޔާ ވެސް އިއްޔެގަ (ކަޒަކްސްތާން ކޮޅަށް) ރަނގަޅު ކުޅުމެއް ދައްކާފައިވަނީ، ޒުވާން ކުޅުންތެރިންނަށް މި ލިބޭ ފުރުސަތަކީ ކުރިއަށްދާން ލިބޭ ވަރަށް ބޮޑު ފުރުސަތެއް،" ފައިސަލް ބުންޏެވެ.

ގްރޫޕްގެ ފަހު މެޗުގައި ރާއްޖޭން މިއަދު ހަވީރު ލަންކާއާ ބައްދަލުކުރާނެ އެވެ. މި ދެ ޓީމު ވެސް އަމާޒުހިފާނީ މޮޅެއް ހޯދައިގެން، މުބާރާތް ނިންމާލުމަށެވެ.

"އަޅުގަނޑުމެންގެ އުންމީދަކީ ލަންކާ އަތުން މޮޅުވުން، މި ކުޅުނު ދެ މެޗުގައި އަޅުގަނޑުމެންނަށް ހެދުނު މިސްޓޭކްތައް ރަނގަޅުކޮށްގެން އެ މެޗުން މޮޅުވާން އުންމީދުކުރަނީ،" ފައިސަލް ބުންޏެވެ.

ލަންކާ އާއި ރާއްޖެ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު ރާއްޖެ ގަޑިން 17:30 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox