ބާސެލޯނާ އިން ސްޕެނިޝް ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި

May 15, 2023, 3:06 AM
ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ބާސެލޯނާ ކުޅުންތެރިން އުފާފާޅުކުރަނީ.

ބާސެލޯނާ (މެއި 15) - ސްޕެނިޝް ލީގުގައި ރޭ އެސްޕަންޔޯލް ދަނޑުގައި 4-2 އިން ހޯދި، މޮޅާ އެކު ބާކީ ހަތަރު މެޗު އޮއްވައި ބާސެލޯނާ އިން ލީގު ޗެމްޕިއަންކަން ކަށަވަރުކޮށްފި އެވެ.

މިއީ ބާސެލޯނާ އިން ލީގު ކާމިޔާބުކުރި 27 ވަނަ ފަހަރެވެ.

އަނެއްކޮޅުން، މިއީ، 2018-2019 ވަަނަ އަހަރުގެ ސީޒަން ފަހުން ބާސެލޯނާ އިން ލީގު ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. މިއީ، 2021 ވަނަ އަހަރުގެ ނޮވެމްބަރު މަހު ޒަވީ ހެނާންޑޭޒް ބާސެލޯނާގެ ކޯޗުކަމާ ހަވާލުވި ފަހުން އެ ޓީމުން ހޯދި ފުރަތަމަ ލީގު ތަށްޓެވެ. އަދި ލިއޮނަލް މެސީ، 2021 ވަނަ އަހަރު އޮގަސްޓް މަހު ބާސެލޯނާ ދޫކޮށްލި ފަހުން ވެސް އެ ޓީމަށް ލީގު ހޯދުނު ފުރަތަމަ ފަހަރެވެ.

ލީގުގެ އެއް ވަނައިގައި ބާސެލޯނާ އޮތީ 34 މެޗުން 85 ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ރެއާލް މެޑްރިޑްގެ އޮތީ 34 މެޗުން 69 ޕޮއިންޓެވެ.

ރޭގެ މެޗަށް ފަހު ބާސެލޯނާގެ ކޯޗު ޒަވީ އުފާފާޅުކުރަނީ.

އެސްޕަންޔޯލް ދަނޑުގައި ކުޅުނު ނަމަވެސް ބާސެލޯނާ އިން ވަނީ 40 މިނިޓް ތެރޭ ތިން ގޯލު ޖަހައިފަ އެވެ. އެ ގޮތުން، 11 ވަނަ މިނިޓްގައި ރޮބަޓް ލެވަންޑޯސްކީ ވަނީ ބާސެލޯނާ އަށް ލީޑުނަގައިދީފަ އެވެ. އޭގެ ނުވަ މިނިޓް ފަހުން، އަލެހަންދްރޯ ބާލްޑޭ ބާސެލޯނާގެ ދެ ވަނަ ގޯލު ޖެހިއިރު، މެޗުގެ 40 ވަނަ މިނިޓްގައި ލެވަންޑޯސްކީ އިތުރު ގޯލެއް ޖަހައި، ފުރަތަމަ ހާފު ނިމުނުއިރު، ބާސެލޯނާ އަށް މެޗުގެ ކޮންޓްރޯލް ނަގައިދިނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިގެން އަށް މިނިޓް ތެރޭ ފްރެންކީ ޑި ޔޯން ދިން ބޯޅައަކުން ޖޫލްސް ކޫންޑޭ ވަނީ ބާސެލޯނާގެ ހަތަރު ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ފަހުން، އެސްޕަންޔޯލްގެ ދެ ގޯލު ފެނިގެންދިޔައިރު، މި ލަނޑުތައް ޖެހީ 73 ވަނަ މިނިޓްގައި ޖާވިއޭ ޕުއާޑޯ އާއި މެޗުގެ އިތުރު ވަގުތުގައި ހޮސޭލޫ އެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ބުނީ ލީގު ޗެމްޕިއަންކަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހުނު ކަމަށާއި މިއީ ގިނަ މަސްތަކެއް ވަންދެން ކުރި ބުރަ މަސައްކަތުގެ ނަތީޖާ ކަމަށެވެ. މިއީ އެސްޕަންޔޯލް ދަނޑުގައި ހޯދުނު މޮޅެއް ކަމަށްވާތީ އެ ހިތްހަމަޖެހުން ވެސް އެބައިން ކަމަށް ޒަވީގެ ވާހަކައިގައި ވަނީ ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox