ގިބުލޯ، އިޓަލީ (މޭ 20) - އިޓަލީގެ އިރުއުތުރުގައި ފެންބޮޑުވެ 36،000 މީހުން ހާލުގައި ޖެހިއްޖެ އެވެ.
މިދިޔަ ހަފުތާގައި ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން އިޓަލީން 14 މީހުން މަރުވި އިރު، އެ ސަރަހައްދުގެ މަގުތަކުގައި ވަނީ ކޯރު ހެދިފަ އެވެ.
އަދިވެސް ވާރޭ ވެހެމުންދާ އިރު، އާދީއްތަ ދުވަހާ ހަމައަށް އޮތީ ރަތް އެލާޓް ނެރިފަ އެވެ.

ޖަޕާނުގައި ކުރިއަށް ދިޔަ ޖީ7 ސަމިޓު ދޫކުރައްވައި ބޮޑު ވަޒީރު ޖިއޯޖިއާ މެލޯނީ އަވަހަށް ގައުމަށް އެނބުރި ވަޑައިގެންނެވީ ކުއްލި ހާލަތާ ގުޅިގެންނެވެ.
ޖީ7 ގައުމުތަކުން އެހީ ފޯރުކޮށްދޭން ހުށަހެޅުމުން އެކަމަނާ ޝުކުރު ދެންނެވި އެވެ. އޭގެ އިތުރުން މީހުންނަށް އެހީވުމުގެ އޮޕަރޭޝަނުގައި އުޅޭ 5000 މީހުންނަށް ވެސް ޝުކުރު އަދާ ކުރެއްވި އެވެ.
ފެންބޮޑުވުމުގައި އެންމެ ބޮޑަށް އަސަރު ކުރި ހިސާބުތަކަށް އާދީއްތަ ދުވަހު އެކަމަނާ ވަޑައިގަންނަވާނެ އެވެ.
ފެންބޮޑުވުމާ ގުޅިގެން ބިންގަނޑު ކަނޑައިގެން ދިޔުމުގެ 305 ހާދިސާ ހިނގާފައިވާ އިރު، 500 އަށް ވުރެ ގިނަ މަގު ބަންދުކޮށްފައިވެ އެވެ.










