ލައިޕްޒިގު އަތުން ބަލިވެ، ބަޔާން އަށް ހާސްކަން

May 20, 2023, 11:07 PM
ލައިޕްޒިގު އަތުން ބަލިވެ، ބަޔާން އަށް ހާސްކަން

މިއުނިކް (މެއި 21) - ޖަރުމަނު ލީގުގައި ރޭ އާރްބީ ލައިޕްޒިގު އަތުން 3-1 އިން ބަލިވެ، ބަޔާން މިއުނިކަށް ލީގުގެ ރޭހުގައި އުނދަގޫ ހާލަތެއް ކުރިމަތިވެއްޖެ އެވެ.

ބަޔާން މި ވަގުތު ޖަރުމަނު ލީގުގެ އެއް ވަނައިގައި އޮތީ އެއް މެޗު އިތުރަށް ކުޅެގެން ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. ބަޔާނަށް 33 މެޗުން 68 ޕޮއިންޓް ލިބިފައިވާއިރު، ޑޯޓްމަންޑަށް ވަނީ 32 މެޗުން 67 ޕޮއިންޓް ލިބިފަ އެވެ. އޮއުސްބާގް އަތުން ޑޯޓްމަންޑް މިރޭ މޮޅުވެއްޖެނަމަ އެއް ވަނައިގައި ދެ ޕޮއިންޓުގެ ލީޑެއް ލިބޭނެ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނަށް މެޗުގެ 25 ވަނަ މިނިޓްގައި ލީޑުނަގައިދިނީ ތޯމަސް މުލާ ދިން ބޯޅައަކުން ސާޖް ގްނަބްރީ އެވެ. ލައިޕްޒިގުން ނަތީޖާ އަނބުރާލީ މެޗުގެ ދެ ވަނަ ހާފުގަ އެވެ. އެ ޓީމުން އެއްވަރުކުރި ގޯލު ޖެހީ މެޗުގެ 64 ވަނަ މިނިޓްގައި ކޮންރަޑް ލައިމާ އެވެ.

ލައިޕްޒިގު މޮޅުވި ދެ ގޯލަކީ ޕެނަލްޓީން ޖެހި ގޯލުތަކެކެވެ. މި ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ކްރިސްޓޮފާ އެންކުންކޫ އާއި ޑޮމިނިކް ސޮބޯޒްލާއީ އެވެ. ފުރަތަމަ ޕެނަލްޓީ އަކީ އެންކުންކޫ އަށް ބަޔާންގެ ބެންޖަމިން ޕަވާޑް ކުރި ފައުލަކަށް ދިން ޕެނަލްޓީ އެކެވެ. ފަހު ޕެނަލްޓީ ދިނީ ބަޔާންގެ ނުސައިޒު މަޒްރައޮއީ އޭރިއާތެރެއިން ސޮބޯޒްލާއީ އަށް ފައުލުކުރުމުންނެވެ.

ޑޯޓްމަންޑުން ކުރިއަށް އޮތް ދެ މެޗުން މޮޅުވެއްޖެނަމަ 2012 ވަނަ އަހަރުގެ ފަހުން ފުރަތަަމަ ފަހަރަށް ލީގު ޗެމްޕިއަންކަން ލިބޭނެ އެވެ. ޑޯޓްމަންޑަށް އޮތީ އޮއުސްބާގްގެ އިތުރުން އަމިއްލަ ދަނޑުގައި މައިންޒާ ކުޅޭ މެޗެވެ. އަދި ބަޔާނަށް އޮތީ ރަށުންބޭރުގައި ކޮލޯންއާ ބައްދަލުކުރާ މެޗެވެ.

ބަޔާން އަތުން ހޯދި މޮޅާ އެކު ލައިޕްޒިގަށް ވަނީ ލީގުގެ ތިން ވަނަ ޔަގީންވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox