ބާސެލޯނާ އާއި ރެއާލް ވިޔަސް، ނޫނީ ކުޑަކުދިން ވިޔަސް ސީރިއަސްވާންޖެހޭ: މާޒިޔާ ކޯޗު އިވާން

May 13, 2023, 4:45 AM
މާޒިޔާގެ ކޯޗު އިވާން: މާޒިޔާގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލާ މައްސަލަ އަށް އަވަސް ހައްލެއް އަންނަން ޖެހޭ ކަމަށް ބުނެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާގެ ކޯޗު އިވާން: މާޒިޔާގެ ކުޅުންތެރިން މެޗު ފަސޭހަކޮށްލާ މައްސަލަ އަށް އަވަސް ހައްލެއް އަންނަން ޖެހޭ ކަމަށް ބުނެފައިވޭ.--- ފޮޓޯ: އަބްދުﷲ އިޔާން/ އަދަދު

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުޅުންތެރިން މިހާރަށް ވުރެ ބޮޑަށް މެޗާ މެދު ވިސްނާ ވިސްނުން ރަނގަޅުކޮށް ދަނޑުމަތީގައި އެ އަށް ކުރާ މަސައްކަތް ރަނގަޅުކުރަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ބަލްގޭރިއާގެ ކޯޗު އިވާން ވެންކޯވް ބުނެފި އެވެ.

އެކުގައި މާގިނަ ޕްރެކްޓިހެއް ނެތި ގިނަ ޒުވާން ކުޅުންތެރިން ހިމެނޭ ސްކޮޑަކާ އެކު ސީޒަނަށް ނުކުތް ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަތުން ލީގުގައި ކުޅުނު ފުރަަތަމަ މެޗުން މާޒިޔާ 7-2 އިން މޮޅުވިއިރު، ފުރަތަމަ ހާފުގައި އޮތީ 2-2 އިން އެއްވަރުވެފަ އެވެ.

ލީގުގައި މިރޭ ގްރީން ސްޓްރީޓްސްއާ ދެެކޮޅަށް ކުޅޭ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ބުނީ މުޅި ހަފްތާގައި މެޗަށް ޕްރެކްޓިސް ކުރާއިރު، ފެންނަ ސީރިއަސްކަން މެޗުގައި ނުފެންނަ ކަމަށާއި އިދިކޮޅަށް ނުކުންނަ ޓީމެއް ދަށްކޮށް ވިސްނައިގެން ފަރުވާކުޑަކޮށް މެޗަށް ނުކުންނަން ފަށައިފިނަމަ އެއީ ވަރަށް "ނުރައްކާ ކަމެއް" ކަމަށެވެ.

Advertisement

"އެބަޖެހޭ ހަނދާން ނައްތާލަން އިދިކޮޅަށް އޮތް ޓީމެއް. އިދިކޮޅުގައި ތިބެފާނެ ކުޑަކުދިން ވެސް، އިދިކޮޅުގައި ބާސެލޯނާ ނޫނީ ރެއާލް މެޑްރިޑް ވެސް ކުޅެފާނެ، އެކަމަކު، މި ހުންނަން ޖެހެނީ އެއް އުންމީދެއް އެއް ވިސްނުމެއް މޮޅުވާން ކުޅޭ ވިސްނުން، އެއީ ފުޓްބޯޅައިގައި ކޮލިޓީ އާއި ހުނަރު ދައްކައިގެން މޮޅުވޭތޯ ކުޅެން ޖެހޭނީ. މިއީ ވަރަށް މުހިންމު ވިސްނުމެއް،" 40 އަހަރުގެ ކޯޗިން ތަޖުރިބާ ހުރި އިވާން ބުންޏެވެ.

"އިދިކޮޅަށް ނުކުންނަ ޓީމެއް ދަށްކޮށް ނަގައިފިއްޔާ، ވާނެގޮތަކީ 2-2، މީގެ ބަލާނެ ކަމެއް ނެތް އިދިކޮޅުގައި އޮތީ ކޮން ޓީމެއްތޯ، ފުރަތަމަ ކަމަކަށް ޕްރޮފެޝަނަލް ކުޅުންތެރިން ކުޅެންވާނީ ސީރިއަސްކަމާ އެކު، ދެ ވަނަ ކަަމަކަށް ހަވާލުކުރެވޭ ޒިންމާ އަދާކުރަން ޖެހޭ. ދެން ޖެހޭ، މޮޅުވާން ކުރަން ޖެހޭ އެ މަސައްކަތް ކުރަން، މީގެއިން އެއްވެސް ކަމެއް އެ ފުރަތަމަ ހާފުގައި (ޔުނައިޓެޑް ވިކްޓަރީގެ ފުރަަތަމަ ހާފުގައި) ނުފެނޭ،"

ރާއްޖޭގެ އެންމެ ފަހުގެ ލީގު ޗެމްޕިއަން، މާޒިޔާ އިން މި ސީޒަނުގައި ވަނީ ޗެރިޓީ ޝީލްޑާއި ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްފަ އެވެ. ލީގުގެ ފޭވަރިޓަކީ ވެސް މާޒިޔާ އެވެ. މި ހުރިހާ ކަމެއް މިހެން އޮތްއިރު، މާޒިޔާގެ އެންމެ ބޮޑު ޓާގެޓަކީ އޭއެފްސީ ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުމެވެ. އެކަން، އިވާން މާޒިޔާގެ ކޯޗަކަށް ހަމަޖެއްސި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ބުނެފައިވެ އެވެ.

އިއްޔެގެ ނޫސްވެރިންގެ ބައްދަލުވުމުގައި އިވާން ބުނީ މި ވަގުތުގެ ހާލަތަށް ބަލާއިރު، އޭއެފްސީ ކަޕަކީ މާ ފަހުން އޮތް ކަމެއް ކަމަށާއި މިހާރު ވިސްނަންވީ ތައްޔާރީތަކާ އެއްވަރަށް މެޗުގައި ވެސް ރަނގަޅަށް މަސައްކަތް ކުރުމަށް ކަމަށެވެ.

"އަހަރެމެން ވިސްނަނީ މެޗެއް އޮތިއްޔާ ކޮންމެ ކުޅުންތެރިއަކު ވެސް 100 ޕަސެންޓްގައި ހުންނަން ޖެހޭނީ ރާއްޖޭގެ މެޗެއް ވިޔަސް ނޫނީ އޭއެފްސީ ކަޕް މެޗެއް ވިޔަސް ނޫނީ މިސާލަކަށް ވޯލްޑް ކަޕް މެޗެއް ވިޔަސް. ރާއްޖޭގައި މި ތިބީ ވަރަށް މޮޅެތި ހުނަރުވެރި ކުޅުންތެރިން، ސްޕީޑާއި ޓެކްނިކް ވެސް ވަރަށް ފުރިހަމަ، އެކަމަކު، މެންޓަލިޓީ ނޫނީ މެޗަށް ތައްޔާރުވުމުގެ ކަންކަން މި ހުންނަނީ އެންމެ ރަނގަޅަކަށް ނޫން،" އިވާން ބުންޏެވެ.

"ސީރިއަސްކޮށް ކުޅޭނަމަ އެ މީހުން އެބަ ނަތީޖާ ނެރޭ، މައްސަލަ މި ޖެހެނީ އެ ގޮތަށް ނުވިސްނައި ކުޅޭތީ."

ޔުނައިޓެޑް ވިކްޓަރީ ކޮޅަށް މާޒިޔާގެ އަލީ ފާސިރު (ސެންޓޭ) ވަނީ ގޯލު ޖަހައިފަ އެވެ. ހިލޭ ޖެހުމަކުން ޖެހި މި ލަނޑަކީ މާޒިޔާ އަށް ސެންޓޭ ޖަހައިދިން ފުރަތަމަ ގޯލެވެ. އަނިޔާއިން ރަނގަޅުވެ، ސެންޓޭ މެޗުތަކުގައި ކުޅެން ފަށާފައިވާއިރު، އޭނާއާ ބޭނުންކުރަނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގަ އެވެ.

އިވާން ބުނީ ސެންޓޭ މި ވަގުތު ހުރީ "70 ނޫނީ 80 ޕަސެންޓް ރަނގަޅަށް" ކަމަށާއި މެޗުތައް ކުޅެމުން އަންނަ ވަރަކަށް ދެން ހުރި ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށެވެ.

މާޒިޔާއާ ދެކޮޅަށް މިރޭ ކުޅޭ ގްރީން ސްޓްރީޓްސް އިން ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަތުން 5-1 އިން ބަލިވި މެޗު ބަލަން އިވާން ދިޔަ އެވެ. އޭނާ ބުނީ އެ މެޗުގައި ގްރީން ސްޓްރީޓްސްގެ ކުޅުން ރަނގަޅެއް ނޫން ކަމަށާއި އެކަމަކު، އެއީ މާޒިޔާ ބަލަން ޖެހޭ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެެވެ.

"އެއީ، އެ މީހުން އަހަރެމެންނާ އެކު ތަފާތުވާނެ ކުޅޭ ކުޅުން. އެއީ ކޮންމެ ބައެއް ވެސް އަހަރެމެންނާ ކުޅޭއިރު ތަފާތު، ސަސްއާ ދެކޮޅަށް ކުޅުނު ވަރަށް ވުރެ 200 ޕަސެންޓް ރަނގަޅަށް އެ މީހުން މި މެޗަށް ނުކުންނާނީ،" އިވާން ބުންޏެވެ.

މާޒިޔާ އާއި ގްރީން ސްޓްރީޓްސް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox