ރަނގަޅަށް ފެށި ރާއްޖެ އަތުން ކަަޒަކްސްތާނަށް ފުރިހަމަ މޮޅެއް

May 22, 2023, 4:41 PM
ރާއްޖެ ޓީމުގެ ޝަހާ ޝާމިން ފޮނުވާލާ ޝޮޓެއް ކަޒަކްސްތާން ކުޅުންތެރިން ބްލޮކްކުރަނީ.-- ފޮޓޯ: އަދަދު

ރާއްޖެ ޓީމުގެ ޝަހާ ޝާމިން ފޮނުވާލާ ޝޮޓެއް ކަޒަކްސްތާން ކުޅުންތެރިން ބްލޮކްކުރަނީ.-- ފޮޓޯ: އަދަދު

ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ކުޅުނު ފުރަތަމަ މެޗުގައި މިރޭ ކަޒަކްސްތާން އަތުން ސީދާ ތިން ސެޓުން ބަލިވެއްޖެ އެވެ.

ކަތުމަންޑޫގެ ނެޝަނަލް ސްޕޯޓްސް ކޮމްޕްލެކްސް ވޮލީ ކޯޓުގައި ކުޅުނު މެޗުން ކަޒަކްސްތާނުން ސެޓުތައް ގެންދިޔައީ، 25-16، 25-14 އަދި 25-06 އިންނެވެ.

ކަޒަކްސްތާނަކީ މި ފަހަރުގެ މުބާރާތުގައި ވާދަކުރާ އަށް ގައުމުގެ ތެރެއިން އެންމެ ވަރުގަދަކޮށް އޮތް އެއް ޓީމެވެ. އެ ޓީމާ ދެކޮޅަށް ރާއްޖޭގެ ފެށުން ރަނގަޅު ނަމަވެސް، ސެޓެއް ވެސް ނުގެންދެވެނިސް ކަޒަކްސްތާނުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ކާމިޔާބު ހޯދައިފަ އެވެ.

ރާއްޖެ ޓީމުގެ ހައްވަ ޕޮއިންޓެއް ހޯދުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު

މިރޭގެ މެޗު ފަށައިގެން ފުރަތަމަ ސެޓުގައި ރާއްޖޭން ވަރުގަދަކޮށް ފެށި އެވެ. އެ ގޮތުން 13 ޕޮއިންޓާ ހަމައަށް ރާއްޖޭން ރަނގަޅު ރޫހެއްގައި ކުޅެ، ރަނގަޅު ލީޑެއް ވެސް ނަގައި، ކަޒަކްސްތާން ހާސްކޮށްލި ވަގުުތު ކޮޅެއް ވެސް ދިޔަ އެވެ. އެކަމަކު، ރާއްޖެ ޓީމުގެ ކެޕްޓަން، ހައްވާ ރާޝިދާ (ހައްވަ) ހުންޖެހިގެން ރަނގަޅަށް ރިކަވާވަމުން އައި ދަނޑިވަޅެއްގައި ކުޅެން ޖެހުމުން ފަހު ދެ ސެޓުގައި އެންމެ އެކަށީގެންވާ ވަރަށް ނުކުޅެވުނެވެ.

އަނެއްކޮޅުން، ފުރަތަމަ ސެޓު ފަށައިގެން ރާއްޖެ ޓީމަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކި އެއް ކުުޅުންތެރިޔާ، އައިޝަތު މާޖިދާ ފަލަމަސްގަނޑަށް އަނިޔާވެގެން ބަދަލުކުރަން ޖެހުން ވެސް އެއީ ފަހު ދެ ސެޓުގައި އެންމެ ރަނގަޅަށް ވާދަނުކުރެވިދިޔަ އެއް ސަބަބެވެ.

މިއީ ގައުމީ އަންހެން ޓީމުގެ ކޯޗުކަމާ މީގެ ދޮޅު މަހެއްހާ ދުވަސްކުރިން ހަވާލުވި ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕްގެ އިރުޝާދުގެ ދަށުން ރާއްޖޭން ކުޅުނު ފުރަތަމަ މެޗުގައި ފަށައިގެން ރަނގަޅަށް ކުޅުނު ކަމަށް އޭނާ ވެސް ވަނީ ބުނެފަ އެެވެ. އެކަމަކު، ފަހުން އަނިޔާގެ ސަބަބުން ޓީމަށް އަސަރުކުރިއިރު، ކަޒަކްސްތާނުން ކުޅެލީ އެ ޓީމުގެ އަސްލު ލެވަލްގައި ކަމަށްވާތީ އުނދަގޫވީކަމަށް ވިޗީފޮން ވަނީ ބުނެފަ އެވެ.

މި ފަަހަރުގެ ކާވާ ޗެލެންޖް ކަޕްގައި ވާދަކުރާ ގައުމީ އަންހެން ވޮލީ ޓީމުގެ ކުޅުންތެރިންނާއި އޮފިޝަލުން ފޮޓޯ އަކަށް ހުއްޓިލައިގެން.

ޕޮޒިޓިވް ކަމެއްގެ ގޮތުގައި ވިޗީފޮން ފާހަގަކުރީ އަނިޔާވެގެން ބަދަލުކުރި މާޖިދާގެ ބަދަލަކަށް އެރި، މާޔާ ހުސެއިން ސޮލާހު ފުރަތަމަ ފަހަރަށް ގައުމީ ޓީމުގެ ޖޯޒީގައި މި ފަދަ މެޗަކަށް އަރައި ދެއްކި އުންމީދީ ކުޅުމުގެ އިތުރުން ގައުމީ އަންހެން ޓީމުގެ ދެ ވަނަ ލިބަރޯ، މައިހާ އަލީ އަށް ވެސް ކުރިއަށްދާން ލިބުނު ތަޖުރިބާ އެވެ.

ކަޒަކްސްތާން ޓީމަށް ރާއްޖެ މެޗުގައި އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، ބަލާގާޒިނޯވާ އާއި އުއަތަޔޭވާ އެެވެ.

ރާއްޖެ ހިމެނޭ ގްރޫޕް ބީގެ ފުރަތަަމަ މެޗުގައި އުޒްބެކިސްތާނުން ވަނީ މިއަދު ހެނދުނު ކުޅުނު މެޗުން ސްރީ ލަންކާ އަތުން ސީދާ ތިން ސެޓުން މޮޅުވެފަ އެވެ.

މި ގްރޫޕްގައި މާދަމާ ކުޅެން ހަމަޖެހިފައިވަނީ ލަންކާ އާއި ކަޒަކްްސްތާން ކުޅޭ މެޗާއި ރާއްޖެ އާއި އުޒްބެކިސްތާން ބައްދަލުކުރާ މެޗެވެ. ރާއްޖެ އާއި އުޒްބެކިސްތާން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން 17:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox