ވާގޮތް: މިވެސް މާލެ، އެކަމަކު އިޓަލީގައި

May 11, 2024, 1:55 AM
ވާގޮތް: މިވެސް މާލެ، އެކަމަކު އިޓަލީގައި

"މާލެ" އޭ ބުނެފި ނަމަ އަހަރުމެންގެ ސިކުނޑިއަށް އެއްވެސް ބުރަކަމެއް ނެތި ތަސައްވުރުކޮށްލެވޭނީ، މިގައުމުގެ ވެރިކަން ކުރާ ރަށުގެ, އުސް އިމާރާތްތަކާއި ތޮއްޖެހިފައިވާ ހަލަބޮލި މަގުތައްކަން ކަށަވަރެވެ. އެކަމަކު "މާލެ" ގެ ނަން ދެވިފައިވާ އެހެން ސަރަހައްދެއް ވާކަން ދެނަހުރީ ރާއްޖޭގެ ކިތައް މީހުންބާވައެ؟ މިއީ އިޓަލީގައި ވާ ކުޑަ ނަމަވެސް ރީތި ސަރަހައްދެކެވެ. މިއަދު މި މަސައްކަތްކޮށްލަނީ މި ދިވެހިރާއްޖެއާއި އެތައް މޭލެއް ދުރުގައި އޮތް، އެހެންނަމަވެސް ނަމުން ގުޅިފައިވާ މި މާލެ ސިފަކޮށްލަދިނުމަށެވެ.

ވިސްނުމަށް ގެންނަވާށެވެ. ގަސްގަހާއި މާމެލާމެލިން ތަނަވަސްކަން ގެނެސްދޭ މަގުތަކެކެވެ. އެ މަގުތަކުގައިވާ އެކި ކުލަކުލައިގެ ދެތިން ބުރީގެ އިމާރާތްތަކެވެ. އަދި ރީއްޗަށް ފަރުމާކުރެވިފައިވާ ފުރާޅުތަކުގެ މަތިން ފެންނަ ސާފު ނޫ އުޑެވެ. މިއީ އިޓަލީގެ މާލެ އެވެ. އިޓަލީގެ "ވަލް ޑި ސޯލް" ނުވަތަ އިރުގެ ވާދީގައި ވާ ޓައުނެކެވެ. މި ވާދީ އޮންނަނީ އުތުރު އިޓަލީގެ ތްރެންތީނޯ-އަލްޓޯ އާދިޖެ ޝުދްތިރޮލް ސަރަހައްދުގަ އެވެ.

މާލޭގެ މަގެއް. ފޮޓޯ: ލިބަޓީ ހޮޓެލް
މާލޭގެ މަގެއް. ފޮޓޯ: ލިބަޓީ ހޮޓެލް

މާލޭގެ މަގެއް. ފޮޓޯ: ލިބަޓީ ހޮޓެލް

އަހަރުމެންގެ ހަލަބޮލި މާލެއާ ހިލާފަށް އިޓަލީގެ މާލެ އަކީ އަމާންކަމުގެ ރޯޅިތަކުން މަގުތައް ފަޅުފިލުވާލާފައިވާ ތަނެކެވެ. މިތަނަށް ޒިޔާރަތްކުރާ ކޮންމެ މީހަކަށް ވެސް މިތަނުގެ ރީތިކަމުން ހިތަށް ފިނިކަން ލިބޭނެކަން ކަށަވަރެވެ. ފަތުރުވެރިންގެ މެދުގައި އެހާ މަގުބޫލު މަންޒިލަކަށް ވެސް މި މާލެވެފައިވާ ސަބަބަކީ، މި އަމާންކަމާއި ގުދުރަތީ އަދި ބިނާރުގެ ރީތިކަމެވެ. ހަމައެއާ އެކު އިޓަލީގެ މުއްސަދި ސަގާފަތުން ވެސް މާލޭގެ ފޮނިކަން އިތުރުކޮށްދެ އެވެ.

ބޮޑުމިނުގައި ގާތްގަނޑަށް 27 ކިލޯމީޓަރު ހުންނަ މި މާލޭގައި ދިރިއުޅެނީ ދެ ހާހެއްހާ މީހުންނެވެ. ކުޑަ ޓައުނެއް ނަމަވެސް މާލެގައި ހަ އަވަށް އޮވެ އެވެ. އެއީ މަގްރާސް، އަރަންގޯ، ބޮލެންޓީނާ، މޮންޓޭސް، ޕޮންޑާސިއޯ އަދި މޮލީނީ އެވެ. މިފަދަ ކުޑަ ތަނެއްގެ ކުޑަ އާބާދީއާ އެކުވެސް މާލޭގެ އިގްތިސޯދު މިއަދާ ހަމައަށް ވެސް އޮތީ ވަރަށް ވަރުގަދަކޮށެވެ. އެގޮތުން އިގްތިސޯދުގެ އެންމެ މައިގަނޑު ތިން އަސާސަކަށް ވެފައިވަނީ ފަތުރުވެރިކަމާ، ދަނޑުވެރިކަމާ އަދި އަތްތެރިމަސައްކަތްތަކެވެ.

މާލެ
މާލެ

މާލެ

މީގެ ތެރެއިން ވެސް އެންމެ ބޮޑު އާމްދަނީއެއް މާލެއަށް ގެނެސްދެނީ ފަތުރުވެރިކަމުންނެވެ. އެގޮތުން ގިނަ އަދަދެއްގެ ފަތުރުވެރިން މާލޭއާ މާލޭގެ ވަށައިގެންވާ މާހައުލުގެ ރީތިކަން ދެކިލުމަށާ، ސަގާފަތް ތަޖުރިބާކޮށްލުމަށް އެތަނަށް ޒިޔާރާތްކުރެ އެވެ. ދެލައްކަ މީހުންގެ އާބާދީއެއްވާ ޓެރެންޓޯ ސިޓީއާ މާލެއާ ދެމެދު އޮންނަ ރެއިލްވޭގެ ސަބަބުން ފަތުރުވެރިކަމަށް ވަނީ އިތުރު މުއްސަދިކަމެއް ލިބިފަ އެވެ.

މާލޭގެ ވަށައިގެންވާ ގުދުރަތީ ރީތިކަމަކީ އެންމެ ގިނަ ފަތުރުވެރިން ޒިޔާރާތްކުރާ ސަބަބެވެ. މާލޭގެ ކައިރީގަވާ ސްޓެލްވިއޯ ނޭޝަނަލް ޕާކަކީ އިޓަލީގެ އެންމެ ބޮޑު އެއް ގުދުރަތީ ޕާކެވެ. މީގެ އިތުރުން ޔުނެސްކޯ ވޯލްޑް ހެރިޓޭޖެއްކަމަށްވާ ބްރެންޓާ ގްރޫޕްގެ ނަންދެވިފައިވާ ފަރުބަދަތަކެއް ވެސް އެ ސަރަހައްދުގައިވެ އެވެ. ގުދުރަތުގެ މި އަޖައިބުތަކާ އެކު މާލޭގައި ކުރިއަށްދާ އެކި ހަރަކާތްތަކުން ދަތުރުކުރާ ފަރާތްތަކުގެ ވަގުތާއި ހިތްތައް ފަޅުފިލުވާލަ އެވެ. މާލެއަކީ ބައެއް ކުޅިވަރުތަކަށް ވެސް މަގުބޫލުވެފައިވާ ތަނެކެވެ. އެގޮތުން މާލޭގައި ވަނީ މައުންޓެއިން ބައިކްގެ ބައެއް މަގުބޫލު މުބާރާތްތައް ބާއްވާފަ އެވެ.

ސްޓެލްވިއޯ ނޭޝަނަލް ޕާކް
ސްޓެލްވިއޯ ނޭޝަނަލް ޕާކް

ސްޓެލްވިއޯ ނޭޝަނަލް ޕާކް

އަހަރުމެންގެ ރާއްޖެއާ ކިތަންމެ ދުރުގައި އޮތް ތަނެއްކަމުގައި ވިޔަސް، ދިވެހިންގެ މެހެމާންދާރީކަމާއި، ފަތުވެރިކަމަށް މަގުބޫލު މަންޒިލަކަށް ވުން ފަދަ ބައެއް ކަންކަން މި މާލެއިން ވެސް ފެނެ އެވެ. އިޓަލީގެ މާލޭގެ ރައްޔިތުން، އެތަނަށް ޒިޔާރާތްކުރާ ފަރާތްތަކަށް މަރުހަބާ ކިޔަނީ ހަމަ އަހަރުމެންވެސް މަރުހަބާ ކިޔާހާ ހޫނުކޮށެވެ. އަމިއްލަ ސަގާފަތާއި ވަސީލަތްތައް ހިއްސާކުރުމަށް ތައްޔާރު ހާލަތުގަ އެވެ. އެހެންކަމުން ދެން މާލޭ ގެ އަޑު އިވެއްޖިނަމަ، އަހަރުމެންގެ ހަލަބޮލި މާލޭގެ އިތުރަށް، ހިތް ފަސޭހަ މާލެއެއްވާ ކަންވެސް ހަނދާންވާނެ ކަމަށް އުންމީދުކުރަމެވެ.

ފަހުގެ ޚަބަރު

"ކީއްވެ؟" ޓިކެޓް ވިއްކަން ފަށައިފި

ދިވެހި ފިލްމު "ކީއްވެ؟" ގެ ޓްރެއިލަރ އާންމުކޮށް، އޮލިމްޕަސް ކައުންޓަރާއި ވެބްސައިޓް މެދުވެރިކޮށް ފިލްމުގެ ޓިކެޓް ވިއްކަން މިހާރު ވަނީ ފަށާފައެވެ. ގިނަ ދުވަސްތަކަކަށްފަހު ރީކޯ މޫސާ މަނިކު ލީޑް ރޯލުން ފެންނަ، އީސާ ޝަރީފް ޑައިރެކްޓްކޮށްފައިވާ މި ފިލްމު ޕްރިމިއަރ ކުރުމަށް ހަމަޖެހިފައިވަނީ އަންނަ ނޮވެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އާއިލީ އަދި ލޯބީގެ މައްސަލަތަކެއްގެ މައްޗަށް ބިނާކޮށްފައިވާ މި ފިލްމުން ދިވެހި ސިނަމާގެ މަޝްހޫރު ގިނަ ތަރިންތަކެއް ފެނިގެންދާނެއެވެ.

ޕެޓްރިކް ސްޓެވާޓް އުމުރުން 86 އަހަރުގައި މަރުވެއްޖެ

'ސްޓާ ޓްރެކް' އަދި 'އެކްސް-މެން' ފަދަ ފިލްމުތަކުން މަގުބޫލުކަން ހޯދި އިނގިރޭސި އެކްޓަރު ސަރ ޕެޓްރިކް ސްޓެވާޓް، އުމުރުން 86 އަހަރުގައި ލޮސް އެންޖެލިސްގައި މަރުވެއްޖެއެވެ. އޭނާ ނިޔާވީ އަލްޒައިމާ އަދި ޑިމެންޝިއާ ބަލީގައި އުޅުމަށްފަހު ކަމަށްވާއިރު، އޭނާއަކީ ފިލްމީ ދާއިރާއަށް ކޮށްދިން ޚިދުމަތްތަކަށް "ސަރ" ގެ ލަގަބުވެސް އަރުވާފައިވާ ފަންނާނެކެވެ.

ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން

އެމެރިކާގެ މަޝްހޫރު އެކްޓްރެސް ހޭޑަން ޕެނެޓިއޭ މަރުވީ މަސްތުވާތަކެތި އޯވަޑޯޒްވެގެން ކަމަށް ފުލުހުންގެ ތަހުގީގުން ކަނޑައަޅައިފިއެވެ. މެޑިކަލް ރިޕޯޓުތަކުން ދައްކާގޮތުގައި އޭނާގެ ހަށިގަނޑުން ފެންޓަނީލް އާއި ޒެނެކްސް ފަދަ ނުރައްކާތެރި ބާވަތްތައް ފެނިފައިވާއިރު، އޭނާގެ ހަށިގަނޑަށް އެއްވެސް ޖިސްމާނީ އަނިޔާއެއް ލިބިފައިވާކަމުގެ ނިޝާނެއް ފެންނާކަށް ނެތެވެ.

ޖޯޖް މައިކަލްގެ ތަކެތި ނީލަން ކިޔުމުން ހިޔާލު ތަފާތުވެއްޖެ

މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯޖް މައިކަލްގެ ބައެއް އަމިއްލަ ތަކެތި ނީލަން ކިޔަން ނިންމުމާ ގުޅިގެން، އޭނާގެ އެސިސްޓެންޓް ސިއޯބާން ބެއިލީގެ އާއިލާއާއި ސިއޯބާންގެ ކުރީގެ ފިރިމީހާއާ ދެމެދު ބޮޑު ހިޔާލުތަފާތުވުމެއް ވަނީ އުފެދިފައެވެ. ސިއޯބާންގެ އާއިލާއިން ބުނާ ގޮތުގައި މި ތަކެތި ވިއްކާލުމަކީ އޭނާގެ ހަނދާނަށް ކުރެވޭ އިހުތިރާމް ކުޑަ އަމަލެއް ކަމަށާއި، ސިއޯބާން ބޭނުންވީ އެ ތަކެތި އާއިލާގެ ކުދިންނަށް ދިނުމަށެވެ.

ހުއްދަނެތި ލަވަ ބޭނުންކުރުމުން ޓްރަމްޕްގެ ޓީމްއާ ދެކޮޅަށް ކޯޓަށް

ޑޮނަލްޑް ޓްރަމްޕްގެ ކެމްޕޭން ރެލީއެއްގައި ފަންނާނު ނީލް ޔަންގްގެ ލަވައެއް ހުއްދަނެތި ބޭނުންކުރި މައްސަލައިގައި، ކޮޕީރައިޓަށް އަރައިގަތްކަމަށް ބުނެ 10 މިލިއަން ޑޮލަރުގެ ދައުވާއެއް ކޯޓަށް ހުށަހަޅައިފިއެވެ. މި ދައުވާގައި ބުނެފައިވަނީ އޯހިއޯގައި ބޭއްވި ސިޔާސީ ހަރަކާތެއްގައި އެ ލަވަ ޖަހާފައިވަނީ ގާނޫނީގޮތުން ހޯދަންޖެހޭ "ޕަބްލިކް ޕާފޯމަންސް ލައިސަންސް" ނުވަތަ ފަންނާނުގެ ހުއްދަ ނެތި ކަމަށެވެ.

އާ ބާވަތެއްގެ ޑައިނަސޯއެއްގެ ކަށިގަނޑު 47 މިލިއަން ޑޮލަރަށް

ކުރިން ޓީ-ރެކްސްގެ ބާވަތެއް ކަމަށް ހީކުރެވުނު، ނަމަވެސް އާ އާއިލާއަކަށް ނިސްބަތްވާ "ޖޯޑީ" ނަމަކަށް ކިޔާ ޑައިނަސޯއެއްގެ ކަށިގަނޑު 47.3 މިލިއަން ޑޮލަރަށް ނިއުޔޯކްގައި ވިއްކާލައިފިއެވެ. މިއީ އަންދާޒާކުރި އަގަށްވުރެ މާ ބޮޑު އަގަކަށް ވިއްކާލި، ސައިންސްވެރިންނަށް މިހާތަނަށް ފެނިފައިވާ "ނެނޯޓައިރަނަސް" އާއިލާގެ މަދު ކަށިގަނޑުތަކުގެ ތެރެއިން އެންމެ ފުރިހަމަ އެކައްޗެވެ. މިފަދަ ތާރީޚީ ތަކެތި އަމިއްލަ ފަރާތްތަކަށް ވިއްކުމާ މެދު ސައިންސްވެރިންގެ މެދުގައި ބަހުސްތަކެއް ކުރެވެމުންދާއިރު، މި ކަށިގަނޑު ގަތް ފަރާތެއް ހާމަކޮށްފައެއް ނުވެއެވެ.

މެކްލްމޯގެ "ފްރީ ޕަލެސްޓައިން" ޝޯތައް ފަށައިފި

ފަލަސްތީނަށް ތާއީދުކޮށް ވާހަކަދެއްކުމުން އެޑް ޝީރަންގެ ޓުއާއިން އުނިކުރި ރެޕް އާޓިސްޓް މެކްލްމޯ، އޭނާގެ އަމިއްލަ "ފްރީ ޕަލެސްޓައިން" ޓުއާ އަޔަލޭންޑްގެ ޑަބްލިންގައި ކާމިޔާބުކަމާއެކު ފަށައިފިއެވެ. ގިނަ ފަންނާނުންތަކަކާއެކު ބޭއްވި މި ޝޯއިން ލިބޭ ހުރިހާ ފައިސާއެއް ފަލަސްތީނުގެ ރައްޔިތުންނަށް ހަދިޔާކުރުމަށް އޭނާ ވަނީ ނިންމާފައެވެ.

Newsletter

Get the latest news delivered straight to your inbox