ރެލިގޭޝަނުގައި އޮތް ވަޔޮޑޮލިޑުން ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފި

May 24, 2023, 2:07 AM
ރެލިގޭޝަނުގައި އޮތް ވަޔޮޑޮލިޑުން ޗެމްޕިއަން ބާސެލޯނާ ބަލިކޮށްފި

ބާސެލޯނާ (މެއި 24) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އަންނަ ރެއާލް ވަޔޮޑޮލިޑް އިން 3-1 އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފައިވާ ބާސެލޯނާ ބަލިކޮށްފި އެވެ.

މި މޮޅާ އެކު ވަޔޮޑޮލިޑް ވަނީ ރެލިގޭޝަން ޒޯނުގައި 18 ވަނައިގައި އޮތް ގެޓަފޭއާ ތިން ޕޮއިންޓަށް ދުރަށް ޖެހިލައިފަ އެވެ. އެކަމަކު، އެއީ ގެޓަފޭ އަށް ވުރެ އެއް މެޗު އިތުރަށް ކުޅެގެންނެވެ. ބާސެލޯނާ އިން ވަނީ މީގެ ނުވަ ވަރަކަށް ދުވަސް ކުރިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފަ އެވެ.

ވަޔޮޑޮލިޑުން އަމިއްލަ ދަނޑުގައި ކުޅުނު މެޗު ފަށައިގެން ދެ ވަނަ މިނިޓްގައި ލީޑުނެގީ ބާސެލޯނާގެ ޑެންމާކް ޑިފެންޑަރު، އަންދްރެއަސް ކްރިސްޓެންސަން އަތުން ބައިކޮޅަށް ވަން ގޯލުންނެވެ. މެޗުގެ 22 ވަނަ މިނިޓްގައި ވަޔޮޑޮލިޑުން ލީޑުފުޅާކުރީ ޕެނަލްޓީ އަކުންނެވެ. ބާސެލޯނާގެ ޑިފެންޑަރު، އެރިކް ގާސިއާ އެ ޓީމުގެ އޭރިއާތެރެއިން ވަޔޮޑޮލިޑްގެ ގޮންޒާލޯ ޕްލާޓާ އަށް ކުރި ފައުލަކަށް ދިން ޕެނަލްޓީ، ކައިލް ލަރީން ވަނީ ވައްދާލައިފަ އެވެ.

މެޗުގެ 73 ވަނަ މިނިޓްގައި ލަރީން ދިން ބޯޅައަކުން ވަޔޮޑޮލިޑްގެ ތިން ވަނަ ގޯލު ޖެހީ ގޮންޒާލޯ ޕްލާޓާ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަ މިނިޓަށް ވެފައި އޮއްވައި، ބާސެލޯނާ އިން މި މެޗުގައި ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ރޮބަޓް ލެވަންޑޯސްކީ އެވެ.

ސްޕެނިޝް ލީގުގައި ރޭގެ މެޗުތައް ފެށުމުގެ ކުރިން ވަނީ ނަަސްލީ ތަފާތު ކުރުމާ ދެކޮޅަށް ކުރާ މަސައްކަތަށް ބާރުއެޅުމުގެ ގޮތުން ދެ ޓީމުން އެއްވެ، ބެނާއެއްގައި ޖަހާފައިވާ މެސެޖެއް ދައްކާލައިފަ އެވެ. ނަސްލީ ތަފާތު ކުރުމުގެ މައްސަލަ ހޫނުވެފައި މި ވަނީ ރެއާލް މެޑްރިޑްގެ ބްރެޒިލް ފޯވާޑް، ވިނީޝިއުސް ޖޫނިއާއާ ނަސްލީ ގޮތުން ވެލެންސިއާ ދަނޑުގައި ތިބި ގިނަ ސަޕޯޓަރުންތަކެއް ދިމާކޮށްލާފައިވާއިރު، އެ އަށް މީޑިއާގެ ޕްރެޝަރު ވެސް ބޮޑުވެފައިވާތީ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox