ޗެލްސީ އަތުން ހޯދި މޮޅަށް ފަހު ސިޓީން ލީގު ތަށި އުފުލާލައިފި

May 21, 2023, 11:22 PM
ސިޓީގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

ސިޓީގެ ކުޅުންތެރިން ތަށްޓާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: އޭއެފްޕީ

މެންޗެސްޓާ (މެއި 22) - އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ޗެލްސީ އަތުން 1-0 އިން ހޯދި މޮޅަށް ފަހު މެންޗެސްޓާ ސިޓީން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގުގެ ތަށި އުފުލާލައިފި އެވެ.

އާސެނަލުން 284 ދުވަހު ލީގުގެ އެއް ވަނައިގައި އޮތް ނަމަވެސް ސިޓީން މި ވަނީ ފަހަތުން އަރައި، ލީގުގެ ޗެމްޕިއަންކަން ހޯދައިފަ އެެވެ. ޕްރިމިއާ ލީގުގެ އެންމެ ފަހުން ކުޅުނު ހަ ސީޒަންގެ ތެެރެއިން ފަސް ފަހަރު ލީގު ޗެމްޕިއަންކަން ހޯދީ ސިޓީންނެވެ. ސިޓީން މި ވަނީ ޖުމްލަ އެކު، ނުވަ ފަަހަރަށް އިނގިރޭސި ލީގު ކާމިޔާބުކޮށްފަ އެވެ.

ރޭގެ މެޗަށް ސިޓީން ނުކުތްއިރު ވެސް އޮތީ ލީގު ޔަގީންވެފަ އެވެ. އެއީ ހޮނިހިރު ދުވަހުގެރޭ އާސެނަލް ކުޅުނު މެޗުން ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވުމުންނެވެ. ލީގު ތާވަލަށް ބަލާއިރު، ސިޓީން ވަނީ 36 މެޗުން 88 ޕޮއިންޓް ހޯދައިފަ އެވެ. ދެ ވަނައިގައި އޮތް އާސެނަލްގެ އޮތީ 37 މެޗުން 81 ޕޮއިންޓެވެ.

ސިޓީގެ އިއްތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗަށް އެ ޓީމުން ނެރުނީ ބެންޗު ޓީމެވެ. އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅޭ ގިނަ ކުޅުންތެރިންތަކެއް ލަައިގެން ސިޓީން ފެށި މި މެޗުގައި އެ ޓީމުގެ ހަމައެކަނި ގޯލު ޖެހީ 12 ވަނަ މިނިޓްގައި ކޯލް ޕާމާ ދިން ބޯޅައަކުން ހޫލިއަން އަލްވަރޭޒް އެވެ. މިއީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި ސިޓީން އަމިއްލަ ދަނޑުގައި ޖެހި 100 ވަނަ ގޯލެވެ.

އިތުރު ލަނޑެއް ޖަަހަން ސިޓީން ކުރި މަސައްކަތުގައި އަލްވަރޭޒް ޖެހި ގޯލެއް ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި ބަލައިނުގަންނަން ނިންމީ އެ ގޯލު ޖަހަން ފުރުސަތު ހޯދައިދިން ރިޔާދު މާރޭޒް އަތުން ބޯޅަ ކޮންޓްރޯލް ކޮށްފައިވާތީ އެވެ.

ސިޓީން އަންނަނީ މި ސީޒަނުގެ ތިން ތަށްޓަށް ވާދަކުރަމުންނެވެ. އެ ގޮތުން، ޕްރިމިއާ ލީގުގެ ޗެމްޕިއަންކަމަށް ފަހު، ދެން ސިޓީން ތަށްޓަށް ވާދަކުރަނީ އެފްއޭ ކަޕް ފައިނަލާއި ޗެމްޕިއަންސް ލީގުގެ ފައިނަލުގަ އެވެ. އެފްއޭ ކަޕްގެ ފައިނަލުގައި މެންޗެސްޓާ ޔުނައިޓެޑާ ކުޅޭއިރު، ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އިންޓަ މިލާނާ ބައްދަލުކުރާނެ އެވެ.

ރޭގެ މެޗަށް ފަހު ސިޓީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ދަނޑަށް އަރައި، ލީގު ޗެމްޕިއަންކަން ލިބުމުގެ އުފާފާޅުކުރުމުގައި ބައިވެރިވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox