ނަޝީދުގެ ސިޔާސީ ޕާޓީ އުފައްދަން މިއަދު ހުށަހަޅާނެ

May 21, 2023, 2:29 AM
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށް ފަހު އެ ޕާޓީ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި: އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ނާކާމިޔާބަށް ފަހު އެ ޕާޓީ ރައީސް މުހައްމަދު ނަޝީދު އެ މަނިކުފާނުގެ ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލުވުމުގައި: އެ މަނިކުފާނުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުން. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި އެކަމުގެ ހުއްދައަށް އެދި އިލެކްޝަން ކޮމިޝަނަށް މިއަދު ހުށަހަޅާނެ ކަމަށް އެ ހަރަކާތުން ބުނެފި އެވެ.

އެންމެ ގިނަ ދުވަސްވީ އަދި އެންމެ ބޮޑު ސިޔާސީ ޕާޓީ، އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި، ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދަށް ލިބިވަޑައިގެންނެވި ބޮޑު ނާކާމިޔާބީ އަށް ފަހު ފުރަތަމަ ވެސް ނިންމެވީ ފިކުރެއްގެ ދިރުން ހަރަކާތުން ރިޔާސީ އިންތިހާބުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ނޫން ކެންޑިޑޭޓަކަށް ތާއިދު ކުރުމަށެވެ.

ރިޔާސީ އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއާއެކު ކުރިއަށް ވަޑައިގަތުމަށް މަސައްކަތްތަކެއް ކުރެއްވުމަށް ފަހު، އެކަން ދޫކުރައްވައި ރިޔާސީ އިންތިހާބުގައި ކެންޑިޑޭޓަކު ނެރޭނެ ކަމަށް ބުނެ ފިކުރެއްގެ ދިރުން ހަރަކާތް ސިޔާސީ ޕާޓީއަކަށް ބަދަލުކުރާން ނިންމާފައިވާކަން އިއުލާނު ކުރީ މިދިޔަ ބުދަ ދުވަހު އެވެ.

Advertisement

އެކަން އިއުލާނު ކުރެއްވީ ނަޝީދަށް ތާއިދު ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ 12 މެންބަރަކު އެމްޑީޕީން ވަކިވެގެން ބޭއްވި ނިއުސް ކޮންފަރެންސްގަ އެވެ. އެ މެންބަރުން އެމްޑީޕީން ވަކިވުމުގެ ސިޓީގައި ސޮއިކުރެއްވީ ނަޝީދުގެ ހާޒިރުގައި، ރައްޔިތުންގެ މަޖިލީހުގަ އެވެ.

ނަޝީދުގެ އާ ޕާޓީއަށް ކިޔާނެ ނަމަކާއި ކުލަ ކަނޑައެޅުމަށް ސަޕޯޓަރުންގެ ހިޔާލު ވަނީ ހޯދައިފަ އެވެ. ސޯޝަލް މީޑިއާގައި ދައުރުވާ ފިކުރެއްގެ ދިރުން ހަރަކާތުގެ ބްރޭންޑިން މިހާރު ވަނީ އެމްޑީޕީގެ ވަރުގަދަ ރީނދޫ ކުލަ ދޫކޮށް، މަޑު ނޫކުލައަކަށް ބަދަލުކޮށްފަ އެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އަށް ފަހު ނަޝީދު ސަޕޯޓަރުންނާއެކު ބޭއްވި ބައްދަލު ކުރެއްވުމުގައި އެ މަނިކުފާނު ތުރުކުރައްވައިގެން ހުންނެވީ މަޑު ނޫކުލައެއްގެ ޓައީގެ ވާހަކަ އޭރު ސޯޝަލް މީޑިއާގައި ވައިރަލްވި އެވެ.

އާ ޕާޓީ އުފެއްދުމެ މަސައްކަތް ކުރިއަށް ގެންދިޔަ ނަމަވެސް އެކަމާ ގުޅޭ ގޮތުން މިހާތަނަށް ނަޝީދު ބަހެއް ވިދާޅެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox