ކްލޮޕަށް ސަސްޕެންޝަނަކާއި 93000 ޑޮލަރުގެ ޖޫރިމަނާއެއް

May 19, 2023, 1:03 AM
ކްލޮޕަށް ސަސްޕެންޝަނަކާއި 93000 ޑޮލަރުގެ ޖޫރިމަނާއެއް

ލަންޑަން (މެއި 19) - އިނގިރޭސި ޕްރިމިއާ ލީިގުގައި ލިވަޕޫލުން ޓޮޓެންހަމް ހޮޓްސްޕާސް އަތުން މޮޅުވި މެޗަށް ފަހު ލިވަޕޫލްގެ ކޯޗު ޔާގެން ކްލޮޕް، އެ މެޗުގެ ރެފްރީ ޕޯލް ޓިއާނީއާ ބެހޭގޮތުން ދެއްކި ވާހަކައިގެ މައްސަަލަ ބަލައި، އޭނާ ދެ މެޗަށް ސަސްޕެންޑް ކުރުމުގެ އިތުރުން 93000 ޑޮލަރުން ޖޫރިމަނާކޮށްފި އެވެ.

މިދިޔަ މަހު ފަހުކޮޅުގައި އަމިއްލަ ދަނޑުގައި ލިވަޕޫލުން ލަނޑު ޖަހައި، 4-3 އިން ޓޮޓެންހަމް ބަލިކުރި މެޗުގައި ލިވަޕޫލް މޮޅުކޮށްދިން ލަނޑު ޑިއޯގޯ ޖޮޓާ ޖެހިއިރު، ކްލޮޕް ވަނީ މެޗުގެ ހަތަރު ވަނަ އޮފިޝަލް ޖޯން ބްރޫކްސް ކުރިމައްޗަށް ގޮސްފަ އެވެ. އަދި ދުވެފައި ދިޔަ ވަގުތު، ކްލޮޕް އަށް ކޮންމެ ވެސް ވަރެއްގެ އަނިޔާއެއް ވެސް ވަނީ ވެފަ އެވެ.

އެ މެޗަށް ފަހު ކްލޮޕް ވަނީ މެޗުގައި އިންސާފުކުރި ރެފްރީ ޓިއާނީއާ ބެހޭގޮތުން ވެސް ވާހަކަ ދައްކައިފަ އެވެ.

"ޓިއާނީއާ އެކު އަހަރެމެންގެ ކަންތައްތަކެއް އެބަހުރި މާޒީގައި ހިނގާފައި، އެއްވެސް ކަމެއް ނެތޭ ޓިއާނީ ބުނި ކަމުގައި ވިޔަސް އަހަންނަށް ގަބޫލެއް ނުކުރެވޭ. އޭނަ އަހަންނާ ދިމާލަށް އެ ބަލާ ގޮތް އަހަންނަށް ކަމަކު ނުދޭ. ރަނގަޅު ވާހަކައެއް، އަހަރެން އުފާފާޅުކުރި ގޮތް ރަނގަޅެއް ނޫން. އެކަމަކު، އެ ވަގުތު ޓިއާނީ އައިސް އަހަންނާ ދިމާލަށް އެ ބުނި އެތި ބުނެފައި ރީނދޫ ކާޑު ދެއްކުން އޯކޭއެއް ނޫން،" ޓޮޓެންހަމް މެޗަށް ފަހު، ސްކައި ސްޕޯޓްސް އަށް ދިން އިންޓަވިއުގައި ކްލޮޕް ބުންޏެވެ.

އެ މައްސަލަ ބެލުމަށް ފަހު އިނގިރޭސި އެފްއޭ އިން ނިންމީ ކްލޮޕަށް ދެ މެޗުގެ ސަސްޕެންޝަނަކާ އެކު، ޖޫރިމަނާއެއް ކުރުމަށެވެ. އެ ގޮތުން ޑިސިޕްލިނަރީ ކޮމިޓީގެ ނިންމުމަކީ ކްލޮޕަށް ދިން ސަސްޕެންޝަންގެ އެއް މެޗަށް ވަގުތުން އަމަލުކުރުމަށެވެ. މާނަ އަކީ މި ހޮނިހިރު ދުވަހުގެރޭ ލީގުގައި ލިވަޕޫލުން އެސްޓަން ވިލާއާ ކުޅޭ މެޗަށް ކްލޮޕަށް ބެންޗަށް ނުދެވޭނެ އެވެ. ސަސްޕެންޝަނުގައި ހިމެނޭ ދެ ވަނަ މެޗު ގުނާނީ ކްލޮޕްގެ މި ފަދަ މައްސަލައެއް ތަކުރާރުވެއްޖެނަމަ އެވެ.

އިނގިރޭސި އެފްއޭ އިން ކްލޮޕަށް ފިޔަވަޅު އެޅުމަށް ފަހު، އާންމުކުރި ބަޔާނުގައި ބުނެފައިވަނީ ކްލޮޕް ދެއްކި ވާހަކައިގެ ސަބަބުން ރެފްރީންގެ އިންސާފުވެރިކަމާ މެދު ގިނަ ބަޔަކު ސުވާލު އުފައްދާނެ ކަމަށާއި އެ ފަދަ މަގާމެއްގައި ހުރެ ކްލޮޕަށް އެ ފަދަ ވާހަކައެއް ދެއްކުމުގެ ފުރުސަތެއް ނެތް ކަމަށެވެ. އަދި ކުރިއަށް އޮތްތަނުގައި އެ ފަދަ ކަމެއް ތަކުރާރުވެއްޖެނަމަ ދެން އަޅާ ފިޔަވަޅު ބޮޑުވާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox