ކަނޑުގެ މައްސަލާގައި ފޯޅަވަހި ކޯލިޝަންގެ ވާހަކަ އެއްގޮތެއް ނުވި!

މިރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ކަނޑު ވިއްކާލި ގޮތާއި މެދު ދެބަސްވުންތަކެއް އެބަހުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

މިރޭ ބޭއްވި ފޯޅަވަހި ކޯލިޝަންގެ ނޫސްވެރިންގެ ބައްދަލުވުމެއްގެ ތެރެއިން. ކަނޑު ވިއްކާލި ގޮތާއި މެދު ދެބަސްވުންތަކެއް އެބަހުރި --- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

ފޯޅަވައްސާއި އައްޑޫއާ ދެމެދު އޮތް ކަނޑުގެ އިގުތިސޯދީ ސަރަހައްދުގެ އިން ވަކިކުރި މައްސަލާގައި މި ސަރުކާރުން ދިވެހި މަސްކަނޑުތައް "ވިއްކާލި" ކަމަށް ބުނެ އިދިކޮޅު ޕާޓީތައް ގުޅިގެން އެކުލަވާލާފައިވާ ކޯލިޝަނުގެ މެދުގައި ދެބަސްވުންތަކެއް ހުރިކަން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުން ހާމަވެއްޖެ އެވެ.

މި މައްސަލާގައި ޕީޕީއެމް, ޕީއެންސީ، އެމްއެންޕީ، ޖުމްހޫރީގެ ޕާޓީގެ އިތުރުން، އެމްޑީޕީގެ މެންބަރުންގެ ތެރެއިން "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެންބަރުންނާއި ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވާ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އަދި ކުރީގެ ބަންޑާރަ ނައިބު ޑރ. މުހައްމަދު މުނައްވަރާއި ކުރީގެ ބަންޑާރަ ނައިބު އާޒިމާ ޝަކޫރު ގެންދަވަނީ އެކުގައި މަސައްކަތް ކުރައްވަމުންނެވެ.

މިރޭ އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ކަނޑު ވިއްކާލި ގޮތާއި މެދު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ޕެނަލްގައި އަބްދުއްރަހީމް އަބްދުاللهއާ ޖެހިގެން އިންނެވި އުމަރު ވިދާޅުވީ ސަރުކާރުން ކަނޑު "ވިއްކާލުމުން" ފައިދާވީ އިންޑިއާއަށް ކަމަށެވެ.

"ކާކަށްހޭ ފައިދާވީ. ކާކަށްހޭ އެ ގަތީ. މީތި ގަތީ މޮރިޝަސްއަކުން ނޫން. މީތި ގަތީ އިންޑިއާއިން. މިއީ ވަރަށް ސާފުކޮށް އަޅުގަނޑުމެންނަށް އެނގޭ ކަމެއް. މީގެ ފަހަތުގައި އޮތީ އިންޑިއާ," އުމަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވާ ގޮތުން އެކަން އެހެން ހިނގާފައިވާ ކަމުގެ ފުރަތަމަ ހެއްކަކީ އިޓްލޮސް ނިންމުމާ އެކު އެންމެ ފުރަތަމަ ވެސް މޮރިޝަސްގެ ފޮރިން މިނިސްޓަރު އިންޑިއާއަށް ޝުކުރު އަދާކުރުން ކަމަށެވެ. އެހެންވީމާ "ވިއްކާލި" ކަނޑު ގަތް ބަޔަކު ވަރަށް ސާފު ކަމަށް އޭނާ ވިދާޅުވި އެވެ.

އޭނާ ތުހުމަތު ކުރެއްވި ގޮތުގައި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުالله ޝާހިދަށް އދ. ގެ 76 ވަނަ އާންމު މަޖިލީހުގެ ރައީސްކަން ލިބިފައި ވަނީ އިއްޑިއާގެ "ސިއްރު ޑީލް" ގެ ސަބަބުންނެވެ. އަދި, ނަގުދު ފައިސާ ވެސް އެ ޑީލުގައި ލިބިފައިވާ ކަމަށް އޭނާ ތުހުމަތު ކުރެއްވި އެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސްކަން ހޮވުމަށް އެ ޖަމާއަތުގެ 193 ގައުމުން ވޯޓު ލާން ޖެހެ އެވެ. އެހެންކަމުން, ހަމައެކަނި އިންޑިއާ ނުވަތަ މޮރިޝަސްއިން ވޯޓު ދިން ނަމަވެސް ރާއްޖެއަށް އެ މަގާމު ނުލިބޭނެ އެވެ.

މިރޭގެ ޕްރެސް ކޮންފަރެންސްގައި އެމްޑީޕީގެ ތެރެއިން ވަކިން މަސައްކަތްކުރާ "ފިކުރެއްގެ ދިރުން" ފެކްޝަންގެ މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ އުމަރު ވަކި ގައުމެއްގެ ވާހަކަ ގެންނެވި ކަމަށް ވިދާޅުވި ނަމަވެސް އެކަން ގަބޫލު ނުކުރާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވެސް ވިދާޅުވާ ގޮތުން އެއްބަސްވެވެނީ "ވިއްކާލި" ކަމަށެވެ. "ވިއްކާލި" ގޮތަކަށް ނޫނެވެ.

"އަޅުގަނޑުމެން މިތަނުގައި މިތބީ ތަފާތު ހިޔާލުގެ ތަފާތު ބޭފުޅުން. ހިޔާލު ތަފާތުވުން އޮތް ނަމަވެސް ވަރަށް މުހިންމު ވަރަށް މާތް މަގްސަދެއްގައި.... އުމަރު ނަސީރު ދެއްކެވި ވާހަކައިގަ ވަކި ގައުމެއްގެ [އިންޑިއާ] ވާހަކަ މިސާލަކަށް. އަޅުގަނޑު ހަމަ ޔަގީނުން ވެސް ގަބޫލެއް ނުކުރާނަން ވަކި ގައުމަކުން އެއްޗެއް ގަތް ކަމަކަށް. ގަންނަން އުޅޭނެ ކަމަކަށް ވެސް," ފޮރިން މިނިސްޓަރު ޝާހިދުއާ ގާތް ގުޅުމެއް އޮންނަ އާޒިމް ވިދާޅުވި އެވެ.

ފޯޅަވަހި ކޯލިޝަނުން އެއްބަސްވާ ކަމުގެ ތަފްސީލުތަކަށް އެއްގަލަކަށް ނޭރޭކަން ޖޭޕީއަށް ނިސްބަތްވާ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިންގެ ވާހަކައިން ވެސް އެނގެ އެވެ.

"ސިޓީއާ ގުޅިގެން ކަނޑުން ބައެއް ގެއްލުނީމާ އަޅުގަނޑުމެން މި ބުނަނީ ވިއްކާލީއޭ. އަޅުގަނޑުމެން އެއްބަސްވާ ޕޮއިންޓު އެބަހުރި, ތަފާތު ހުންނަނީ ތަފްސީލުގައި," އަލީ ހުސައިން ފާހަގަ ކުރެއްވި އެވެ.

"ތަފްސީލަށް ދާއިރު އެކަން ވީގޮތާއި, އޭގެ ގާނޫނީ ކަމަކާއި, ނައި ކަމަކާއި, އެ ހުރިހާ ކަމެއް ހުރެދާނެ ތަފާތު އިނގޭތޯ. އެހެންވީމާ ތަފްސީލަށް ދާއިރު ހިޔާލު ތަފާތުވުން ހުންނާނެ."

ފޯޅަވަހި ކޯލިޝަނުން ވަނީ މި މައްސަލާގައި ޕެޓިޝަނެއްގައި ސޮއިކުރަން ފަށާނެކަން ހާމަކޮށްފަ އެވެ. އަދި, ސަރުކާރާ ދެކޮޅަށް މި މައްސަލާގައި އަޑު އުފުލުމަށް ގުޅިފައިވާ އެއްވުމެއް އަންނަ މަހުގެ ދެ ވަނަ ދުވަހުވ ބޭއްވުމަށް ވެސް އެ ކޯލިޝަނުން ދަނީ ތައްޔާރުވަމުންނެވެ.

މި އާ ކޯލިޝަންގެ ޖޮއިންޓު ޕާލިމެންޓްރީ ގްރޫޕުން މި ވަގުތު މަސައްކަތް ކުރަމުން އަންނަނީ ރައީސް ސޯލިހުގެ އިތުރުން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ވެއްދުމަށެވެ. މިވަގުތު ވަނީ އެޓާނީ ޖެނެރަލްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނެގުމަށް މަޖިލީހަށް ވައްދާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox