ވެލެންސިއާ ބަލިކޮށް ބުރު ކުރިއަށް

May 18, 2023, 6:25 PM
ވެލެންސިއާގެ އަމްދާން (ވ) ކައިރިން ބުރުގެ އައްމަޑޭ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ވެލެންސިއާގެ އަމްދާން (ވ) ކައިރިން ބުރުގެ އައްމަޑޭ ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގު 2023 ގައި ކްލަބް ވެލެންސިއާ އަތުން 2-0 އިން މޮޅުވެ، ބުރު ސްޕޯޓްސް ކްލަބުން ލީގުގައި ޖެހިޖެހިގެން ދެ ވަނަ މޮޅު ހޯދައިފި އެވެ.

އަލަށް ފުރަތަމަ ޑިވިޝަނުގައި ވާދަކުރާ ބުރުން ލީގުގައި ކުޅުނު ފުރަތަމަ މެޗުން ވަނީ ކްލަބް އީގަލްސް އަތުން ބަލިވެފަ އެވެ. އެކަމަކު، ދެން ކުޅުނު ދެ މެޗުން މި ވަނީ ޓީސީ ސްޕޯޓްސް ކްލަބާއި ވެލެންސިއާ ބަލިކޮށްފަ އެެވެ. މާދަމާގެ މެޗުތަކަށް ފަހު، ސާފް ޗެމްޕިއަންޝިޕަށް ލީގުގެ މެޗުތައް ދެ މަހެއްހާ ދުވަހަށް މެދުކަނޑާލާއިރު، ބުރުގެ ކޯޗު މުހައްމަދު ނިޒާމް (ނިޒާމްބެ) އަށް މި ވަނީ ޖެހިޖެހިގެން ދެ މޮޅާ އެކު ބޮޑު ހިތްހަމަޖެހުމެއް ލިބިފަ އެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުުޅުނު މެޗު ފަށައިގެން ބުރުން ކުރިއަށް ޖެހިގެން ބޯޅަ ހިފަހައްޓައިގެން ކުޅެން ފެށި އެވެ. އެ ގޮތުން، މެޗުގެ 15 ވަނަ މިނިޓްގައި ބުރުން ވަނީ ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ އޭރިއާ އަރިމަތީ ރޮނގުމަތިން ލިބުުނު ހިލޭ ޖެހުމަކުން ބުރުގެ ވިންގް، މުހައްމަދު ތަޝްމީން (ތައްތި) އެވެ. ތައްތި ޖެހި ހިލޭ ޖެހުން، ގޯލުގެ ކައިރި ކަނަށް ވަނީ ވެލެންސިއާ ކީޕަރު، އާދަމް އިމްއާން އަތުގައި ޖެހިފަ އެވެ.

ވެލެންސިއާގެ ދައްޔާން (ވ) ކައިރިން ބުރުގެ ތައްތި ބޯޅަ ހިފައިގެންދާން މަސައްކަތްކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ބުރަށް ދެ ވަނަ ގޯލެއް ޖަހައިދޭން ފުރަތަމަ ހާފުގައި އެ ޓީމުގެ ޑިފެންޑަރު، ފާރޫގު އިސްމާއިލް އާއި ކެޕްޓަން، އަހުމަދު ރަޝީދު (އައްމަޑޭ) އަށް ރަނގަޅު ދެ ފުރުސަތެއް ލިބިގެންދިޔަ އެވެ. ކުޑަ އޭރިއާތެރެއިން ފާރޫގު ބޮލުން ޖެހި ބޯޅަ ދަނޑިކައިރިން ބޭރުންދިޔައިރު، އައްމަޑޭ ޖެހި ޝޮޓް ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގެ ފަހު ކޮޅުގައި ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާނު) އަށް ލިބުނު ފުރުސަތުން ޖެހި ބޯޅަ ބުރުގެ ގޯލުގައި މިރޭ ފެށި ކީޕަރު، އަބްދުﷲ އަރުޝަން ވަނީ މަތަކޮށްފަ އެވެ.

ބުރުން ވަނީ ދެ ވަނަ ހާފުގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭގައި ލީޑުފުޅާކޮށްފަ އެވެ، މެޗުގެ 47 ވަނަ މިނިޓްގައި މި ލަނޑު ޖެހީ މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނު އައްމަޑޭ އެވެ. މިއީ، ބުރުގެ ފުލްބެކް، މުހައްމަދު ޝާމިރު ނެގި ހުރަހަކުން އައްމަޑޭ ވެއްޓިގެންފައި ބޮލުން ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ ދުރު ކަނަށެވެ.

މެޗުގެ 56 ވަނަ މިނިޓްގައި ބުރު އަށް ތިން ވަނަ ގޯލެއް ޖަހައިދޭން އޭރިއާތެރެއިން ހުސްކޮށް ހުރެފައި މުހައްމަދު ނާއިމް ޖެހި ބާރު ޝޮޓް އަމާޒުވީ ގޯލުގެ ދަނޑިއަށެވެ. އަދި އޭގެ ފަހުން، މެޗުގެ 71 ވަނަ މިނިޓްގައި އައްމަޑޭ ޖެހި ބޯޅައެއް ކީޕަރު އިމްއާން އަތުގައި ޖެހިފައި ނުކުތް ވަގުތު ރީބައުންސް ބޯޅައަކުން މުހައްމަދު އަންވަރު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑި މަތިންނެވެ.

ބުރުގެ ޖުނައިދު (ކ) ކައިރިން ވެލެންސިއާގެ ޔާމީން ބޯޅަ ހިފައިގެންދަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ކައުންޓަ އެޓޭކުގައި ވެލެންސިއާ އަށް ގޯލެއް ޖަހައިދޭން އީތަން އިބްރާހިމް ޒަކީ ފޮނުވާލި ބޯޅައެއް ބުރުގެ ގޯލުގައި ހުރި ކީޕަރު ޝައިހާން އަލީ ވަނީ މަތަކޮށްފަ އެވެ. ޝައިހާން ކުޅެން އެރީ ދެ ވަނަ ހާފުގައި އަރުޝަންގެ ބަދަލުގަ އެވެ.

މި ފަހަރުގެ ސީޒަނުގައި މިހާތަނަށް ވެލެންސިއާ ކުޅުނު ފަސް މެޗުގައި ވެސް އެ ޓީމަށް ގޯލެއް ޖެހިފައިނުވެ އެވެ. ވެލެންސިއާ އިން ގިނަ އަދަދެއްގެ ޔޫތު ކުޅުންތެރިން ހިމެނޭ ޓީމެއް ގޮވައިގެން މި ވަގުތު މެޗުތަކަށް ނުކުންނަން ޖެހިފައިވާއިރު، މި ފަހަރު ވެލެންސިއާ އަށް އަލަށް ގެނައި ކުޅުންތެރިންނަށް އަދި އެ ޓީމަށް ކުޅެން ފުރުސަތެއް ނެތެވެ. އެއީ، މިދިޔަ ސީޒަނުގައި ވެލެންސިއާ އަށް ކުޅުނު ބިދޭސީ އަދި ދިވެހި ކުޅުންތެރިންނަށް ނުދީ ހުރި މައްސަލައިގައި ހައްލަކަށް ނާދެވި، އާ ކުޅުންތެރިން ރަޖިސްޓްރީކުރަން ފުރުސަތު ނެތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox