ސިޓީ ކުޅުންތެރިންގެ ހިތްވަރަށް "ސެލިއުޓް" ކުރަން: ގާޑިއޯލާ

May 18, 2023, 4:25 AM
ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ތާރީހީ ބޮޑު މޮޅެއް ހޯދަން މެންޗެސްޓާ ސިޓީން ކުރި މަަސައްކަތަށް ސެލިއުޓް ކުރަންޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވޭ

ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ތާރީހީ ބޮޑު މޮޅެއް ހޯދަން މެންޗެސްޓާ ސިޓީން ކުރި މަަސައްކަތަށް ސެލިއުޓް ކުރަންޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފައިވޭ

މެންޗެސްޓާ (މެއި 18) - ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރެއާލް މެޑްރިޑް އަތުން 4-0 އިން ތާރީހީ ބޮޑު މޮޅެއް ހޯދަން މެންޗެސްޓާ ސިޓީން ކުރި މަަސައްކަތަށް ސެލިއުޓް ކުރަންޖެހޭ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

ދެ ލެގަށް ބަލާއިރު، ސިޓީން މި ވަނީ ރެއާލް އަތުން 5-1 ގެ އެގްރިގޭޓުން މޮޅުވެފަ އެވެ. ސިޓީން އެ ކްލަބްގެ ތާރީހުގައި ދެ ވަނަ ފަހަރަށް ފައިނަލުގައި ކުޅެން ތައްޔާރުވާއިރު، މިއީ އެ ކްލަބުން ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމުގައި ތަފާތު ފޯމެއްގައި ކުޅެމުން އަންނަ ފަހަަރެކެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން ތިން ފަހަރަށް ހޯދުމުގެ ފުރުސަތު އޮތް ސިޓީ އަށް އެފްއޭ ކަޕް ކާމިޔާބު ކުރުމާއި ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލުމުގެ ފުރުސަތު ވެސް އެބައޮތެެވެ. ތިން ތަށްޓާ އެކު ސީޒަން ނިންމާލުމުގެ އުންމީދުގައި ހުރި ގާޑިއޯލާ އަށް މި ވަގުތު އޮތް އެންމެ ބޮޑު އުފަލަކީ ރެއާލް އަތުން ލިބުނު ބޮޑު މޮޅެވެ.

"އަހަރެމެން ބަނޑުގައި ހުރި ރިއްސުމެއް އަހަރެއް ފަހުން ދިޔަ ކަމުގެ އިހުސާސް ކުރެވެނީ، މިދިޔަ އަހަރުގެ އެ ބަލީގެ ހަނދާންތައް މިހާރު މުޅިން ހެން ގޮސްފި ކަހަލަ،" މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގައި ފަހު ވަގުތު ރެއާލް އަތުން ކެޓި މެޗަށް އިޝާރާތްކޮށް ގާޑިއޯލާ ބުންޏެވެ.

"މިދިޔަ އަހަރު މެޗުގައި އެ ވީ ގޮތުން، ސިޓީގެ ކުޅުންތެރިންނަށް ގިނަ ފާޑުކިޔުންތަކެއް އަމާޒުވި، އަހަރެން އޭރު ވެސް ހުރީ މި ކުޅުންތެރިންނާ އެކު، އަދިވެސް މި ހުރީ އެ ގޮތުގައި، މި މެޗުގައި އެ ކުޅުންތެރިން އެ ކުރި މަސައްކަތާއި އެ ލީ ހިތްވަރަށް އަހަރެން ސެލިއުޓް ކުރަން،"

އާންމު ގޮތެއްގައި ޗެމްޕިއަންސް ލީގުގެ ފައިނަލަށް ދިއުމަކީ ވަރަށް ބޮޑަށް އުފާފާޅުކުރަން ޖެހޭނެ ކަމެއް ނަމަވެސް މި ވަގުތު ސިޓީ އަށް އެކަން ކުރެވެން ނެތީ ކުރިއަށް މުހިންމު މެޗުތަކެއް ހުރުމުން ކަމަށެވެ. އަދި ޕްރިިމިއާ ލީގުގައި ކުރިއަށް އޮތީ ވަރުގަދަ މެޗުތަކެއް ކަމަށް ގާޑިއޯލާ ވަނީ ބުނެފަ އެވެ.

ތުރުކީގެ އިސްތަންބޫލްގައި އަންނަ މަހުގެ 11 ވަނަ ދުވަހު ކުޅޭ ފައިނަލުގައި ސިޓީން ބައްދަލުކުރާނީ އިޓަލީގެ އިންޓަ މިލާންއާ އެވެ. ގާޑިއޯލާ ބުނީ ފައިނަލެއްގައި އިޓަލީގެ ޓީމަކާ ދެކޮޅަށް ކުޅުމަކީ ފަސޭހަ ކަމެއް ނޫން ކަމަށާއި ސީދާ އެ މެޗާ މެދު ވިސްނާނީ ވަގުުތު އައިސް ޖެހުމުން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox