މުގައްރިރު ހާޒިރެއް ނުވޭ, ކޮމިޓީ ބާއްވަނީ އަސާސީ ގަވާއިދާ އެއްގޮތަށް: އެމްޑީޕީ

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު ޝިފާޒް ރައީސް ނަޝީދާ ވާހަކަ ދައްކަވާއިރު ރައީސް ސޯލިހު އަރިހުގައި. ނަޝީދު ވިދާޅުވަނީ ޝިފާޒް ނުލައި ކޮމިޓީ ނުބޭއްވޭނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އެމްޑީޕީގެ ފިޔަވަޅު އަޅާ ކޮމިޓީގެ މުގައްރިރު ޝިފާޒް ރައީސް ނަޝީދާ ވާހަކަ ދައްކަވާއިރު ރައީސް ސޯލިހު އަރިހުގައި. ނަޝީދު ވިދާޅުވަނީ ޝިފާޒް ނުލައި ކޮމިޓީ ނުބޭއްވޭނެ ކަމަށް --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ "ފިކުރެއްގެ ދިރުން" ފެކްޝަނުގައި އިސްކޮށް އުޅުއްވާ އަލީ އާޒިމް އެމްޑީޕީން ވަކިވެފައިވާ ކަމަށް ފިޔަވަޅު އަޅާ ކޮމިޓީން ނިންމާފައި ވަނީ އެ ޕާޓީގެ އާސާސީ ގަވާއިދާ ހިލާފަށް ކަމަށް އެ ފެކްޝަނުން ބުނަމުންދާތީ އެކަމަށް އެ ޕާޓީން ރައްދު ދީފި އެވެ.

ނަޝީދު ލީޑު ކުރައްވާ ފެކްޝަނުގައި ހިމެނޭ އިތުރު މެމްބަރުންތަކަކަށް ވެސް ފިޔަވަޅު އަޅަން އެ ކޮމިޓީން ވަނީ ނިންމާފަ އެވެ. ދާދިފަހުން ރައީސް އޮފީހުގެ މިނިސްޓަރު ކަމުން ވަކިކުރި އެ ޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒަކީ އެ ކޮމިޓީގެ މުގައްރިރެވެ. އޭނާ ނެތި ކޮމިޓީ ނުބޭއްވޭނެ ކަމަށް "ފިކުރެއްގެ ދިރުން" ފެކްޝަނުން ދަނީ ބުނަމުންނެވެ.

އެކަމާ ގުޅިގެން "އަދަދު" ނޫހުން އެމްޑީޕީގެ ޗެެއާޕާސަންގެ ނައިބު (އިދާރީ) އަދި ރައީސް އޮފީހުގެ މިނިސްޓަރު އިބްރާހީމް ވަހީދު (މަދަނަ އިބުރޭ) ވިދާޅުވީ އެ ޕާޓީގެ ކަންކަން ހިނގަމުންދަނީ ލިޔެވިފައިވާ ގަވާއިދުތަކާއި އުސޫލުތަކާއި އެއްގޮތަށް ކަމަށެވެ.

"މިހާތަނަށް, ޗެއާޕާސަންގެ އިންތިހާބު ބޭއްވުނު ފަހުން ނައިބު ރައީސް އެ ކޮމިޓީގެ އެއްވެސް ބައްދަލުވުމެއްގައި ބައިވެރިނުވޭ. ކޮމިޓީ އެބަ ހިނގާ. 50,000 މީހުން ތިބި ސިޔާސީ ޕާޓީއެއްގައި މުގައްރިރު ނައިސްގެން ކަންކަން ނުހިނގާ އޮންނަން ޖެހޭނެ ކަމަށް ގަބޫލެއް ނުކުރަން," އޭނާ ވިދާޅުވި އެވެ.

ފިޔަވަޅު އަޅާ ކޮމިޓީގެ ބައްދަލުވުންތައް ބޭއްވޭނީ ވެސް ސީދާ ޝިފާޒް އެކަމަށް އެދިވަޑައިގަތުމުން ކަމަށް ރާއްޖޭގެ ނޫހަކަށް ނަޝީދު ވަނީ ރޭ ވިދާޅުވެފަ އެވެ.

އެހެން ނަމަވެސް, ޝިފާޒް ކޮމިޓީއަށް ހާޒިރު ނުވި ނަމަވެސް ކޮމިޓީގެ ކަންކަން ކުރިއަށްގެންދެވޭނެ ގޮތަށް ކަންކަން ރޭވިފައިވާ ކަމަށް އިބުރޭ ފާހަގަކުރެއްވި އެވެ. އެ ކޮމިޓީގެ ނައިބު މުގައްރިރަކީ ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނެވެ.

އެ ޕާޓީގެ އަސާސީ ގަވާއިދުން ޕާޓީ ނުހުއްޓި ހިންގޭނެ ގޮތްތައް ހަމަޖައްސާފައި ދީފައިވާ ކަމަށާއި ކޮމިޓީތަކަށް ނައިބު މުގައްރިރުން އިންތިހާބު ކޮށްފައި ވަނީ ވެސް އެ މަގުސަދަށްޓަކައި ކަމަށް އިބުރޭ ފާހަގަކުރެއްވި އެވެ.

"މުގައްރިރަށް ހާޒިރު ނުވެވި ނޫނީ މުގައްރިރު މަސްލަހަތު އޮންނަ ކަންކަން ވެސް އަންނާނެ. އައިމަ ވެސް މުގައްރިރު އެއް ފަރާތަށް ޖެހިލާނެ. އެފަދަ ހާލަތްތަކަށް ނައިބު މުގައްރިރެއް ހޮވާފައި މިހުންނަނީ. މުގައްރިރު ނެތް ހާލަތެއްގައި ވެސް ރިޔާސަތު ބަލަހައްޓާނެ މީހަކު ނަގައިގެން ވެސް ކޮމިޓީ ކުރިއަށްގެންދެވޭނެ," އިބުރޭ ފާހަގަކުރެއްވި އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވެސް ކަން ހިނގަނީ އެހެން. ނައިބު ރައީސް އިނދެގެން ވެސް ކަންކަން އެބަ ހިނގާ. ނައިބު މުގައްރިރާ އެކު ކޮމިޓީ ހިނގަމުންދިޔައީ މުގައްރިރު ހާޒިރު ނުވާތީ."

އެ މައްސަލަ ތާވަލު ކުރީ ޕާޓީގެ ފިޔަވަޅު ކޮމިޓީއަށް ހުށަހެޅުމުން މައްސަލައާ ގުޅޭ ހުރިހާ ލިޔެކިޔުންތަކެއް އެ ކޮމިޓީގެ ވަޓްސްއެޕް ގްރޫޕަށް ހިއްސާ ކުރުމަށް ފަހެވެ. ކޮމިޓީގެ މެމްބަރުންގެ ތެރެއިން ތިން މެމްބަރުން ހާޒިރުވި އިރު އަނެއް މެމްބަރު ސަލާން ފޮނުއްވި ކަމަށާއި މުގައްރިރުގެ ގޮތުގައި އިންނަވާ އެ ޕާޓީގެ ނައިބު ރައީސް ޝިފާޒްގެ ހަބަރެއް ނުވާ ކަމަށް ވެސް އިބުރޭ ވިދާޅުވި އެވެ.

"ހުރިހާ ގަވާއިދެއްގައި ވެސް އެބަ އޮވޭ ސެކްރެޓޭރިއޭޓުން ކޮމިޓީތަކަށް ގޮވާލެވޭނެ ކަމަށް. ބުއްދި ގަބޫލުކުރާ ކަމެއް ނޫން ޕާޓީއެއްގެ ކޮމިޓީއަށް ޕާޓީއަށް ގޮވާނުލެވޭނެ ކަމަށް," އޭނާ ފާހަގަކުރެއްވި އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައި ވެސް ޕާޓީތަކުގެ މެމްބަރުންނާ މެދު ފިޔަވަޅު އަޅާނީ ޕާޓީގެ އަސާސީ ގަވާއިދުގެ ދަށުން ކަމަށް ބަޔާން ކޮށްފައިވާ ކަމަށާއި އެ ގާނޫނުގެ ދަށުން މެމްބަރުންނާ މެދު ފިޔަވަޅު އެޅުމުގެ ބާރު އެމްޑީޕީއަށް ލިބިފައިވާ ކަމަށް ވެސް އިބުރޭ ފާހަގަކުރެއްވި އެވެ.

އެމްޑީގެ ރައީސާއި ނައިބު ރައީސްގެ މަގާމުގައި "ފިކުރެއްގެ ދިރުން" ފެކްޝަންގެ ބޭފުޅުން ތިއްބެވި ނަމަވެސް އެޕާޓީގެ އެއްވެސް ގުނަނެއްގައި އެ ފެކްޝަންގެ ބާރެއް ނުހިނގަ އެވެ. ޕާޓީގެ އިދާރީ ކަންކަމުގައި އެންމެ އިސްކޮށް މިހާރު ތިއްބަނީ ޕްރައިމަރީ ކާމިޔާބު ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަރިސް ބޭފުޅުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox