ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާން ގެންދަން އާސެނަލުން މަސައްކަތްކުރަނީ

May 23, 2023, 7:38 AM
ހިލޭ ޓްރާންސްފާއެއްގައި ގުންޑޮގާން ގެންދަން އާސެނަލުން މަސައްކަތްކުރަނީ

ލަންޑަން (މެއި 23) - މި ސީޒަނުގެ ނިޔަލަށް މެންޗެސްޓާ ސިޓީގެ ކޮންޓްރެކްޓްގައި ހުރި ޖަރުމަނުގެ މިޑްފީލްޑަރު، އިލްކާއި ގުންޑޮގާންގެ ސޮއި ހޯދަން އާސެނަލުން މަސައްކަތް ފަށާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

ގުންޑޮގާން، 32، އަކީ މިދިޔަ އަހަރުތަކުގައި ސިޓީން ހޯދި ގިނަ ކާމިޔާބީތަކުގައި އިސް ރޯލެއް ކުޅެފައިވާ ކުޅުންތެރިއެކެވެ. ސިޓީގެ ކޯޗުކަމާ ގާޑިއޯލާ، 2016 ވަނަ އަހަރު ހަވާލުވުމަށް ފަހު، އެންމެ ފުރަތަމަ ގެނައި ކުޅުންތެރިއަކީ އޭރު ބޮރޫޝިއާ ޑޯޓްމަންޑުގައި ވިދަމުން އައި ތުރުކީ ދަރިކޮޅަށް ނިސްބަތްވާ ގުންޑޮގާން އެވެ.

މި ސީޒަނުގެ ނިޔަލަށް ގުންޑޮގާން، ސިޓީގައި ހުރިއިރު، އޭނާ ލައްވައި އާ ކޮންޓްރެކްޓެއްގައި ސޮއިކުރުވުމުގެ ޝައުގުވެރިކަން ހުރި ކަމަށް ދާދި ފަހުން ވެސް ގާޑިއޯލާ ވަނީ ބުނެފަ އެވެ. އެކަމަކު، މީގެ އެންމެ ފަހު ގޮތެއް ނިންމާނީ ގުންޑޮގާން ކަމަށްވާތީ، އޭނާގެ ކޮންމެ ނިންމުމަކަށް ވެސް އިހުތިރާމްކުރާނެ ކަމަށް ސިޓީން ބުނެފައިވެ އެވެ.

ފާއިތުވި އަހަރު ވެސް ސިޓީގެ ދެ ކުޅުންތެރިއަކު ވަނީ އާސެނަލަށް ބަދަލުވެފަ އެވެ. އެއީ ގަބްރިއެލް ޖީސޫސް އާއި އޮލެކްސަންޑަ ޒިންޗެންކޯ އެވެ. އެހެންކަމުން، ގުންޑޮގާން އަށް ވެސް އެ ގޮތަށް ކްލަބް ބަދަލުކުރުމަކީ އުނދަގޫ ނިންމުމަކަށް ނުވާނެ ކަމަށް ލަންޑަންގެ ބައެއް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ.

ސިޓީ އަށް ޖުމްލަ އެކު، 301 މެޗުން 58 ލަނޑު ޖަހައި، 40 ގޯލު ޖަަހަން ފުރުސަތު ހޯދައިިދިން ގުންޑޮގާން އަކީ މި ސީޒަނުގައި ސިޓީގެ ކެޕްޓަން ބޭންޑް އަޅައިގެން ގިނަ މެޗުތަކެއް ކުޅުނު ކުޅުންތެރިއެކެވެ. ލީގުގައި އެންމެ ފަހުން ޗެލްސީ ބަލިކޮށް ސިޓީން ލީގު ތަށި އުފުލާލިިއިރު، ޓީމުގެ ކެޕްޓަނަކީ ގުންޑޮގާން އެވެ.

ނިއުރެމްބާގާއި ބޮކުމް އަށް ވެސް ކުޅެފައިވާ ގުންޑޮގާން ގެންދަން ބާސެލޯނާ އާއި އިންޓަ މިލާނުން ވެސް ޝައުގުވެރިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox