ތައްޔާރީތައް ނިމިއްޖެ، ދެން އޮތީ މުބާރާތުގެ ފޯކަސް ދެމެހެއްޓުން

May 22, 2023, 4:58 AM
ގައުމީ އަންހެން ވޮލީ ޓީމުން އިއްޔެ ބޭއްވި ފަރިތަކުރުމުގެ ތެރެއިން ކޯޗު ވިޗީޕޮން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު

ގައުމީ އަންހެން ވޮލީ ޓީމުން އިއްޔެ ބޭއްވި ފަރިތަކުރުމުގެ ތެރެއިން ކޯޗު ވިޗީޕޮން ވާހަކަ ދައްކަނީ.--- ފޮޓޯ: އަދަދު

ނޭޕާލުގައި މިއަދު ފެށި ސެންޓްރަލް އޭޝިއަން ވޮލީބޯލް އެސޯސިއޭޝަން (ކާވާ) ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ އަންހެން ޓީމުގެ ތައްޔާރީތައް މިހާރު ނިމިފައިވާ ކަމަށާއި ދެން އޮތީ މުބާރާތުގައި ހާސިލްކުރަން ބޭނުންވާ ކަންކަމަށް ފޯކަސް ދަމަހައްޓައިގެން މަސައްކަތް ކުރުން ކަމަށް އަންހެން ޓީމުގެ ކޯޗު، ތައިލެންޑްގެ ވިޗީޕޮން ފޯންޗާޓްޔިންޗީޕް ބުނެފި އެވެ.

ތައިލެންޑްގެ ތަޖުރިބާކާރު ކޯޗު، ވިޗީފޮން ޓީމާ ހަވާލުވެ، މަސައްކަތް ފެށިތާ ދޮޅު މަސްތެރޭ ފުރަތަމަ މުބާރާތާ ކުރިމަތިލާއިރު، މިހާތަނަށް ޕްރެކްޓިހުގައި ފެނުނު ކަންކަމާ މެދު އޭނާ ހިތްހަމަޖެހެ އެވެ.

"ޓީމެއް ތައްޔާރުކޮށް، އެކުލަވާލަން ބެލިއިރު އަހަންނަށް އެންމެ މުހިންމު ކަމަކަށް ފެނުނީ ފިޓްނަސް ރަނގަޅުކުރުން. ކުޅުންތެރިން ފިޒިކަލީ މި ބޭނުންވާ ލެވަލަށް ގެންދިއުން. އެކަން ކުރެވޭ، ދެން އޮތީ މެޗަށް ތައްޔާރުވުން، އެކަން މެންޓަލީ ވެސް ފިޒިކަލީ ވެސް ރަނގަޅުކުރަން އަހަރެން މި އަންނަނީ މަސައްކަތް ކުރަމުން،" ތައިލެންޑްގެ ގައުމީ ލެވަލްގެ މުބާރާތްތަކުގެ ތަޖުރިބާ ބޮޑު ވިޗީފޮން ބުންޏެވެ.

"ޓެކްޓިކަލީ ނޫނީ އެހެން ގޮތަކަށް ޓީމަށް ބަދަލެއް ގެެންނަން ޖެހިއްޖެނަމަ އެ ހާލަތަށް ވެސް ތައްޔާރުވެވޭނެ ވިސްނުމެއްގައި އަހަރެމެން މި ތިބީ. އެޓޭކް ރަނގަޅުކުރަން ވިޔަސް ޑިފެންސަށް ބެލިޔަސް އޮޕްޝަން ހުރުން މުހިންމު،"

ކާވާ ޗެެލެންޖް ކަޕްގައި ރާއްޖެ ހިމެނެނީ ކަޒަކްސްތާން، އުޒްބެކިސްތާން އަދި ސްރީ ލަންކާއާ އެއް ގްރޫޕެއްގަ އެވެ. އެ ގޮތުން، ރާއްޖެ ގަޑިން މިއަދު 18:15 ގައި ކަޒަކްސްތާނާ ދެކޮޅަށް އަންހެން ވޮލީ ޓީމު ނުކުންނާނެ އެވެ. އެ އަށް ފަހު، ދެ ވަނަ މެޗުގައި މާދަމާ ހަވީރު 5:45 ގައި ރާއްޖޭން ބައްދަލުކުރާނީ އުޒްބެކިސްތާނާ އެވެ. އަދި ގްރޫޕް ފަހު މެޗުގައި، ބުދަ ދުވަހު 5:45 ގައި ކުޅޭނީ ލަންކާއާ އެވެ.

ވިޗީޕޮން ބުނީ ވާދަކުރަން ޖެހޭ ޓީމުތަކުގައި ތިބީ ރާއްޖެ އަށް ވުރެ އިސްކޮޅުން ދިގު ކުޅުންތެރިން ކަަމަށާއި އެ ކަންކަމަށް ބަލާއިރު ހުރި ޗެލެންޖް ބޮޑު ކަމަށެވެ. އެކަމަކު، އެއީ އެހާ ބޮޑަށް ސަމާލުކަން ދޭނެ ކަމެއް ނޫން ގޮތުގައި ފާހަަގަކޮށް ވިޗީޕޮން ބުނީ ވިސްނުމަކީ ކުރެވުނު އެންމެ ރަނގަޅަކަށް މަސައްކަތް ކޮށްގެން ޓާގެޓަށް ވާސިލްވުން ކަަމަށެވެ.

"އަހަރެމެން ފޯކަސް ބަހައްޓަން ޖެހޭ ކަންކަން އެބަހުރި. މިސާލަކަށް ސާވިސް، ދެން ރިސީވް ވެސް. މި އަށް ފޯކަސް ކޮށްގެން ކުޅެފިއްޔާ އަހަމެންނަށް ވާނެ،" ވިޗީފޮން ބުންޏެވެ.

ކަޒަކްސްތާން މެޗަށް ފަހު ދެން ކުޅެން ޖެހޭ އުޒްބެކިސްތާނާއި ލަންކާ މެޗާ ބެހޭގޮތުން ވެސް ކުއްލިއަކަށް ވާހަކަ ދައްކަން އުނދަގޫވާނެ ކަމަށާއި އެ މީހުން މުބާރާތުގައި ފުރަތަމަ ކުޅޭ މެޗުތައް ފެނުމުން އެ ޓީމުތަކާ ބެހޭގޮތުން ވާހަކަ ދެއްކޭނެ ކަމަށް ވިޗީފޮން ވަނީ ބުނެފަ އެވެ.

ވިޗީފޮން ބުނީ ބޭނުމަކީ މެޗުން މެޗަށް ކަންކަން ރަނގަޅުކުރުން ކަމަށާއި އެ ހިތްވަރާއި ޖޯޝް ކުޅުންތެރިންގެ ކިބައިން ފެންނަ ކަމަށެވެ.

ނޭޕާލުގެ ކަތުމަންޑޫގައި މި މަހު 28 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ ކާވާ ޗެލެންޖް ކަޕްގެ ގްރޫޕް އޭގައި އޮތީ މުބާރާތް ހޯސްޓްކުރާ ނޭޕާލް އާއި އިންޑިއާގެ އިތުރުން ބަންގްލަދޭޝް އަދި ކިރްގިސްތާން އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox