ރިކޯޑު ފޮތަށް އަރަން މެދުނުކެނޑި 100 ގަޑިއިރު ކައްކައިފި

ނައިޖީރިއާގެ ޝެފް ހިލްޑާ. -- ފޮޓޯ: އޭޕީ

ނައިޖީރިއާގެ ޝެފް ހިލްޑާ. -- ފޮޓޯ: އޭޕީ

އަބޫޖާ، ނައިޖީރިއާ (މޭ 16) - ދުނިޔޭގެ ރިކޯޑު ފޮތުން ޖާގަ ހޯދުމަށްޓަކައި ނައިޖީރިއާގެ ޝެފެއް މެދުނުކެނޑި 100 ގަޑިއިރު ވަންދެން ކައްކައިފި އެވެ.

މީގެ ކުރިން އެންމެ ގިނަ ވަގުތު މެދުނުކެނޑި ކެއްކި މީހާގެ ރިކޯޑު އޮތީ އިންޑިއާގެ ލަތާ ޓޮންޑޮންގެ އަތުގަ އެވެ. އޭނާ ކެއްކީ 87 ގަޑިއިރާއި 45 މިނެޓެވެ.

އެ ރިކޯޑު މުގުރާލުމަށް ހިލްޑާ ބާޗީ މަސައްކަތް ފެށީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ހޯމަ ދުވަހު 100 ގަޑިއިރު ހަމަވުމާ އެކު ގިނަ ބަޔަކު ހިލްޑާއާ އެކު އުފާ ފާޅުކުރި އެވެ.

ހިލްޑާ ބުނީ ރިކޯޑު ހެދުމުގެ ބޭނުމަކީ ނައިޖީރިއާގެ ޒުވާނުންގެ ބުރަ މަސައްކަތާއި އަޒުމު ދުނިޔެއަށް ދެއްކުން ކަމަށާއި މުޖުތަމައުގައި އެއްފަރާތްވެފައި ތިބޭ އެފްރިކާގެ އަންހެނުންގެ ހައްގުގައި ކެމްޕެއިން ކުރުން ކަމަށެވެ.

"ބަޔަކާ އެކު މަަސައްކަތް ކުރަން ބޭނުންވިޔަސް، އަންހެނަކަށް ވިއްޔާ އެތައް ގުނައެއް ބުރަކޮށްގެން މަސައްކަތްކޮށްގެން ނޫނީ އޭނާއާ މެދު ސީރިއަސްކޮށް ނުވިސްނާނެ،" ހިލްޑާ ބުންޏެވެ.

އޭގެ އިތުރުން ނައިޖީރިއާގެ ކެއުންތައް ދުނިޔެއަށް އަންގައި ދިނުމަކީ ވެސް ރިކޯޑު ހަދަން ބޭނުންވި އެއް ސަބަބު ކަމަށް އޭނާ ބުންޏެވެ.

ގިނެސް ވޯލްޑް ރިކޯޑުން ކުރި ޓްވީޓެއްގައި ބުނީ ހިލްޑާ ކުރި މަސައްކަތް އެނގިފައިވާ ކަމަށާއި ރިކޯޑެއްގެ ގޮތުގައި ޔަގީން ކުރެވޭނީ ރަނގަޅަށް ހެކިތަކަށް ބަލައި މުރާޖައާ ކުރުމަށް ފަހުގައި ކަމަށެވެ.

ހިލްޑާ ވަނީ ގިނަ ބަޔެއްގެ ބެލުމުގެ ދަށުން ނައިޖީރިއާގެ އެކި ކެއުންތައް ތައްޔާރުކޮށްފަ އެވެ. އޭގެ އިތުރުން ހުޅަނގު އެފްރިކާގައި މަގްބޫލް ކެއުންތައް ވެސް އޭނާ ހެދި އެވެ.

ކައްކަމުން ދިޔަ އިރު ކޮންމެ ގަޑިއިރަކުން ފަސް މިނެޓުގެ ހުސް ވަގުތުކޮޅެއް ހޭދަކުރި އެވެ. އަދި ކޮންމެ 12 ގަޑިއިރަކުން އެއް ގަޑިއިރު ސިއްހީ ޗެކަޕްތައް ހެދި އެވެ.

އެ މަސައްކަތް ކުރަމުން ދިޔަ ތަނުގައި އެތައް ބަޔަކު ހިތްވަރު ދޭން ތިބި އިރު، އެކި ސްޓްރީމިން ޕްލެޓްފޯމްތައް މެދުވެރިކޮށް ވެސް އެ މަންޒަރު މީހުން ބެލި އެވެ.

ރިކޯޑު މުގުރާލުމާ އެކު ނައިޖީރިއާގެ ރައީސް މުހައްމަދު ބުހާރީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ނައިޖީރިއާ އުފާވެރި ދުވަހެއް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox