ވޮލީ އަންހެން ޓީމަށް ފޯ ނޭޝަންސް ކަޕްގައި ލިބުނު ސަޕޯޓުގެ މި ފަަހަރު ވެސް ބޭނުންވޭ

May 22, 2023, 5:01 AM
ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވަ: ފޯ ނޭޝަންސް ކަޕްގައި ދެއްކި ހިތްވަރަކީ ސަޕޯޓަރުންގެ އެއްބާރުލުމާ އެކު ކުރެވުނު ކަމެއް ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ގައުމީ އަންހެން ވޮލީ ޓީމުގެ ކެޕްޓަން ހައްވަ: ފޯ ނޭޝަންސް ކަޕްގައި ދެއްކި ހިތްވަރަކީ ސަޕޯޓަރުންގެ އެއްބާރުލުމާ އެކު ކުރެވުނު ކަމެއް ކަމަށް ވަނީ ބުނެފައި.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕްގައި ރާއްޖޭގެ ގައުމީ އަންހެން ޓީމުން ރިހި މެޑަލް ހޯދިއިރު، ދިން ވަރުގެ ސަޕޯޓެއް، މިއަދު ނޭޕާލްގައި ފެށި ކާވާ ޗެލެންޖް ކަޕްގައި ވެސް ގައުމީ އަންހެން ޓީމުން ބޭނުންވާ ކަމަށް ޓީމުގެ ކެޕްޓަން ހައްވާ ރާޝިދާ (ހައްވަ) ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު މާލޭގައި ބޭއްވި ފޯ ނޭޝަންސް ކަޕް ވޮލީބޯޅަ މުބާރާތުގައި މެލޭޝިއާ އާއި ސިންގަޕޫރާ ވާދަކޮށް ރާއްޖޭން ވަނީ ރިހި މެޑަލް ހޯދައިފަ އެވެ. ފައިނަލުގައި ރާއްޖެ ބަލިވީ ފަސް ސެޓު ކުޅެގެން ސިންގަޕޫރު އަތުންނެވެ. އެ މުބާރާތުގައި ގައުމީ އަންހެން ޓީމަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިފަ އެވެ.

ޓީމުގެ ކެޕްޓަން، ހައްވަގެ އުންމީދަކީ ގައުމުން ބޭރުގައި ކުޅުނަސް ޓީމަށް ސަަޕޯޓަރުންނަށް ދެވުނު އެންމެ ބޮޑު ސަޕޯޓެއް ދިނުމަށެވެ.

"އެންމެ ފަހުން ފޯ ނޭޝަންސް (ކަޕް)ގައި ރާއްޖޭގައި ކުޅުނު މެޗަށް ބަލާއިރު، ހަމަ އެ ރޫހުގައި އަދިވެސް މި އޮތީ ޓީމު ހަމަ ވަރަށް ފޯމުގައި، ހުރިހާ ޕްލޭޔަރުން ވެސް ބޭނުންވަނީ މެޑަލެއް. ހަމަ އިރާދަކުރެއްވިއްޔާ އެ ހިސާބަށް ދެވޭތޯ މަސައްކަތް ކުރާނީ،" އިއްޔެ، ނޭޕާލަށް އައިސް ގައުމީ އަންހެން ޓީމުން ބޭއްވި ފަރިތަކުރުންތަކަށް ފަހު ހައްވަ ބުންޏެވެ.

"ބުނެވޭނީ ހަމަ ފޯ ނޭޝަންސްގައި އެ ދިން ސަޕޯޓް އަޅުގަނޑުމެންނަށް ވަރަށް ބޮޑަށް ފެނި، އޭގެއިންނޭ އަޅުގަނޑުމެން ހިތްވަރު ހޯދައިގެން މި މުބާރާތަށް (ކާވާ ޗެލެންޖް ކަޕް އަށް) އައީ،"

ފޯ ނޭޝަންސް ކަޕްގައި ރާއްޖޭން ނުކުތީ ތަޖުރިބާކާރު ދިވެހި ކޯޗު، އިބްރާހިމް ނިޒާރު (ބޮޑޭ)ގެ ކޯޗުކަމުގަ އެވެ. ފޯ ނޭޝަންސް ކަޕަށް ފަހު ގައުމީ އަންހެން ޓީމުގެ ކޯޗިން ސްޓާފުންނަށް ބަދަލުގެނައިއިރު، ކޯޗަކަށް ހަމަޖެއްސީ ތައިލެންޑް ގައުމީ ޔޫތު އަންހެން ޓީމުގެ ހެޑް ކޯޗުކަމާއި ވިއެޓްނާމްގެ ގައުމީ އަންހެން ވޮލީ ޓީމުގެ ހެޑް ކޯޗުކަން ކޮށްފައިވާ ތަޖުރިބާކާރު ކޯޗު، ވިޗީޕޮން ފޯންޗާޓްޔިންޗީޕް އެވެ.

ޗެލެންޖް ކަޕަށް ދެ ކޯޗުންނާ އެކު، އަންހެން ޓީމުން މި އަހަރު ތެރޭ ގެންދިޔަ ޓްރެއިނިން ރަނގަޅުކަން ހައްވަ ފާހަގަކުރި އެވެ.

"މިހާރު ތިން މަހުގެ ޓްރެއިނިން އަށް ފަހު މުބާރާތަށް މިއައީ. މާދަމާ (މިއަދު) މި އޮތީ މެޗެއް، ކަޒަކްސްތާނާ އެކީގައި، ޓީމު އޮތީ ވަރަށް ރެޑީގައި، އުންމީދުކުރަން ޓީމު ވަރަށް ރަނގަޅަށް ޕާފޯމްކުރާނެ ކަމަށް،" މިއަދު ކަޒަކްސްތާނާ ކުޅޭ މެޗާ ބެހޭގޮތުން ހައްވަ ބުންޏެވެ.

ރާއްޖޭން މިއަދު ކަޒަކްސްތާނާ ކުޅުމަށް ފަހު، ގްރޫޕް ދެ ވަނަ މެޗުގައި މާދަމާ ކުޅޭނީ އުޒްބެކިސްތާނާ އެވެ. އަދި ބުދަ ދުވަހު ގްރޫޕްގެ ފަހު މެޗުގައި ސްރީ ލަންކާއާ ކުޅޭނެ އެވެ.

"ޓީމުތައް ބަލާއިރު، ވާދަކޮށްލެވޭ ޓީމުތައް މި އުޅެނީ، އަޅުގަނޑުމެން ސައިޑްގައި މި އުޅެނީ ލަންކާ، ލަންކާ، އަޅުގަނޑުމެން ކުޑަ ހިތްވަރެއް ކޮށްލައިފިއްޔާ އަޅުގަނޑު ބުނާނީ ވާނެއޭ، އަޅުގަނޑު ބުނާނީ ޓީމު މި އޮތީ މީގެ ދެތިން އަހަރު ކުރިއަށް ވުރެ، ރަނގަޅަށް ވަރަށް ފިޓްކޮށް އޮތީ،" ގައުމީ އަންހެން ޓީމަށް ފާއިތުވި 13 އަހަރު ކުޅެފައިވާ ހައްވަ ބުންޏެވެ.

ކަޒަކްސްތާނާ ދެކޮޅަށް ރާއްޖޭން ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިއަދު އިރުއޮއްސި 18:15 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox