އެއްކުރި ދެ ބިލު ދެއްކުމުގެ ކުރިން މިކަންކަން އެނގުން މުހިންމު

ވެމްކޯ ބިލާއި ކުނި ބިލު އެއްކުރި ނަމަވެސްް އެ ބިލަށް ޗާޖުކުރާނީ ކަރަންްޓުބިލު 50 ޔުނިޓަށްވުރެ ބޮޑު ނަމަ -- ފޮޓޯ: އިޔާން/އަދަދު

ވެމްކޯ ބިލާއި ކުނި ބިލު އެއްކުރި ނަމަވެސްް އެ ބިލަށް ޗާޖުކުރާނީ ކަރަންްޓުބިލު 50 ޔުނިޓަށްވުރެ ބޮޑު ނަމަ -- ފޮޓޯ: އިޔާން/އަދަދު

މާލޭގައި ކޮންމެ ބޮލަކަށް 1.7 ކިލޯ އަދި އަތޮޅުތެރޭ ރަށްރަށުގައި ކޮންމެ ބޮލަކަށް 800 ގްްރާމު ކުނި ދުވާލެއްގެ މައްޗަށް އުފައްދަ އެވެ. އުފެދޭ ކޮންމެ ކުނި ޓަނެއް ނައްތާލުމަށް 2400ރ. ހޭދަކުރަން ޖެހެ އެވެ.

ކުނި ނެގުމުގެ މަސައްކަތަކީ ވެސް އެކި ގޮތް ގޮތުން އެކަމަށް ބޮޑެތި އަދަދުތަކުން ފައިސާ ހޭދަވާ ކަމަކަށް ވާއިރު، މިހާ ކުޑަ އިންސައްތައެއް ދައްކާ ފީއިން ދެކޮޅު ނުޖެހޭ ކަމަށް ވެމްކޯއިން ބުނެ އެވެ. އަދި, ގިނަ ބަޔަކު ބިލު ނުދައްކަނީ ދައްކަން ބޭނުން ނުވާތީ ނޫން ކަމަށާއި، އެއީ އެކަމުގެ ތަކުލީފު ބޮޑުވީމަ ކަމަށެވެ.

މިދިޔަ އޭޕްރީލް މަހުން ފެށިގެން ކުނި މެނޭޖުކުރުމުގެ ގަވާއިދަށް ގެނެވުނު އިސްލާހުތަކާއެކު ކަރަންޓު ބިލު އަދި ވެމްކޯ ބިލު އެއްކޮށްލުމަށް ވަނީ ނިންމާފަ އެވެ. މިގޮތަށް ނިންމާފައި ވަނީ މުޅި މާލެ ސަރަހައްދުން ވެމްކޯއިން ކުނި ނަގަމުން ދިޔަ ނަމަވެސް ކުނި ބިލު ދައްކަނީ އޭގެއިން 27 އިންސައްތަ ގޭބިސީތަކުން ކަމަށް ވާތީ އެވެ.

މިކަން ކުރާނީ ކިހިނެއް؟

މި ބަދަލާއެކު ވެމްކޯއަށް ދައްކަން ޖެހޭ 150 ރުފިޔާގެ ފީ ދެން ވަކިން ދައްކާކަށް ނުޖެހޭނެ އެވެ. ސްޓެލްކޯގެ ކަރަންޓު ބިލުގައި ވެމްކޯގެ ފީ ވަކި "ލައިން އައިޓަމް" އެއްގެ ގޮތުގައި ހިމެނިފައިވާނެ އެވެ. އެއްކޮށްފައި ފޮނުވާ ފުރަތަމަ ބިލަކީ މިހިނގާ މެއި މަހުގެ ބިލު ކަމަށް ވެމްކޯއިން ބުނެ އެވެ.

ވެމްކޯ ބިލާއެކު ކަރަންޓު ބިލު ފޮނުވާނީ ކޮންމެ މަހަކު 50 އަށްވުރެ ގިނަ ޔުނިޓު ބޭނުންކޮށްފައި ހުންނަ ނަމަ އެވެ. ނޫން ނަމަ ބަލާނީ އެ ގޭބިސީއެއްގައި މީހުން ދިރިނޫޅޭ ކަމަށެވެ. މި ބަދަލު ގެންނަ އިރު އެއް ގޭބިސީއެއްގައި ދެ މީޓަރު ހުންނަ ނަމަ ޗާޖުކުރަނީ އެއް މީޓަރަށެވެ. އެފަދަ މީޓަރުތައް ދެނެގަތުމަށް ވެމްކޯއިން ވަނީ ސާވޭއެއް ފަށާފަ އެވެ.

މި ބަދަލުގެ ސަބަބުން އާންމުންނަށް ލިބޭނެ ފައިދާ؛

  • ވަކިން ފީދައްކަން ނުޖެހުން
  • ވެމްކޯގައި ރަޖިސްޓްރީވާން ނުޖެހުން
  • ފީ ޗާޖު ކުރާނީ މީހުން ދިރިއުޅޭ ތަންތަނުގައި ލާފައިހުރި ކަރަންޓު މީޓަރު ތަކަށް އެކަނި
  • ދައްކަން ޖެހޭ ބިލުތައް މަދުވުން

ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލައިފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.

ދެ ބިލް އެއްކޮށްލުމުގެ ފަސްފަހަތް

ކުނި މެނޭޖު ކުރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަގުސަދުގައި ވެމްކޯ އުފެއްދީ މީގެ ހަތް އަހަރު ކުރިން އޭރުގެ ސަރުކާރުންނެވެ. އޭރު ބިލުތަކުގެ އޮނިގަނޑު އެކުލަވާލައިފައި އޮތް ގޮތުންނާއި އެ ކުންފުނީގައި ގޭބިސީތައް ރެޖިސްޓާ ކުރުމަށް އެއްވެސް މަޖުބޫރު ކަމެއް ނެތުމުގެ ސަބަބުން މިއަދާ ހަމައަށް ވެސް އެ ކުންފުނީގައި ރެޖިސްޓާ ކޮށްފައި ވަނީ މާލޭގެ ގެބިސީތަކުގެ ގާތްގަނޑަކަށް 35 އިންސައްތަ އެވެ.

އެހެންނަމަވެސް ވެމްކޯގައި ރެޖިސްޓާ ނުކުރާ ގޭބިސީތަކުން އުފައްދާ ކުނި ވެސް އެ ގޭގެއިން މަގުމައްޗަށް ނެރެ އެވެ. މަލޭގެ އާބާދީގެ މަދު ބަޔަކު ފިޔަވައި ގިނަ ގޭބިސީތަކުން މިއަދާ ހަމައަށް ވެސް ކުނި އުކަމުން ދަނީ އެއްވެސް ފައިސާއެއް ނުދައްކަ އެވެ.

އެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ކަރަންޓު ބިލާއި ވެމްކޯގެ ބިލު އެއްކޮށްލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އެންވަރަމަންޓު މިނިސްޓަރު، އާމިނަތު ޝައުނާ ވިދާޅުވީ މިދިޔަ ޑިސެމްބަރު މަހު އެވެ.

އޭގެކުރިން ވެމްކޯއިން ވަނީ އެޕްރީލް މަހު ދެ ބިލް އެއްކޮށްލެވޭނެ ކަމަށް ބުނެފަ އެވެ. ނަމަވެސް އެކި ސަބަބުތަކާހެދި އެއްބަސްވުން ލަސްވުމާއެކު ކަރަންޓާއި ކުނީގެ ބިލް އެއްކޮށްލާނީ ޖޫން މަހު ފޮނުވާ ބިލުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ކުދިކުދި ހަރަކާތްތަކުން ވެސް ހިތުގެ ބަލިތަކުގެ ނުރައްކާ ކުޑަވޭ

ދިރިއުޅުމުގެ އާދައިގެ ތެރެއިން ކުރެވޭ ކުދިކުދި ހަރަކާތްތަކުގެ ސަބަބުން ހިތުގެ ބަލިތައް ޖެހުމުގެ ފުރުސަތު ކުޑަވެ، ސިއްހީ ގިނަ ފައިދާތަކެއް ލިބެއެވެ. މީގެ ތެރޭގައި އިށީނދެގެން އިންނައިރު ފައި ތަޅުވާލުމާއި، ކޮނޑު އަރުވާލުން ފަދަ "ނީޓް" ހަރަކާތްތައް ހިމެނޭއިރު، މިއީ ކަސްރަތު ކުރަން ވަގުތު ނުލިބޭ މީހުންނަށް ހަށިގަނޑުގެ ދުޅަހެޔޮކަން އިތުރުކުރުމަށް ލިބޭ މުހިންމު ފުރުސަތެކެވެ.

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

Newsletter

Get the latest news delivered straight to your inbox