ވާގޮތް: ރައިޓާސް ބްލޮކް

ވާގޮތް: ރައިޓާސް ބްލޮކް

ލިޔުންތެރިއެއްގެ ހައިސިއްޔަތުން، ލިޔާނެ އެއްޗެއް ނޭނގުން ނުވަތަ ލިޔަން ބޭނުންވާ ލިޔުމެއް، ވާހަކައެއް ނުވަތަ ޅެމެއް ގަލަމުގެ ދެއްޔަށް ތަރުޖަމާކުރާނެ ގޮތް ނޭނގުމަކީ އާންމުކޮށް ދިމާވާ ކަމެކެވެ. އަދި, މިކަމުގެ ސަބަބުން ލިބޭ މާޔޫސްކަމާއި ނުތަވަސް ކަމަކީ މަދު ކަމަކުން މެނުވީ ކުރެވޭނެ އިހްސާސްތަކެއް ނޫނެވެ. މިއަކީ އަލަށް ލިޔުމުގެ ދާއިރާއަށް ވަންނަ ފަރާތްތަކުން ފެށިގެން ގޮސް ތަޖުރިބާކާރު ލިޔުންތެރިންނަށް ވެސް އޭގެ އަސަރުކުރާ ގޮންޖެހުމެކެވެ. މިކަމަށް ދިވެހި ބަހުން ކިޔާ ހާއްސަ ނަމެއް ނެތް ނަމަވެސް އިނގިރޭސި ބަސްކޮޅެއް އޮވެ އެވެ. މިއީ ކޮންމެ ލިޔުންތެރިއެއްގެ ކަންފަތަށް ވެސް އަހުލުވެރި ނަމަވެސް އިވެން ބޭނުންނުވާ ބަސްކޮޅެކެވެ. އެއީ "ރައިޓާސް ބްލޮކް" އެވެ.

ރައިޓާސް ބްލޮކަކީ ކޮބާ؟

ރައިޓާސް ބްލޮކަކީ ލިޔުންތެރިއަކަށް އާ ކޮންޓެންޓް އުފެއްދުމަށް ނުވަތަ ފަށާފައިވާ ލިޔުމެއް ކުރިއަށް ގެންދިޔުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ހާލަތެވެ. މިއީ ކުޑަ ހިނދުކޮޅެއްގެ ނުވަތަ ދިގު މުއްދަތެއްގެ މައްސަލައަކަށް ވެސް ވެދާނެ އެވެ. އަދި, މިއީ ލިޔުމުގެ ހުރިހާ ދާއިރާއެއްގެ އެކި ފެންވަރުގެ ލިޔުންތެރިންނަށް އޭގެ އަސަރުކުރާ ކަމެކެވެ.

ރައިޓާސް ބްލޮކްގެ އަލާމާތްތައް އެކި މީހުންނަށް ތަފާތުވެދާނެ އެވެ. ބައެއް ލިޔުންތެރިންނަށް އާ ލިޔުމެއް ފަށަން އުނދަގޫވާއިރު، އަނެއް ބަޔަކަށް ކުއްލިއަކަށް އިންސްޕިރޭޝަން ނުވަތަ ކްރިއޭޓިވް ސްޕާކް ގެއްލިދާނެ އެވެ. އަދި ޝައުގުވެރިކަން ގެއްލުމުގެ ނުވަތަ ތާށިވެފައިވާ ކަމުގެ އިހުސާސެއްގެ ގޮތުގައި ވެސް ރައިޓާސް ބްލޮކް ފާޅުވެދާނެ އެވެ.

Advertisement

ރައިޓާސް ބްލޮކް ދިމާވަނީ ކީއްވެގެން؟

ލިޔުންތެރިޔަކަށް ރައިޓާސް ބްލޮކް ދިމާވެދާނެ ސަބަބުތަކުގެ ތެރޭގައި ނާކާމިޔާބީގެ ބިރު، "ޕާފެކްޓް" ނުވުމުގެ ބިރު، އަމިއްލަ ނަފްސަށް ޝައްކު ކުރުމާއި، "ބާންއައުޓް" ވުން ފަދަ ކަންކަން ހިމެނެ އެވެ. މި ކަންތައްތަކުގެ ސަބަބުން ވިސްނުމާއި ހިޔާލުތައް ބަސްތަކަކަށް ބަދަލުކުރުމަށް ގޮންޖެހުންތަކެއް ކުރިމަތިވާ ނަފްސާނީ ހުރަހެއް އެޅިދާނެ އެވެ.

ބައެއް ލިޔުންތެރިންނަށް ރައިޓާސް ބްލޮކަކީ އިންސްޕިރޭޝަން ނުވަތަ ހިޔާލުތައް މަދުވުމެވެ. ރައިޓާސް ބްލޮކް މެދުވެރިވާ އެހެން ކަންތައްތަކުގެ ތެރޭގައި ސްޓްރެސް، ހާސްކަން ނުވަތަ ޑިޕްރެޝަން ހިމެނޭއިރު، މި ހުރިހާ ކަމެއްގެ ސަބަބުން ފޯކަސް ކުރުމާއި އުފެއްދުންތެރި ވުމުގެ ގާބިލުކަމަށް ނޭދެވޭ އަސަރު ކުރެ އެވެ.

ރައިޓާސް ބްލޮކުން އަރައިގަންނަނީ ކިހިނެއް ހެއްޔެވެ؟

ރައިޓާސް ބްލޮކުން އަރައިގަތުމަކީ ކެތްތެރިކަމާއެކީ ކުރަން ޖެހޭ ދަތުރެކެވެ. ނަމަވެސް މިއީ "އޯލް-އިން-ވަން ސޮލިއުޝަން" އެއް އޮތް ކަމެއް ނޫން ކަމުން ކޮންމެ މީހަކަށް ވެސް އަދި އެކި ހާލަތްތަކުގައި ވެސް ކުރަންޖެހޭ މަސައްކަތް ތަފާތެވެ. ނަމަވެސް, ލިޔުންތެރިންގެ އުފެއްދުންތެރިކަމުގެ ހުރަސްތައް މުގުރާލައި، އަލުން ލިޔަން ފެށުމަށް ބޭނުންކުރެވޭނެ ބައެއް އުކުޅުތައް އެބަހުއްޓެވެ.

އެންމެ ފުރަތަމަ ކަމަކީ ރައިޓާސް ބްލޮކް މެދުވެރިވާ ގޮތާއި ސަބަބު ދެނެގަތުމެވެ. ލިޔަން އުދަނގޫވަނީ ކޮލިޓީ ކަމަށް ގަބޫލުކުރެވޭ ހިޔާލުތައް ނެތުމުން ހެއްޔެވެ؟ ނުވަތަ ވަރުބަލިކަމުގެ ސަބަބުން ހެއްޔެވެ؟ ނޫނީ ލިޔަން ޖެހޭ ވާހަކަ ނުވަތަ މައުލޫގެ ސަބަބުން ފޫހިކަން އިހްސާސްވެ އިންސްޕަޔާ ނުވަނީ ހެއްޔެވެ؟

މިފަދައިން ހާލަތް ދެނެގަތުމަށް ފަހު މިކަމުން އަރައިގަތުމުގެ މަސައްކަތް ފަށަންވީ އެވެ.

ބްރޭކެއް ނެގުން

ތާށިވެފައިވާ ކަމުގެ އިހުސާސް ކުރެވޭނަމަ ބްރޭކެއް ނެގުމަކީ ސިކުނޑި ސާފުކޮށްލާ ތާޒާ ލޮލަކުން މަސައްކަތަށް ބަލާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. ހިނގާލަން ދިއުން، ފޮތެއް ކިޔާލުން، ނުވަތަ މިނޫނަސް ފައިދާހުރި ކަމެއްކޮށްލައިގެން ސިކުނޑިއަށް ބްރޭކެއް ދެވިދާނެ އެވެ.

ލަނޑުދަނޑިތައް ކަނޑައެޅުން

ލިޔުމުގައި ލަނޑުދަނޑިތަކެއް ކަނޑައެޅުމަކީ މޮޓިވޭޓްވެ ފޯކަސް އަނބުރާ ގެނައުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން, މުޅި މަސައްކަތް އެއްކޮށް ނިންމާލަން ކުރާ މަސައްކަތުގެ ބަދަލުގައި، ބައިބަޔަށް ބަހާލައިގެން ކުރިއަށް ގެންދިއުމުން ޕްރެޝާ ދަށްވެ ލިޔުމުގެ ކޮލިޓީ މަތިވާނެ އެވެ. ވާހަކައެއް ނުވަތަ މަޒުމޫނެއް ނަމަ ގަނޑެއް، ޕެރްގްރާފެއް ނުވަތަ އެއް ޖުމްލަ ލިޔުމަކީ ވެސް ކާމިޔާބެއް ގޮތުގައި ބެލިވެދާނެ އެވެ.

މިނިވަންކަމާއެކު ލިޔުން

ގިނަ ފަހަރަށް މާސްޓަރޕީސްއެއް އުފެއްދުމަށް ކުރާ ޕްރެޝަރަކީ ލިޔުންތެރިން އޭގެ ސަބަބުން ހުއްޓުން އަރާފާނެ ކަމެކެވެ. މިކަމުން އަރައިގަތުމަށް "ސްޓްރީމް އޮފް ކޮންޝިއަސްނެއް" ބޭނުންކުރެވިދާނެ އެވެ. މިއީ ސިކުނޑިއަށް އަންނަ ކޮންމެ އެއްޗެއް ލިޔުމެވެ. މިކަން ޕްރޮޖެކްޓާއި ގުޅުވައިގެން ވެސް ނުވަތަ ބޭރުން ވެސް ކުރެވިދާނެ އެވެ. އެގޮތުން ލިޔެވޭ އެއްޗަކަށް މާ ބޮޑު ސަމާލުކަމެއް ނުދީ ސިކުނޑި ދާން ބޭނުންވާ ދިމާލަކަށް ފޮނުވާލުމުން ހުރަސްތައް ފިލަ އެވެ. މިއީ އެއްވެސް މީހަކަށް ފެންނާނެ އެއްޗެއް ނޫން ކަމުން ހާސްނުވެ ފަހުން ފުހެލެވިދާނެ އެވެ.

އެހީ ހޯދުން

އެހެން ލިޔުންތެރިންނާ ވާހަކަ ދެއްކުމުންނާއި އެ މީހުންގެ މަސައްކަތްތައް ބަލާލުމުގެ އިތުރުން ލިޔުންތެރިންނަށް ނުވާ ފަރާތްތަކާ ވެސް މައުލޫއާ ގުޅޭގޮތުން ވާހަކަދައްކާލުމަކީ، ލިޔަން އުދަނގޫވާ ވަގުތުތަކުގައި އަގުހުރި އަގުހުރި އެހީއަކަށް ވާނެ އެވެ.

މާހައުލު ބަދަލުކޮށްލުން

ބައެއް ފަހަރު، މާހައުލަށް ބަދަލު ކޮށްލުމަކީ އުފެއްދުންތެރިކަން އިތުރުވެ، ބްލޮކް ފިލުވާލުމަށް އެހީތެރިވެދޭނެ ކަމެކެވެ. އެގޮތުން އާ ތަނެއްގައި ލިޔަން މަސައްކަތްކޮށްލުން، ވޯކްސްޕޭސް އަލުން ތަރުތީބުކޮށްލުން، ނުވަތަ ލިޔުމުގެ ރޫޓިން ބަދަލުކޮށްލެވިދާނެ އެވެ.

މަޝްހޫރު ލިޔުންތެރިންގެ ނަޒަރުން ރައިޓާސް ބްލޮކް

ސްޓީވަން ކިންގް (ދަ ޝައިނިން، އިޓް)

ސްޓީވަން ކިންގް ގެ ފޮތް "އޮން ރައިޓިން" ގައި، ކޮންމެ ލިޔުންތެރިއްވެސް ދުވާލަކަށް ވަކި އަދަދެއްގެ ބަސް ނުވަތަ ގަނޑު ލިޔުމަށް ކަނޑައަޅާ އެޔަށް އަމަލުކުރުމަށް އިލްތިމާސްކޮށްފައިވެ އެވެ. އޭގެ އިތުރުން ލިޔާ މާހައުލަކީ އަޑު މަޑު އަރާމު، ޑިސްޓްރެކްޝަންތަކުން މިނިވަން މާހައުލަކަށް ހެދުމުގެ މުހިންމުކަން ވެސް ފާހަގަކޮށްފައިވެ އެވެ.

ޖޭކޭ ރޯލިން (ހެރީ ޕޮޓާ)

ރަވްލިން 2016 ގައި ކުރި ޓްވީޓެއްގައި ވަނީ "ހެރީ ޕޮޓާ އެންޑް ދަ ޗޭމްބާ އޮފް ސީކްރެޓްސް" ލިޔަމުން ދިޔައިރު އޭނާއަށް ރައިޓާސް ބްލޮކް ކުރިމަތިވިކަން ހާމަކޮށްފަ އެވެ. އެކަމުން އަރާ ގަތުމަށް ބްރޭކެއް ނެގުމަށް ފަހު ކުރިން ލިޔުނު ބައިތައް ކިޔާލާ ކަމަށް އޭނާ ބުނެފައިވެ އެވެ. އޭގެ އިތުރުން މިއުޒިކާއި ފޮޓޯތައް ބޭނުންކޮށްގެން އިމޭޖިނޭޝަން ފުޅާކުރާކަމަށް ރޯލިން ފާހަގަކޮށްފައިވެ އެވެ،

ނީލް ގައިމަން (ކޮރަލައިން)

ގައިމަން 2009 ގައި ކުރި ބްލޮގް ޕޯސްޓެއްގައި ވަނީ އޭނާ ރައިޓާސް ބްލޮކާއި ކުރިމަތިލާ ގޮތް ހިއްސާކޮށްފަ އެވެ. ގައިމަން ބުނެފައިވަނީ މިކަން ކުރުމަށް އޭނާ ލިޔަމުންދާ ގޮތް ނުވަތަ މީޑިއަމް ބަދަލުކޮށްލަނީ ކަމަށެވެ. އެގޮތުން ޕީސީއިން ލިޔަމުން ދަނިކޮށް ބްލޮކް ކުރިމަތިވެއްޖެއްޔާ އަތުލިޔުމަށް ބަދަލުކޮށްލަނީ އެވެ. އޭގެ އިތުރުން އެހެން ލިޔުންތެރިންނާ ވާހަކަ ދައްކާ މަޝްވަރާ ކުރާ ކަމަށް ގައިމަން ބުނެފައިވެ އެވެ.

އެލިޒަބަތު ގިލްބާޓް (އީޓް ޕްރޭ ލަވް، ބިގް މެޖިކް)

އެލިޒަބަތު 2009 ގައި ދިން ޓެޑްޓޯކް ބުނެފައިވަނީ އޭނާ ރައިޓާސް ބްލޮކާއި ކުރިމަތިލުމަށް ބޭނުންކުރަނީ "ޖީނިއަސް" ކިޔާ އުކުޅެއްކަމަށެވެ. "ޖީނިއަސް"ގެ ކޮންސެޕްޓަކީ މޮޅުކަމަކީ ކޮންމެ މީހެއްވެސް އުފެދުގައި ލިބިފައިޗާ ނިއުމަތެއްކަމެވެ. އެހެން ކަމުން ލިޔުމުގައި ނިކުންނާނެ ނަތީޖާއަށް ބެލުމުގެ ބަދަލުގައި "އެމީހެއްގެ އެންމެ ބެސްޓް" ދިނުމަށް މަސައްކަތްކުރުމަށް އެލިޒަބަތު ބާރުއަޅަ އެވެ.

ނިންމުން

ރައިޓާސް ބްލޮކަކީ ނުތަނަވަސްކަން ގެނުވާ ތަޖުރިބާއަކަށްވީ ނަމަވެސް މިއީ ލިޔުންތެރިންގެ އުފެއްދުންތެރިކަމާއި ޝައުގުވެރިކަމަށް ހުރަސް އެޅޭ ކަމަކަށް ވާކަށެއް ނުޖެހެ އެވެ. ބްރޭކެއް ނަގައި، ކުޑަ ލަނޑުދަނޑިތައް ކަނޑައަޅައި، މިނިވަންކަމާއެކު ލިޔުމުގެ އިތުރުން އެހެން މީހުންގެ އެހީތެރިކަން ހޯދައިގެން ރައިޓާސް ބްލޮކުން އަރައިގަނެވިދާނެ އެވެ. ރައިޓާސް ބްލޮކަކީ ތިމާގެ ލިޔުމުގެ ހުނަރު ދަށްވެގެން ކުރިމަތިވާ ކަމެއް ނޫންކަން، މަޝްހޫރު ލިޔުންތެރިންގެ ވާހަކަތަކުން ވެސް އެބަ ހާމަވެ އެވެ. އެހެންކަމުން މިކަމަކީ ލިޔުމުގެ ޕްރޮސެސްގެ ގުދުރަތީ ބައެއް ކަން ގަބޫލުކޮށް، އެއީ ކުރިއެރުމާއި އުނގެނުމަށް ލިބޭ ފުރުސަތެއް ގޮތުގައި ބެލުމަކީ މުހިންމު ކަމެކެވެ.

ފަހުގެ ޚަބަރު

ސިކުނޑީގެ ހަރަކާތާ ގުޅޭ ދިރާސާ ހެދި ސައިންސްވެރިންނަށް އިނާމު

ސިކުނޑީގެ ނާރުތަކުގެ މަސައްކަތް އަލީގެ އެހީގައި ކޮންޓްރޯލް ކުރެވޭނެ ގޮތް ނުވަތަ "އޮޕްޓޯޖެނެޓިކްސް" ހޯއްދެވި ތިން ސައިންސްވެރިއަކަށް މިއަހަރުގެ ބޭސްވެރިކަމުގެ ނޯބެލް އިނާމު ވަނީ އަރުވާފައެވެ. މި ހޯދުމުގެ ސަބަބުން ސިކުނޑީގެ ސިއްރުތަކާއި ބަލިތައް ދެނެގަތުމަށް އާ މަގުތަކެއް ފަހިވެ، ނިއުރޯސައިންސްގެ ދާއިރާއަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

އެނާޖީ ޑްރިންކްގެ ނުރައްކާ ބޮޑުވެ ޑޮކްޓަރުން ކަންބޮޑުވުމުގައި

އެނާޖީ ޑްރިންކް ބޭނުންކުރުމުގެ ސަބަބުން ކުޑަކުދިންގެ ފުރާނައަށް ނުރައްކާވަމުންދާތީ، އެފަދަ ބުއިންތައް އިޝްތިހާރުކުރުން ހުއްޓުވުމަށް ޑޮކްޓަރުން ދަނީ ގޮވާލަމުންނެވެ. މީގެ ސަބަބުން ހިތުގެ ވިންދު އަވަސްވެ ލޭގެ ޕްރެޝަރު މަތިވުން ފަދަ ސިއްހީ ބޮޑެތި މައްސަލަތައް ކުރިމަތިވާތީ، ކުޑަކުދިންނާއި ފުރާވަރުގެ ކުދިން މިފަދަ ބުއިންތަކާ މުޅިން ދުރުވުމަށް ސިއްހީ މާހިރުން އިރުޝާދުދެއެވެ.

އެފްބީއައި ޑިރެކްޓަރު، ލަވަކިޔުންތެރިޔަކާ ކައިވެނިކުރަނީ

އެފްބީއައިގެ ޑިރެކްޓަރު ކާޝް ޕަޓޭލް އާއި އޭނާގެ ލޯބިވެރިޔާ، ކަންޓްރީ މިއުޒިކް ކިޔުންތެރިޔާ އެލެކްސިސް ވިލްކިންސް އެންގޭޖްވެފައިވާކަން ސޯޝަލް މީޑިއާގައި އިއުލާނުކޮށްފިއެވެ. ސިޔާސީ ކަންކަމުގައިވެސް ހަރަކާތްތެރިވާ ވިލްކިންސް އާއި ޕަޓޭލްގެ ގުޅުމުގެ ވާހަކަ އާންމުވެފައި މިވަނީ، ރަސްމީ ދަތުރުތަކުން ބޭރުގައި ސަރުކާރުގެ ޖެޓް ބޭނުންކުރާ ކަމަށް ބުނެ ޕަޓޭލްއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

20 ޑޮލަރެއް ނޫން "ކީއްވެ"

މަގުމަތިން ފެންނަމުންދާ 20 ޑޮލަރުގެ ނޫޓުތަކަކީ އަންނަ ނޮވެމްބަރު މަހު އޮލިމްޕަހުގައި ދެއްކުމަށް ހަމަޖެހިފައިވާ ދިވެހި ފިލްމު "ކީއްވެ؟" އިޝްތިހާރު ކުރުމަށް ބޭނުންކުރި އުކުޅެއް. އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ގިނަ ޕްރޮޑަކްޝަން ހައުސްތަކެއް ގުޅިގެން އުފައްދާފައިވާ ފިލްމެއް.

ދިގުވާހަކަ: ބުނާށޭ ލޯބި ނުވަނީހޭ

ނަދާލްއަކީ މާޖިދުގެ ދަރިއެއް ނޫން ކަމަށާއި، އޭނާއަކީ މާޖިދުގެ ބައްޕަ މުޖްތަބާގެ އެންމެ ހަގު ދަރިފުޅުކަން މާޖިދު ހާމަކޮށްފިއެވެ. މި ހަގީގަތް ގަބޫލުކުރަން ނަދާލް ދެކޮޅު ހެދި ނަމަވެސް، މާޖިދު ވަނީ އެކަން ސާބިތުކޮށްދޭ ޑީ.އެން.އޭ ރިޕޯޓާއި ރަސްމީ ލިޔެކިޔުންތައް އޭނާއަށް ދައްކާފައެވެ. މި ލިޔުންތަކުން ފެނުނު ކަންތައްތަކުގެ ސަބަބުން ނަދާލްއަށް ބޮޑު ސިހުމެއް ލިބި، މުޅި މީހާ އައްސިވެގެންދިޔައެވެ.

ބަނދަރެއްގައި ތާށިވި މިޔަރެއް ބަލަން 600،000 މީހުން ޖަމާވެއްޖެ

ދެކުނު ކޮރެއާގެ ބުސާން ބަނދަރުގެ ހަނި ސަރަހައްދެއްގައި ތާށިވެފައިވާ 3.5 މީޓަރުގެ މިޔަރެއް ސަލާމަތްކުރުމަށް ކުރި މަސައްކަތް ނާކާމިޔާބުވެފައިވާއިރު، އެ މިޔަރު ބަލާލުމަށް 600،000 އަށް ވުރެ ގިނަ މީހުން ވަނީ އެ ސަރަހައްދަށް ޖަމާވެފައެވެ. ތިން ހަފުތާ ވަންދެން އެ ސަރަހައްދުގައި އުޅޭ މި މިޔަރު އަމިއްލައަށް ކަނޑަށް ނުކުމެގެންދާނެ ކަމަށް ރެސްކިއު ޓީމުން މިހާރު އުންމީދުކުރާއިރު، މިއީ ހޫނު ކަނޑުތަކުގައި އުޅޭ "ބްރޮންޒް ވޭލާ" ބާވަތުގެ މިޔަރެއް ކަމަށް މާހިރުން ލަފާކުރެއެވެ.

ސްޓްރޭ ކިޑްސް ވެސް ގްރެމީ އެވޯޑް ބޮއިކޮޓްކޮށްފި

ކޭ-ޕޮޕް ބޭންޑް "ސްޓްރޭ ކިޑްސް" އިން 2027 ވަނަ އަހަރުގެ ގްރެމީ އެވޯޑްސް ބޮއިކޮޓްކުރަން ނިންމައި، އެވޯޑަށް އެއްވެސް ހުށަހެޅުމެއް ނުފޮނުވުމަށް ވަނީ ކަނޑައަޅާފައެވެ. މި ނިންމުން ނިންމީ އޭޝިއާގެ މިއުޒިކަށް ގްރެމީން އަލަށް ތައާރަފުކުރި ކެޓަގަރީގެ ސަބަބުން މިއުޒިކް އެކަހެރިވާ ކަމަށް ބުނެ، ބީޓީއެސް އިން ފެށި ބޮއިކޮޓްގައި ބައިވެރިވުމުގެ ގޮތުންނެވެ. އެ ބޭންޑުން ބުނާ ގޮތުގައި އެމީހުންގެ އެންމެ ބޮޑު އަމާޒަކީ އެވޯޑް ހޯދުމުގެ ބަދަލުގައި ސަޕޯޓަރުން އުފާކޮށްދިނުމެވެ.

Newsletter

Get the latest news delivered straight to your inbox