ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް ލިންޑާ ޔަކަރީނޯ ހަމަޖައްސައިފި

ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް އައްޔަނުކުރި ލިންޑާ ޔަކަރީނޯ. -- ފޮޓޯ: އޭއެފްޕީ

ޓްވިޓާގެ އާ ސީއީއޯގެ މަގާމަށް އައްޔަނުކުރި ލިންޑާ ޔަކަރީނޯ. -- ފޮޓޯ: އޭއެފްޕީ

ސޭން ފްރެންސިސްކޯ، އެމެރިކާ (މޭ 12) - ޓްވިޓާގެ ވިޔަފާރި ހިންގުން ހަރުދަނާ ކުރުމުގެ ގޮތުން އާ ސީއީއޯގެ މަގާމަށް ލިންޑާ ޔަކަރީނޯ ހަމަޖައްސައިފި އެވެ.

ހުކުރު ދުވަހު ޔަކަރީނޯ ވަނީ އެންބީސީ ޔުނިވާސަލް ކުންފުނިން ވަކިވެފަ އެވެ. އޭނާއަކީ އިޝްތިހާރު ކުރުމުގެ ދާއިރާގެ އެންމެ ކުރީގައި އުޅޭ އެއް ތަޖުރިބާކާރެވެ.

މިދިޔަ އަހަރު 44 ބިލިއަން ޑޮލަރު ހޭދަކޮށްގެން ޓްވިޓާގެ ކޮންޓްރޯލް ހޯދީ ބިލިއަނަރު އެލޮން މަސްކް އެވެ. އޭނާ ވަނީ ކުންފުންޏަށް ބޮޑު ބަދަލުތަކެއް ގެނެސްފަ އެވެ.

އެތައް ހާސް މުވައްޒަފުން ވަޒީފާއިން ވަކިކޮށް، ޓްވިޓާއިން ސަސްޕެންޑުކޮށްފައި ތިބި ގިނަ ބަޔެއްގެ އެކައުންޓުތައް އަލުން އެކްޓިވޭޓް ކުރުން ފަދަ ފިޔަވަޅުތައް އޭނާ އެޅި އެވެ.

އެންބީސީ އާއި ޔުނިވާސަލް އަދި ޓެލެމަންޑޯ ހިންގާ މައި ކުންފުނީގެ 2011 ވަނަ އަހަރުން ފެށިގެން އުޅުނު ޔަކަރީނޯ އެ ކުންފުންޏާ ވަކިވި އިރު، އޭނާ އާއި މަސްކު މީގެ ހަފުތާތަކެއް ކުރިން ބައްދަލުވި އެވެ.

މަޔާމީގައި އޮތް މާކެޓިން ކޮންފެރެންސެއްގެ ތެރެއިން ޔަކަރީނޯ ވަނީ ސްޓޭޖު މަތީގައި ހޯސްޓެއްގެ ދައުރު އަދާކޮށް މަސްކްއާ އިންޓަވިއުކޮށްފަ އެވެ.

ޔަކަރީނޯއަކީ އިޝްތިހާރު ކުރުމުގެ ދާއިރާގެ އެންމެ ނަން މަޝްހޫރު އެކަކު ނަމަވެސް، ޓްވިޓާ ދޫކޮށްފައި ދިޔަ ބޮޑެތި ކުންފުނިތައް އަނބުރާ ގެނައުމަށް ގޮންޖެހުންތަކާ ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ.

ހުކުރު ދުވަހު މަސްކް ކުރި ޓްވީޓެއްގައި ބުނީ ޑިޒައިނާއި ޓެކްނޮލޮޖީގެ ކަންކަން ދާނީ ސީދާ އޭނާގެ ބެލުމުގެ ދަށުން ކަމަށާއި ޔަކަރީނޯ ބަލަހައްޓާނީ ވިޔަފާރި އޮޕަރޭޝަންތައް ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox