ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރު ޖޯޑީ އެ ކްލަބު ދޫކޮށްލަނީ

May 17, 2023, 7:29 AM
ބާސެލޯނާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖޯޒީ ކްރައިފް (ވ).

ބާސެލޯނާގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން ޖޯޒީ ކްރައިފް (ވ).

ބާސެލޯނާ (މެއި 17) - ބާސެލޯނާގެ ސްޕޯޓިން ޑިރެކްޓަރުގެ މަގާމުގައި ހުރި ޖޯޑީ ކްރައިފް މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލާނެ ކަމަށް ބާސެލޯނާ އިން ބުނެފި އެވެ.

ބާސެލޯނާ އިން ނެރުނު ބަޔާނެއްގައި ބުނީ ޖޯޑީ "ކެރިއަރުގައި އެހެން ފުރުސަތުތަކެއް ލިބިފައި އޮތުމާ އެކު" މި ސީޒަނަށް ފަހު އޭނާގެ ކޮންޓުރެކްޓް އާނުކުރާނެ ކަމަށެވެ.

"ކްލަބުގެ އާ އެގްޒެކުޓިވް އޮނިގަނޑަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރަމުންދާއިރު، އެ ކަމުގައި އެހީތެރިވާނެކަމުގެ ޔަގީންކަން ކްރައިފް ވަނީ ދީފަ. އަދި މި ސީޒަންގެ އޮޕަރޭޝަންސްތައް ނިންމުމަށް ވެސް އޭނާގެ އެއްބާރުލުން ލިބޭނެ،" ބާސެލޯނާ އިން ބުނެފައިވެ އެވެ.

ޖޯޑީ، 49، ބާސެލޯނާ ދޫކޮށްލާކަން އެ ކްލަބުން އިއުލާނުކުރިއިރު، އެ ކްލަބުގެ ޑިރެކްޓަރު އޮފް ފުޓްބޯލް މަތެއޫ އަލެމާނީ ވެސް ޖުލައި އެކަކުން ފެށިގެން އެ މަގާމުން ވަކިވާނެ ކަމަށް އެ ކްލަބުން ވަނީ އިއްޔެ ބުނެފަ އެވެ.

ޖޯޑީ އާއި އަލެމާނީ އަކީ ވެސް ބާސެލޯނާގެ ރައީސް ކަމަށް ޖޮއާން ލަޕޯޓާ 2021 ވަނަ އަހަރު މާޗު މަހު އިންތިހާބުވެ، އެ މަގާތުކަށް އައްޔަންކުރި ދެ މީހުންނެވެ. އޭރު އެ ކްލަބު އޮތީ މާލީ މައްސަލަތަކާ ގުޅިގެން ވަރަށް ނާޒުކު ފައްތަރެއްގަ އެވެ.

ޖޯޑީ އަކީ ބާސެލޯނާ އާއި ނެދަލޭންޑްސްގެ ލެޖަންޑް ޔޯހާން ކްރައިފްގެ ދަރިފުޅެވެ. ކްރައިފް ވާނީ ބާސެލޯނާ އަށް ކުޅެ އަދި ފަހުން އެ ކްލަބުގެ ކޯޗެއްގެ ގޮތުގައި ވެސް މަސައްކަތްކޮށްފަ އެވެ. ޖޯޑީ ވެސް ވަނީ ބާސެލޯނާ އަށް ކުޅެފަ އެވެ. އަދި މެންޗެސްޓާ ޔުނައިޓަށް ވެސް ކުޅުނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox