އާޒިމް އެމްޑީޕީން ވަކިކޮށްފި

ރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ގެ ފަހުކޮޅުގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް. އޭނާ އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ގެ ފަހުކޮޅުގައި. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް އެމްޑީޕީން ވަކިކޮށްފި އެވެ.

ސަރުކާރު ހިންގާ މައި ޕާޓީން އާޒިމް ވަކިކުރީ، ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުން އުފައްދާފައިވާ "ފޯޅަވަހި ކޯލިޝަން"ގެ ބައްދަލުވުންތަކާއި ޕްރެސް ކޮންފަރެންސްގައި ބައިވެރިވެވަޑައިގެންނެވި މައްސަލަ އާއި ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރެއްވުމާ ގުޅިގެންނެވެ.

ކަނޑުގެ އިންވަކިކުރި މައްސަލައިގައި ރާއްޖޭގެ އިގުތިސޯދީ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަޒުލުކުރުމާއި ސަރުކާރާ ދެކޮޅަށް އަންނަ މަހު ދެ ވަނަ ދުވަހު ބޮޑު އެއްވުމެއް ބޭއްވުމަށް ވެސް ފޯޅަވަހި ކޯލިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

އާޒިމުއާމެދު ފިޔަވަޅު އެޅުމަށް ޕީޖީ ގްރޫޕުން ފޮނުވި މައްސަލައިގައި، ޕާޓީގެ ފިޔަވަޅުއަޅާ ކޮމިޓީން މިއަދު ހަވީރު ބައްދަލުކޮށް އާޒިމް ވަކިކުރަން ނިންމިކަން "އަދަދު" ނޫހަށް ވަނީ ކަށަވަރުވެފަ އެވެ. ނަމަވެސް، ޕާޓިން ރަސްމީކޮށް އެކަން އިއުލާނެއް ނުކުރެ އެވެ.

ރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު
ރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމުގައި އަލީ އާޒިމް. -- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުގެ ލީޑަރުކަން ކުރެއްވި އާޒިމް ޕާޓީން ވަކިކުރަން ނިންމީ "އަދަދު" ނޫހަށް އެނގިފައިވާ ގޮތުގައި އެ ޕާޓީގެ އަސާސީ ގަވާއިދުގެ 19 ވަނަ މާއްދާ އާއި 20 ވަނަ މާއްދާގެ ދަށުންނެވެ.

ގަވާއިދުގެ 19 ވަނަ މާއްދާގައި ބުނަނީ އެމްޑީޕީގެ މެމްބަރަކު އެހެން ސިޔާސީ ޕާޓީއެއްގައި ބައިވެރިވެއްޖެ ނަމަ ނުވަތަ ހަރަކާތްތެރިވެއްޖެ ނަމަ ޕާޓީން ވަކިވާނެ ކަމަށެވެ. އަދި ގަވާއިދުގެ 20 ވަނަ މާއްދާގައި ބުނެފައި ވަނީ ޕާޓީގެ މަސްލަހަތު ގެއްލުވާލުމަށް މަސައްކަތްކުރާ މެމްބަރެއް ނަމަ ވަކި ކުރެވޭނެ ކަމަށެވެ.

titledesc

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އާޒިމް ހުންނެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް
އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އާޒިމް ހުންނެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ޕީޖީ ލީޑަރަކަށް އާޒިމް ހުންނެވިއިރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ރައީސް އޮފީހުގައި ބައްދަލުކުރައްވަނީ. -- ފޮޓޯ: ރައީސް އޮފީސް

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް ލިބިވަޑައިގެންނެވި ނާކާމިޔާބަށް ފަހު އެ މަނިކުފާނު އުފެއްދެވި "ފިކުރެއްގެ ދިރުން" ހަރަކާތުގައި އިސްކޮށް ހަރަކާތްތެރިވާ އާޒިމް އެމްޑީޕީއާ ގުޅިވަޑައިގަތީ 2013 ވަނަ އަހަރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރަށް ފަހު އެވެ. އޭގެ ކުރިން އޭނާ ހުންނެވީ، ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ފުރަތަމަ އުފެއްދެވި ޑީއާރުޕީގަ އެވެ.

އާޒިމް އެމްޑީޕީން ވަކިކުރުމާއެކު އެ ޕާޓީ ތަމްސީލް ކުރައްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 67 އަށް ތިރިވާނެ އެވެ.

އެމްޑީޕީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު އެންމެ ފަހުން ޕާޓީން ވަކިކުރީ 2016 ވަނަ އަހަރު އެވެ. އެއީ އޭރު ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ހުޅުހެންވޭރު ދާއިރާގެ މެމްބަރު މޫސާ މަނިކު އެވެ. މޫސަ އަލުން ޕާޓީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox