ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ އެމްޑީޕީން ވަކިވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން އުފައްދާ "ދަ ޑިމޮކްރެޓްސް" ޕާޓީއާ ގުޅިވަޑައިގެންނެވުމުން، އެމްޑީޕީގެ މެމްބަރުންގެ އިތުބާރު އޭނާއަށް ގެއްލިގެން ދިޔަ އެވެ. އެހެންވެ، އީވާ މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ 50 މެމްބަރުންގެ ސޮޔާއެކު އިއްޔެ ހުށަހެޅި އެވެ. ނަމަވެސް އީވާ ބޭނުންފުޅުވީ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހުގެ ތަޅުމުން ފާސްކުރަން ދެން މަގާމުގައި ދެމިހުންނެވުމަށެވެ.
ރައްޔިތުންގެ މަޖިލީހުގައި ވިދިވިދިގެން ތިން ވަނަ ދައުރެއް ފުރުއްވަމުން ގެންދަވާ އީވާ މަގާމުން ދުރުކުރުމަކީ އޭނާގެ އަބުރުވެރި ސިޔާސީ ހަޔާތުގައި ޖެހޭނެ އެންމެ ބޮޑު ލައްގަނޑަށް ވާނެ އެވެ. މިއީ ތާރީހުގައި ވެސް މަޖިލީހުގެ ނައިބު ރައީސަކު މަގާމުން ދުރުކުރަން ހުށަހެޅި ފުރަތަމަ ފަހަރެވެ.
ނަޝީދުއާ ދެބޭންގެ ދެދަރި، އަދި އާއިލީ ގޮތުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ގުޅުން އޮތް އީވާ މަގާމުން ދުރުކުރަން އެމްޑީޕީން ފެށީ، ނަޝީދު އާއި ރައީސް ސޯލިހާ ދެމެދު އޮތް ސިޔާސީ ވާދަވެރިކަން ބޮޑުވެ، ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެމްބަރަކު ދަ ޑިމޮކްރެޓްސް ޕާޓީ އުފެއްދުމުގެ މަސައްކަތް ފެއްޓެވުމާ ގުޅިގެންނެވެ.
މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ މަގާމުގައި ހުންނަވާ ބޭފުޅަކު އެ މަގާމުން ވަކިކުރަން ހުށަހެޅޭނީ މަޖިލިހުގެ ޖުމުލަ މެމްބަރުންގެ ހަތަރުބައިކުޅަ އެއްބަޔަށް ވުރެ މަދު ނޫން އަދަދެއްގެ މެމްބަރުންގެ ސޮޔާއެކު ހުށަހަޅާ ގަރާރަކުންނެވެ. އެއީ މިހާރު ތިއްބެވި 87 މެންބަރުންގެ ތެރެއިން 22 މެމްބަރުންގެ ސޮޔެވެ.
ގާނޫނުއަސާސީގައިވާ ގޮތުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނުވަތަ ނައިބު ރައީސްގެ އިތުބާރު ނެތް ކަމަށް ދެބައިކުޅަ އެއްބައި މެންބަރުންގެ ވޯޓުން ފާސްވާނެ އެވެ. އެއީ 43 މެންބަރުންނެވެ. މި ނަންބަރުތަކަށް ބަލާއިރު، އީވާއަށް މިހާރު މަޖިލީހުގެ އިތުބާރެއް ނެތެވެ.

އީވާގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ވައްދާނެ ކަމަށް އެމްޑީޕީގެ މެމްބަރުން ފުރަތަމަ ވިދާޅުވުމާއެކު ވެސް އީވާ ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްކަމުގެ މަގާމުން އިސްތިއުފާ ނުދެއްވާނެ ކަމަށެވެ.
އެމްޑީޕީން ވަކިވާއިރު، އެ ޕާޓީގެ މެންބަރުން ވޯޓު ދީގެން ހޮވާފައިވާ މަގާމަކުން އިސްތިއުފާ ދިނުމަކީ އެންމެ ރީތި ގޮތް ކަމަށް އެ ޕާޓީގެ ޕީޖީ ލީޑަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.
"ސިޔާސީ ޝަހުސިއްޔަތު ހަރުދަނާ ނަމަ އީވާ ޕާޓީން އިސްތިއުފާ ދޭއިރު، ޕާޓީ މެންބަރުން ވޯޓު ދީގެން ހޮވި މަގާމަކުން ވެސް އިސްތިއުފާ ދެއްވާނެ، އެ ރީތި ނަމޫނާ ނުފެނުމަކީ ދެރަ ކަމެއް،" އަސްލަމް ވިދާޅުވި އެވެ.
މުހިންމު ބައެއް ހަބަރު
ދުވަހުގެ ކޯޓޭޝަން
ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަޑީގައި ހުންނަވައިގެން، އެމްޑީޕީގެ ތެރެއިން އިތުރު ޕާޓީއެއް އުފެއްދުމުގެ މަސައްކައްކަތް ފައްޓަވާފައިވާއިރު، އަދި ރިޔާސީ އިންތިހާބުގެ ވާދަވެރިކަން ބޮޑުވަމުން އަންނައިރު އެ މަނިކުފާނު އިއްޔެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވިދާޅުވީ ނައިފަރު ދޮހޮއްކޮގެ އޮޑި ލަވައިގެ ބައިތެކެވެ. އެއީ؛
ޖުންޖުލައި ގަދަ ކުރިމަތިވަނީ އޭ، ދުއްވާނު އޮޑި މަޑުކޮށްގެން ނުވާނެއޭ، ހުންގާނު ތިޔައީ މޮޅު ލަކުޑިއެއްހޭ، ކޮޅުވަތުގައި ހުރި ގޮތް ރަނގަޅަށް ބަލާށޭ،"
ދުވަހުގެ ފޮޓޯ

މިހާރު ނޭޕާލްގައި ކުރިއަށްދާ ކާވާ ޗެލްންޖު ކަޕްގައި ރާއްޖޭގެ ޓީމުގެ ބައްދަލުކުރި މެޗެއްގެ ތެރެއިން. -- ފޮޓޯ: އައްޒާމް އަލިފުޅު/ އަދަދު












