އަންޗެލޮޓީ ދެކޭގޮތުގައި މި ވަގުތު ޔޫރަޕްގައި އެންމެ ވަރުގަދަ ދެ ޓީމަކީ ސިޓީ އާއި ރެއާލް

May 17, 2023, 7:51 AM
އަންޗެލޮޓީ ދެކޭގޮތުގައި މި ވަގުތު ޔޫރަޕްގައި އެންމެ ވަރުގަދަ ދެ ޓީމަކީ ސިޓީ އާއި ރެއާލް

މެންޗެސްޓާ (މެއި 17) - ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެ ވަނަ ލެގުގައި މިރޭ މެންޗެސްޓާ ސިޓީ އާއި ރެއާލް މެޑްރިޑް ކުރިމަތިލާއިރު، މިއީ ޔޫރަޕްގައި މި ވަގުތު އޮތް އެންމެ މޮޅު ދެ ޓީމުގެ ކުރިމަތިލުމެއް ކަމަށް ރެއާލްގެ ކޯޗު ކާލޯ އަންޗެލޮޓީ ބުނެފި އެވެ.

ސިޓީގެ ދަނޑުގައި މިރޭ މި ދެ ކްލަބު ކުރިމަތިލާއިރު، ރެއާލްގެ ދަނޑުގައި ކުޅުނު ފުރަތަމަ ލެގު ވަނީ 1-1 އިން އެއްވަރުވެފަ އެވެ. އެހެންކަމުން، މިރޭ ކޮންމެ ޓީމެއް މޮޅުވިޔަސް، އަންނަ މަހު 11 ވަނަ ދުވަހު އިންޓަ މިލާނާ ދެކޮޅަށް ފައިނަލުގައި ކުޅެން ފުރުސަތު ލިބޭނެ އެވެ.

މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ސިޓީ ވަނީ ރެއާލް އަތުން ބަލިވެފަ އެވެ. އެހެންކަމުން، މިއީ ސިޓީ އަށް ރެއާލް އަތުން ބަދަލު ހިފުމަށް ލިބޭ ރަނގަޅު ފުރުސަތެކެވެ.

މެޗުގެ ކުރިން ވާހަކަދައްކަމުން އަންޗެލޮޓީ ބުނީ މިއީ ޔޫރަޕްގައި މި ވަގުތު އޮތް ދެ ޓީމުގެ ކުރިމަތިލުމެއް ކަމަށެވެ. އަދި ރަނގަޅު މެޗެއް ފެންނާނެ ކަމުގެ އުންމީދު ބޮޑު ކަމަށް ވެސް އަންޗެލޮޓީ ވަނީ ބުނެފަ އެވެ.

"މިއީ ޔޫރަޕްގައި މި ވަގުތު އޮތް އެންމެ މޮޅު ދެ ކްލަބު. ވަރަށް ބަލާހިތްވާ ކަހަކަ މެޗަކަށްވާނެ،" އަންޗެލޮޓީ ބުންޏެވެ.

ސިޓީ އެންމެ ފަހުން ކުޅުނު 22 މެޗުން ވެސް ބަލިނުވާއިރު، އެ ޓީމަށް މި ސީޒަންގައި ޕްރިމިއާ ލީގާއި އެފްއޭ ކަޕް އަދި ޗެމްޕިއަންސް ލީގު ކާމިޔާބުކުރުމުގެ ފުުރުސަތު އެބައޮތެވެ.

ސްޕެއިނުގެ ކާމިޔާބު ކޯޗު، ޕެޕް ގާޑިއޯލާގެ އިރުޝާދުގެ ދަށުން ސިޓީން އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނަ ޓީމުގެ ގޮތުގައި އޮތް ނަމަވެސް، އަދި ޔޫރަޕްގެ މުބާރާތެއްގައި ކާމިޔާބެއް ނުލިބެއެވެ.

އަނެއްކޮޅު ރެއާލަކީ ޔޫރަޕްގައި އެންމެ ކާމިޔާބު ކްލަބެވެ. މިހާތަނަށް ޖުމްލަ 14 ފަހަރު އެ ޓީމުން ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފައިވާއިރު، ފާއިތުވި ނުވަ ސީޒަންގައި އެ ކްލަބުން ވަނީ ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބުކޮށްފަ އެވެ.

ރެއާލްގެ ތަޖުރިބާކާރު މިޑްފީލްޑަރު ލޫކާ މޮޑްރިޗް ބުނީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލަށް ރެއާލް އަލެއް ނުވާނެ ކަމަށާއި ރެއާލަށް ހާސްކަމެއް ނެތް ކަމަށެވެ.

"ސެމީ ފައިނަލްތަކަކަށް ރެއާލް އަލެއްނުވާނެ. އަހަރަމެންނަށް އިތުބާރު އެބައޮތް އެހެންވީމަ މި ތިބީ ވަރަށް ހަމަޖެހިގެން،" މޮޑްރިޗް ބުންޏެވެ.

ސިޓީއާ ދެކޮޅަށް ނުކުންނައިރު ރެއާލްގައި އަނިޔާގެ މައްސަލައެއް ނެތެވެ. ލީގުގައި އާދިއްތަ ދުވަހު ގެޓާފޭއާ ދެކޮޅަށް ކުޅުނު މެޗުގައި އަނިޔާވި އެޑުއާޑޯ ކަމަވިންގާ ވެސް މިރޭގެ މެޗަށް ފިޓުވާނެ އެވެ. އަނެއްކޮޅުން ސިޓީ އަށް ވެސް މާ ބޮޑު އަނިޔާގެ މައްސަލައެއް ނެތެވެ. ސިޓީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ މިއަދު ރާއްޖެ ގަޑިން 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox