އުޒްބެކިސްތާނާ ދެކޮޅަށް ކުޅެން ވަރަށް ވިސްނަންޖެހޭނެ

May 23, 2023, 6:00 AM
އުޒްބެކިސްތާނާ ދެކޮޅަށް ކުޅެން ވަރަށް ވިސްނަންޖެހޭނެ

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި މިއަދު ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުން ކުޅޭ މެޗުގައި އުޒްބެކިސްތާނާ ދެކޮޅަށް ނުކުންނައިރު، އެ މެޗުގައި ކުޅެން ޖެހޭނީ ވަރަށް ވިސްނުންތެރިކަމާ އެކު ސަމާލުކަން ދީގެން ކަމަށް ގައުމީ ޓީމުގެ އެސިސްޓަންޓް ކޯޗު އަހުމަދު އަދީލް (ބޭބެ) ބުނެފި އެވެ.

ރާއްޖޭން ފުރަތަމަ މެޗުގައި ރޭ ވަނީ ކަޒަކްސްތާން އަތުން ތިން ސެޓުން ބަލިވެފަ އެެވެ. ދެ ވަނަ މެޗުގައި މިއަދު ނުކުންނާނީ އުޒްބެކިސްތާނާ ދެކޮޅަށެވެ.

އުޒްބެކިސްތާން ވަނީ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން އިއްޔެ ސްރީ ލަންކާ އަތުން ތިން ސެޓުން މޮޅުވެފަ އެވެ.

ކަޒަކްސްތާން މެޗަށް ފަހު ދިން އިންޓަވިއުއެއްގައި ބޭބެ ބުުނީ ދެ ވަނަ މެޗުގައި ކުޅެން ޖެހޭ އުޒްބެކިސްތާނަކީ މި ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެން ސެމީ އަށް ދިއުމުގެ ފޭވަރިޓެއްގެ ގޮތުގައި އޮތް ޓީމެއް ކަމަށެވެ.

"އަޅުގަނޑުމެން މި މުބާރާތުގެ ފޭވަރިޓެއްގެ ގޮތުގައި ކަޒަކްސްތާން ބެލީ، ކަޒަކްސްތާންގެ އިތުރުން އިންޑިއާ ދެން މި އޮތީ، ދެން އިންޑިއާ އަނެއް ފަޅީގައި (އަނެއް ގްރޫޕްގައި) އޮތަސް، ދެން އުޒްބެކް އަކީ ހަމަ މިހާރު މި ފަޅީގައި އޮތް ފޭވަރިޓެއް، އަޅުގަނޑުމެން މި އޮތް ގްރޫޕް ބީ އިން (ސެމީ ފައިނަލަށް ދާން)، އެހެންވީމަ އުޒްބެކް މެޗަކީ ވަރަށް ހާޑްކޮށް ވަރަށް ރަނގަޅަށް ޖައްސައިގެން މޮޅަށް ކުޅެން ޖެހޭ މެޗެއް. ރަނގަޅު ނަތީޖާއެއް ނެރެވޭނެ ކަމަށް މި ބަލަނީ،" ސެންޓްރަލް ޒޯން މުބާރާތުން 2019 ވަނަ އަހަރު ރާއްޖޭގެ އަންހެން ޓީމަށް ރިހި މެޑަލް ހޯދައިދިން ކޯޗިން ޓީމުގައި އިސް ރޯލެއް ކުޅުނު ބޭބެ ބުންޏެވެ.

ކަޒަކްސްތާން މެޗުން ބަލިވުމުގައި ބޭބެ ވެސް އެންމެ ބޮޑަށް ފާހަގަކުރި އެއް ކަމަކީ ދެ ވަނަ ސެޓުގައި، ރާއްޖޭގެ އައިޝަތު މާޖިދާ އަށް އަނިޔާވެގެން ބަދަލުކުރަންޖެހި އޭގެ ސަބަބުން ދެން މުޅި ޓީމަށް ކުރި އަސަރެވެ. އަނެއްކޮޅުން ކޮންފިޑެންސާ އެކު ކުޅެން ބަލާއިރު، ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ވެސް މެޗު ކުޅުނީ ބަލިވުމަށް ފަހު، އެއްކޮށް ރިކަވާ ނުވަނިސް ކަމަށްވާއިރު، އެއީ ވެސް ޓީމަށް ދިމާވި ގޮންޖެހުމެކެވެ.

"ފުރަތަަމަ ދެ ސެޓު ފުދޭ ވަރަކަށް ރަނގަޅަށް ކުޅުނު ކުޅެފައި. ދެން، މާޖީ އިންޖަރީީވީ ހިސާބުން މެޗު އެއްކޮށް އެނބުރުނުތަން މި ފެނުނީ. ބޮޑަށް ހީވަނީ އެރުވި ޒުވާން ކުޅުންތެރިންނަށް އަދި މި ލެވަލްގެ އިތުރު މެޗުތައް ބޭނުންވާނެހެން އެ ލެވަލްގައި ކުޅެން،" ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗެއްގެ ގޮތުގައި އެކި ފަހަރު މަތިން މުބާރާތްތަކުގައި މަސައްކަތްކޮށްފައިވާ ބޭބެ ބުންޏެވެ.

"އެ ފެނިގެންދިޔައީ މި ކަހަލަ ކޮމްޕެޓިޝަނެއްގައި އެ ހުންނަ އުނދަގޫތައް އާ ކުޅުންތެރިން ކުއްލިއަކަށް އެރުވީމަ އެ ކޯޕް ނުކުރެވިގެންދިޔައީ. ހީވަނީ ކުރިއަށް އޮތްތާގައި މި އަށް ވުރެ ރަނގަޅުވާނެހެން،"

ބޭބެ ބުނީ މި މުބާރާތުގެ ޝެޑިއުލް ރޭވިފައި އޮތް ގޮތުން ޖެހިޖެހިގެން ތިން ދުވަހު ގްރޫޕް ސްޓޭޖުގެ ތިން މެޗު ކުޅެން ޖެހޭއިރު، ވަރަށް ބޮޑަށް ރިކަވަރީ ބޭނުންވާނެ އެވެ. އަދި މެޗަށް ކުޅުންތެރިން ތައްޔާރުވުމުގައި ވެސް ގިނަ ކަންކަން ކުރަން ޖެހޭކަން ބޭބެ ފާހަގަކުރި އެވެ.

"ކައިރި ކައިރީގައި މެޗުތައް އޮތުމުން ކުޅުންތެރިން ބޮޑަށް ރިކަވަރީ ބޭނުންވާނެ. އެހެން ހުއްޓަސް މެންޓަލީ އަދި ފިޒިކަލީ ވެސް ކުޅުންތެރިން ތައްޔާރުކޮށް ރަނގަޅު ނަތީޖާ ނެރެން މަަސައްކަތް ކުރާނަން،" ބޭބެ ބުންޏެވެ.

ރާއްޖޭން ގްރޫޕް ސްޓޭޖުގައި ކުޅޭ ދެ ވަނަ މެޗުގައި މިއަދު ރާއްޖެ ގަޑިން ހަވީރު 5:45 ގައި ކުޅޭނީ އުޒްބެކިސްތާންއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox