އަޅުގަނޑުގެ ރިޔާސަތުގައި މެމްބަރުންގެ ރުހުމާ ނުލައި ކޮމެޓީން ވަކި ނުކުރެވޭނެ: ނަޝީދު

ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނު ފެކްޝަންގެ ބައެއް މެންބަރުންނާއެކު؛ ކޮމިޓީތަކުން ނަޝީދު ފެކްޝަންގެ މެންބަރުން ވަކިނުކުރެވޭނެ ކަމަށް އަންގަވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައީސް މުހައްމަދު ނަޝީދު އަދި އެމަނިކުފާނު ފެކްޝަންގެ ބައެއް މެންބަރުންނާއެކު؛ ކޮމިޓީތަކުން ނަޝީދު ފެކްޝަންގެ މެންބަރުން ވަކިނުކުރެވޭނެ ކަމަށް އަންގަވައިފި - ފޮޓޯ: މުހައްމަދު ޝާބިން / އަދަދު

ރައްޔިތުންގެ މަޖިލީހުގެ ދާއިމީ ކޮމިޓީތަކުގައި ތިއްބެވި ވެރިކަން ހިންގާ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ މެމްބަރުންނަށް ބަދަލުތަކެއް ގެނައުމުން، އެމަނިކުފާނުގެ ރިޔާސަތުގައި މެމްބަރުންގެ ރުހުމަކާ ނުލައި ކޮމެޓީން ވަކި ނުކުރެވޭނެ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު، މުހައްމަދު އަސްލަމް ސޮއި ކުރައްވައި މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދަށް އިއްޔެ ފޮނުވި ސިޓީއެއްގައި ވަނީ އަށް ކޮމިޓީއެއްގައި އެ ޕާޓީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުމަށް އެދިފަ އެވެ.

އެކަމާ ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހިމެނޭ ރަސްމީ ވަޓްސްއެޕް ގްރޫޕަށް ނަޝީދު ފޮނުއްވި ޓެކްސްޓް މެސެޖެއްގައި ވަނީ "މަޖިލީހުގެ ރިޔާސަތުގައި އަޅުގަނޑު އިންނަ ހިނދަކު މެމްބަރުންގެ ރުހުމާ ނުލައި މަޖިލީހުގެ އެއްވެސް ކޮމިޓީއަކުން އެއްވެސް މމްބަރަކު ވަކިނުކުރެވޭނެ" ކަމަށެވެ.

"މަޖިލީހަކީ ރައީސުލްޖުމްހޫރިއްޔާ [އެމްޑީޕީގެ އިސް ލީޑަރު، ރައީސް އިބްރާހީމް މުހައްމަދު ސޯލިހު] އެދިވަޑައިގަންނަވާ ގޮތަކަށް ހިންގާން އޮންނަ ތަނެއް ނޫން،" އެމްޑީޕީގެ ރައީސްގެ މަގާމު ވެސް ފުރުއްވަމުން ގެންދަވާ ނަޝީދު ލިޔުއްވާފައިވެ އެވެ.

ނަޝީދުގެ އެ މެސެޖަށް އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕްގެ ޗީފް ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލްމުޣުނީ ރައްދު ދެއްވައި ޓެކްސްޓެއް ކުރެއްވި އެވެ. އޭނާ ވިދާޅުވީ "މަޖިލީހަކީ އެ މަޖިލީހުގެ ރިޔާސަތުން ވެސް ބޭނުންވާ ގޮތަކަށް ހިންގާން އޮތް ތަނެއް ނޫން" ކަމަށެވެ.

ނަޝީދު އިތުރަށް ކުރެއްވި ޓެކްސްޓް މެސެޖެއްގައި ވިދާޅުވީ "ރާއްޖޭގެ ސަރަހައްދުން ބައެއް ގެއްލުނު މައްސަލާގައި ކަންބޮޑުވުން ފާޅުކޮށް އިހުތިޖާޖު ކުރުމަކީ ކޮންމެ ރައްޔިތަކަށް ވެސް ލިބި އޮތް އަސާސީ ހައްގެއް" ކަމަށެވެ.

މެމްބަރުންގެ ރުހުން ނެތި ވަކިނުކުރެވޭނެ ކަމަށް ނަޝީދު ވިދާޅުވީ ބެލެވޭ ގޮތުގައި މަޖިލީހުގެ ގަވާއިދުގައި މެމްބަރުގެ އިއުތިރާޒެއް ނެތްކަން ކަށަވަރު ކުރަން ގަވާއިދުގައި އޮންނަ މާއްދާއަށް އިޝާރާތް ކުރައްވަ އެވެ.

titledesc

މަޖިލީހުގެ ކޮމިޓީތަކުގައި އެމްޑީޕީ ތަމްސީލު ކުރައްވާ މެމްބަރުންނަށް ބަދަލުތަކެއް ގެނެސްދިނުން އެދި އެޕާޓީން މަޖިލީހަށް ހުށަހަޅާފައި ވާއިރު، ފޯޅަވަހި ކޯލިޝަނާ ގުޅިގެން ފިކުރެއްގެ ދިރުން ފެކްޝަނުން ދަނީ ރައީސުލްޖުމްހޫރިއްޔާ އާއި ފޮރިން މިނިސްޓަރު، އަބްދުﷲ ޝާހިދު އަދި އެޓާނީ ޖެނެރަލް، އިބްރާހިމް ރިއްފަތު މަގާމުން އަޒުލުކުރުމުގެ މަސައްކަތް ކުރަމުންނެވެ.

އެ މަސައްކަތުގެ ތެރެއިން ފޯޅަވަހި ކޯލިޝަނުން ވަނީ ރިއްފަތުގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދައިފަ އެވެ. އެ މައްސަލަ ވެއްދުމަށް ފިކުރެއްގެ ދިރުން ފެކްޝަނުން ސޮއި ކުރެއްވީ، ހަމައެކަނި މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމް އެވެ.

އެ މައްސަލަ ޗެއާޕާސަންގެ ސަމާލު ކަމަށް ގެނައުމުން ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީއަށް ފޮނުވުމުން އެ ކޮމިޓީން އިއްޔެ ހަވީރު ބައްދަލުކޮށް، އާޒިމް ޕާޓީން ވަކިވެފައިވާ ކަމަށް ވަނީ ނިންމައިފަ އެވެ. ނަމަވެސް މި ކަން އަދި ޕާޓީން ރަސްމީކޮށް އިއުލާން ނުކުރާއިރު، އާޒިމަށް ވެސް އެކަން އަދި އަންގާފައެއް ނުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ދ. މީދޫއިން ރާއްޖެ ޓީވީގެ ނޫސްވެރިންނަށް ހުރަސްއަޅައިފި

ދ. މީދޫގައި ރާއްޖެ ޓީވީގެ "ހާލު ކިހިނެއް" ޕްރޮގްރާމް ޝޫޓްކުރަމުން ދަނިކޮށް، ޕީއެންސީގެ ބަޔަކާއި ރައީސްގެ އަނބިކަނބަލުންގެ އާއިލާގެ ބޭފުޅަކު ނޫސްވެރިންނަށް ހުރަސްއަޅައި ހަޅޭއްލަވައި މާރާމާރީ ހިންގައިފިއެވެ. މާރާމާރީ ހިނގާފައިވަނީ ނޫސްވެރިންނާއެކު ތިބި އެ ރަށުގެ ބައެއް ރައްޔިތުންނާ އެވެ.

ސޯސަން މަގު އެކްސިޑެންޓުގައި އަނިޔާވި މީހާ ނިޔާވެއްޖެ

މާލޭ ސޯސަން މަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި އުމުރުން 26 އަހަރުގެ އަންހެން މީހާ ވަނީ ނިޔާވެފައެވެ. މި ހާދިސާއާ ގުޅިގެން 21 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށް، އޭނާގެ ބަންދަށް ކޯޓުން ވަނީ 15 ދުވަސް ޖަހާފައެވެ.

ރަސްމާލެ ޑީލަކީ ބޭރުމީހުންނަށް ބިން ވިއްކުމުގެ ފެށުން: ޒަރިޔަންދު

އޭނާ ތުހުމަތުކުރެއްވި ގޮތުގައި މި މަޝްރޫއުގެ ސަބަބުން ޒަޔޮނިސްޓުންނަށް ރާއްޖޭގައި އާބާދުވެ، 99 އަހަރަށް ދިގު މުއްދަތަކަށް ދިރިއުޅުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

އާސަންދަ ލިމިޓުކުރަން ހަފުތާއެއް، އެއްވެސް ތަފުސީލެއް ނުދިން

މަހަކު 60،000 ރުފިޔާއަށްވުރެ ގިނައިން އާމްދަނީ ލިބޭ މީހުންނަށް އާސަންދަ ލިމިޓުކުރުމުގެ ސިޔާސަތު ތަންފީޒުކުރަން ފަށަން ކުޑަދުވަސްކޮޅަކަށް ވެފައިވާއިރު، އެ ސިޔާސަތު ތަންފީޒުކުރަން ފަށާ ތާރިހު ހިމެނޭހެން އެއްވެސް ތަފުސީލެއް އާސަންދައިން ނުދޭ.

އީގަލް ހިލްސްގެ ފްލެޓުތައް ވެސް ހިލޭ ނޫން

އީގަލް ހިލްސްއިން ހުޅުމާލޭގައި އަޅާ 5،000 ހައުސިން ޔުނިޓަކީ ދައުލަތުގެ ބަޖެޓުން ފައިސާ ދައްކަން ނުޖެހޭ އަދި ސޮވެރިން ގެރެންޓީއެއް ދޭން ނުޖެހޭ މަޝްރޫއެއް. ނަމަވެސް، މިއީ ހިލޭ ލިބޭ ފްލެޓުތަކެއް ނޫން ކަމަށާއި، މީގެ އަގު އަދާކުރާނީ ރަސްމާލެ މަޝްރޫއުން ސަރުކާރަށް ލިބޭ އާމްދަނީގެ 10 އިންސައްތައިން ކަމަށް މުއްތަލިބު ވަނީ ހާމަކުރައްވާފަ.

ރަސްމާލެ ޑީލު ދެން އަންނަ ސަރުކާރުން ބާތިލުކުރާނެ: ޔާމީން

ރަސްމާލެ މަޝްރޫއުގެ ބޮޑު ބައެއް ޔޫއޭއީގެ ކުންފުންޏަކަށް 99 އަހަރަށް ދިނުމަކީ ދިވެހިންގެ މުސްތަގުބަލުން ކުރާ ވައްކަމެއް ކަމަށާއި، އެއީ ގާނޫނާ ހިލާފު އެއްބަސްވުމެއް ކަމަށް ރައީސް ޔާމީން ވިދާޅުވެއްޖެެ. އެމަނިކުފާނު ވިދާޅުވީ މި އެއްބަސްވުމަށް ދެން އަންނަ ސަރުކާރަކުން އިހުތިރާމް ކުރަން ނުޖެހޭނެ ކަމަށް.

ހުލާސާކޮށް އިއްޔެ: އީގަލް ހިލްސްއަށް ބިން ދެނީ ހިލޭ

ރަސްމާލޭ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏަށް 99 އަހަރަށް ހިލޭ ބިން ދޫކުރަން ނިންމާފައިވާއިރު، އިންޑިއާގެ 500 މިލިއަން ޑޮލަރުގެ ކްރެޑިޓް ލައިން މިހާރު ވަނީ އެކްޓިވްވެފައެވެ. މީގެ އިތުރުން ތިލަފުށީ ބަނދަރު ތަރައްގީކުރުމަށް އައު ކުންފުންޏެއް އުފައްދާފައިވާއިރު، ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމަށް ކުރާ ތުހުމަތުތައް އެމަނިކުފާނުގެ އާއިލާއިން ވަނީ ދޮގުކޮށްފައެވެ. ތިން މިނިސްޓްރީއެއްގައި ހިނގި އަލިފާނުގެ ހާދިސާއަކީ ކަރަންޓު ޝޯޓެއްގެ ސަބަބުން ހިނގި ކަމެއްކަން ފުލުހުންގެ ތަހުގީގަށް ވަނީ ހާމަވެފައެވެ.

Newsletter

Get the latest news delivered straight to your inbox