ސޫދާން ހަނގުރާމައިގެ ތެރެއިން ގަތަރު އެމްބަސީއަށް ހަމަލާ ދީފި

ހަމަލާއަކާ ގުޅިގެން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ

ހަމަލާއަކާ ގުޅިގެން ދުން އަރަނީ. -- ފޮޓޯ: އޭއެފްޕީ

ހާރްތޫމް، ސޫދާން (މޭ 20) - ސޫދާންގައި ކުރިއަށްދާ ދާހިލީ ހަނގުރާމައިގެ ތެރެއިން ހޮނިހިރު ދުވަހު ހަތިޔާރު ހިފައިގެން ތިބި ބަޔަކު ގަތަރު އެމްބަސީއަށް ހަމަލާ ދީފި އެވެ.

ރިޕޯޓުތައް ބުނާ ގޮތުން އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހަމަލާ މެދުކަނޑާލަން ބައިނަލްއަަގްވާމީ ފަރާތްތަކުން ބާރު އެޅި ނަމަވެސް، ހަމަލާތައް އަދިވެސް ދަނީ ކުރިއަށެވެ.

ހޮނިހިރު ދުވަހު ބޮމުގެ ހަމަލާތައް ދިނީ އޮމްދުރްމާން ސިޓީގައި ދައުލަތުގެ ޓީވީ ހުންނަ އިމާރާތް ކައިރިއަށެވެ. ހަނގުރާމައިގައި ގިނަ ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ވަނީ ހާލުގައި ޖެހިފަ އެވެ.

އެޕްރީލް 15 ވަނަ ދުވަހު ހަނގުރާމަ ފެށީ ސޫދާންގެ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) ގްރޫޕްގެ ފައުޖާ ދެމެދު އެވެ. އެއީ ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފްގެ ވެރިޔާ މުހައްމަދު ހަމްދާން ދަގްލޯގެ ވާދަވެރިކަމުގެ ތެރެއިންނެވެ.

ވެރިކަމުގައި ބުރްހާން ހުރި އިރު، ނައިބުގެ މަގާމުގައި ހުރީ ދަަގްލޯ އެވެ. ވާދަވެރިކަމުގެ ތެރެއިން ހަނގުރާމަ ފެށުމުން، މިދިޔަ ހުކުރު ދުވަހު ބުރްހާން ވަނީ ނައިބުގެ މަގާމުން ދަގްލޯ ވަކިކޮށް، މާލިކް އަގަރްއަށް އެ މަގާމު ދީފަ އެވެ.

އަގަރް ނެރުނު ބަޔާނެއްގައި ބުނީ ސުލްހައަށް މަސައްކަތް ކުރާނެ ކަމަށާއި ގައުމަށް ހަމަޖެހުން ގެނެވޭނީ ޒިންމާދާރުކަމާ އެކު ހަރަކާތްތެރިވާ އެއްބައިވަންތަ ސިފައިންގެ ފައުޖެއްގެ ތެރެއިން ކަމަށެވެ.

ރިޕޯޓުތައް ބުނާ ގޮތުން ބުރްހާން އާއި ދަގްލޯއާ މައްސަލަ ޖެހުނީ އާރްއެސްއެފް އާއި ރަސްމީ ސިފައިން އެއްކޮށްލަން ދެކެވޭ ވާހަކައިގެ ތެރެއިންނެވެ.

އާރްއެސްއެފްއަކީ 2000 ގެ ކުރީކޮޅު ހަނގުރާމަވެރި ގްރޫޕަކާ ދެކޮޅަށް އުފެއްދި ފައުޖެކެވެ. އެކަމަކު އެއީ ރަސްމީ ސިފައިންނެއް ނޫނެވެ. އާރްއެސްއެފްގެ ބައެއް މެމްބަރުންނާ މެދު އެކި ކުށްތަކުގެ ތުހުމަތު ކުރެވެއެވެ.

ހޮނިހިރު ދުވަހު ގަތަރުގެ އެމްބަސީއަށް ހަމަލާދިން އިރު، ގަތަރުން ބުނީ މުވައްޒަފުން އިވެކުއޭޓްކޮށްފައި ވާތީ މީހަކަށް ގެއްލުމެއް ނުވާ ކަމަށެވެ.

ހަމަލާ ދިނީ ކޮން ބައެއް ކަމެއް ގަތަރުން ނުބުނެ އެވެ. އެކަމަކު އާރްއެސްއެފްގެ ސިފައިން މީގެ ކުރިން ވެސް ވަނީ އެމްބަސީތަކާއި އެހީދޭ ޖަމިއްޔާތަކަށް އަމާޒުކޮށްފަ އެވެ.

ގަތަރު އެމްބަސީއަށް ހަމަލާ ދިނުމުގެ ކުރިން އުރުދުން، ސައުދީ އަރަބިއްޔާ އަދި ތުރުކީގެ އެމްބަސީއަށް ވެސް ހަމަލާ ދިނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox