ފޮރެސްޓުން އާސެނަލް ބަލިކުރުމުން ލީގު ޗެމްޕިއަންކަން ސިޓީ އަށް ކަށަވަރުވެއްޖެ

May 20, 2023, 7:27 PM
ސިޓީން ލީގު ތަށި ޔަގީންވުމުން ސްޓޭޑިއަމްގައި ދަމާފައިވާ ބެނާއެއް.

ސިޓީން ލީގު ތަށި ޔަގީންވުމުން ސްޓޭޑިއަމްގައި ދަމާފައިވާ ބެނާއެއް.

ލަންޑަން (މެއި 20) - އިނގިރޭސި ޕްރިމިއާ ލީގުގައި ނޮޓިންހަމް ފޮރެސްޓް އިން 1-0 އިން އާސެނަލް ބަލިކުރުމާ އެކު، މެންޗެސްޓާ ސިޓީ އަށް ވަނީ ލީގު ޗެމްޕިއަންކަން ކަށަަވަރުވެއްޖެ އެވެ.

ސިޓީން މި ހަފްތާގައި ކުޅެން އޮތް މެޗުން ޗެލްސީ އަތުން މޮޅުވެގެން ލީގު ހޯދަން ފުރުސަތު އޮއްވައި، އެ މެޗަށް ނުކުތުމުގެ ކުރިން އާސެނަލް ކުޅުނު މެޗުން ބަލިވުމުން ލީގު ޔަގީންވީ އެވެ. މިއީ ސިޓީން ލީގު ޗެމްޕިއަންކަން ޖެހިޖެހިގެން ހޯދި ތިން ވަނަ ފަހަރެވެ. އަދި އެންމެ ފަހުން ކުޅުނު ލީގުގެ ހަ ސީޒަނުގެ ތެރެއިން ސިޓީން ލީގު ހޯދާ ފަސް ވަނަ ފަހަރެވެ.

ސިޓީ މި ވަގުތު އެއް ވަނައިގައި އޮތީ ދެ ވަނައިގައި އޮތް އާސެނަލަށް ވުރެ ދެ މެޗު މަދުން ކުޅެގެން ހަތަރު ޕޮއިންޓުގެ ލީޑަކާ އެކު އެވެ. ސިޓީ އަށް 35 މެޗުން 85 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލަށް 37 މެޗުން ލިބުނީ 81 ޕޮއިންޓެވެ. އެހެންކަމުން، ސިޓީއާ ހަމަކުރުމުގެ ހުރިހާ ދޮރެއް އާސެނަލަށް ބަންދުވެ، ސިޓީ އަށް ލީގު ލިބުނީ އެވެ.

ރެލިގޭޝަނުން ސަލާމަތްވާން މަސައްކަތް ކުރަމުން އައި ފޮރެސްޓުން މި ވަނީ އާސެނަލް ބަލިކޮށް، އެކަން ހާސިލްކޮށްފަ އެވެ. ނައިޖީރިއާގެ ފޯވާޑް، ޓައީވޯ އަވޮނިޔީ 19 ވަނަ މިނިޓްގައި ޖެހި ގޯލުން ފޮރެސްޓުން އާސެނަލްގެ މައްޗަށް މި ހޯދި މޮޅާ އެކު މި ވަނީ އަންނަ ސީޒަނުގައި ލީގުގެ ޖާގަ ޔަގީންކޮށްފަ އެވެ.

ފޮރެސްޓްގެ ދެ ކުޅުންތެރިން ކައިރިން އާސެނަލްގެ ޖީސޫސް (މ) ބޯޅަ ހިފައިގެންދާން މަސައްކަތް ކުރަނީ.

ފޮރެސްޓުން ރެލިގޭޝަނުން ސަލާމަތްވީ 37 މެޗުން 37 ޕޮއިންޓް ހަމަކޮށްގެންނެވެ. މި ފަހަރު ރެލިގޭޓްވިކަން ޔަގީންވެފައިވާ ހަމައެކަނި ޓީމަކީ ސައުތެމްޓަން އެވެ.

ލިވަޕޫލް އެއްވަރު، ޔުނައިޓެޑް ގަދަ ހަތަރެއް ޔަގީންކުރުމާ ގާތަށް

ލީގުގައި މިރޭ ވަނީ ގަދަ ހަތަރެއްގެ ރޭހުގައި މުހިންމު ނަތީޖާތަކެއް ނުކުމެފަ އެވެ. މެންޗެސްޓާ ޔުނައިޓެޑުން ވަނީ ކަސެމީރޯ ޖެހި ހިތްގައިމު ގޯލުން 1-0 އިން ބޯންމައުތު ބަލިކޮށްފަ އެވެ. އަނެއްކޮޅުން ފަސް ވަނައިގައި އޮތް ލިވަޕޫލް ބަލިވާން ދަނިކޮށް ފަހު ވަގުތު ރޮބާޓޯ ފިރްމީނޯ ވަނީ ގޯލެއް ޖަހައި، އެސްޓަން ވިލާއާ 1-1 އިން އެއްވަރުކޮށްފަ އެވެ.

ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކުޅުނު މެޗުން އެސްޓަން ވިލާ އިން ލީޑުނެގީ ޖޭކަބް ރަމްސީ ޖެހި ގޯލުންނެވެ. މި މެޗުގައި އެސްޓަން ވިލާގެ އޮލީ ވަޓްކިންސްގެ ޕެނަލްޓީ ނާކާމިޔާބުވިއިރު، ލިވަޕޫލްގެ ކޯޑީ ގަކްޕޯ ޖެހި ގޯލެއް ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލާފައި، އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ބަދަލަކަށް އެރި ފިރްމީނޯ ލިވަޕޫލްގެ ގޯލު ޖެހިއިރު، މި ސީޒަނަށް ފަހު އޭނާ ވަނީ ލިވަޕޫލް ދޫކޮށްލަން ނިންމައިފަ އެވެ. އަށް އަހަރަށް ފަހު ލިވަޕޫލް ދޫކޮށްލަން ފިރްމީނޯ ނިންމިއިރު، މިރޭގެ މެޗަށް ފަހު އޭނާ އަށާް ލިވަޕޫލުން ވަނީ ފެއާވެލް އެއް ދީފަ އެވެ.

ލީގުގެ ތިން ވަަނައިގައި އޮތް ނިއުކާސަލް ޔުނައިޓެޑާއި ހަތަރެއްގައި އޮތް ޔުނައިޓެޑަށް ވަނީ 36 މެޗުން 69 ޕޮއިންޓް ލިބިފަ އެވެ. ލިވަޕޫލަށް 37 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، ޔުނައިޓެޑާއި ނިއުކާސަލުން ބާކީ އޮތް ދެ މެޗުން ޕޮއިންޓެއް ހޯދިޔަސް ގަދަ ހަތަރެއް ޔަގީންވާނެ އެވެ.

ލީގުގެ ހަތް ވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާސް އިން ހެރީ ކޭން ހިލޭ ޖެހުމަކުން ޖެހި ގޯލުން ލީޑުނަގާފައިވަނިކޮށް ބްރެންޓްފޯޑުން ނަތީޖާ އަނބުރާލީ ބްރަޔާމް އެމްބުއޭމޯ ޖެހި ދެ ގޯލާއި ޔޮއާން ވިއްސާ ޖެހި ގޯލާ އެކު 3-1 އިންނެވެ.

ލީގުގައި މިރޭ ވުލްވްސް އާއި އެވަޓަން 1-1 އިން އެއްވަރުވިއިރު، ފުލަމް އާއި ކްރިސްޓަލް ޕެލަސް ވަނީ 2-2 އިން އެއްވަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox