އުގާޓޭ އަށް ފާރަލަނީ ހަމައެކަނި ލިވަޕޫލުން އެކަންޏެއް ނޫން

May 12, 2023, 6:45 AM
އުގާޓޭ އަށް ފާރަލަނީ ހަމައެކަނި ލިވަޕޫލުން އެކަންޏެއް ނޫން

ލިޒްބަން (މެެއި 12) - ސްޕޯޓިން ލިޒްބަން އަށް ކުޅެމުން އަންނަ އުރުގުއޭ ގައުމީ ޓީމުގެ މިޑްފީލްޑަރު މެނުއަލް އުގާޓޭ އަށް ފާރަލަމުން އަންނަ ކްލަބަކީ ހަމައެކަނި ލިވަޕޫލެއް ނޫން ކަމަށް އުގާޓޭގެ އެޖެންޓް ޖޯޖް ޗިޖާނޭ ބުނެފި އެވެ.

އުގާޓޭ، 22، މި ސީޒަނުގައި އަންނަނީ ސްޕޯޓިން ލިޒްބަން ޓީމުގައި މޮޅު ކުޅުމެއް ދައްކަމުންނެވެ. ސްޕޯޓިން އިން ޔޫރޮޕާ ލީގުގައި އާސެނަލާ ދެކޮޅަށް ކުޅުނު ދެ މެޗުގައި އުގާޓޭ ސްކައުޓް ކުރަން ލިވަޕޫލްގެ އޮފިޝަލުން ވަނީ ދަނޑަށް ވެސް ގޮސްފަ އެވެ.

މި ވަގުތު ޑިމާންޑް ބޮޑު މިޑްފީލްޑަރެއްގެ ގޮތުގައި ފާހަގަކުރެވޭ އުގާޓޭ، ވިއްކާލަން ސްޕޯޓިން އިން ކިޔާ އަގު އުޅެނީ 60 މިލިއަން ޑޮލަރުގަ އެވެ. އުގާޓޭ މި ވަގުތު ސްޕޯޓިންގައި ހުރި ކޮންޓްރެކްޓްގެ ރިލީސް ކްލޯސް (އުވާލަން ދައްކަން ޖެހޭ އަދަދު) އުޅެނީ ވެސް އެ ވަރުގައި ކަަމަށް ރިޕޯޓްތައް ބުނެ އެވެ.

ޗިޖާނޭ ބުނީ ޔަގީންކަމާ އެކު ބުނަން އެނގޭ އެއް ވާހަކަ އަކީ އަންނަ ސީޒަނުގައި އުގާޓޭ ސްޕޯޓިންގައި މަޑުކުރުމުގެ ފުރުސަތެއް ނެތް ކަމެވެ.

"އަހަރެން ވަރަށް އަވަހަށް މިކަމާ (އުގާޓޭގެ މުސްތަގުބަލާ ގުޅޭގޮތުން) ޖޯޖް މެންޑޭޒްއާ ބައްދަލުކުރާނަން. މެންޑޭޒަކީ ފުޓްބޯޅަ ކުޅުންތެރިންގެ މުސްތަގުބަލާ ގުޅޭ މުހިންމު ފަރާތެއް، އޭނަގެ ލަފާ ހޯދާފައި އުގާޓޭގެ މުސްތަގުބަލާ ގުޅޭ ނިންމުމެއް ނިންމާނަން،" ޗިޖާނޭ ވިދާޅުވި އެވެ.

"ލިވަޕޫލް؟. ތެދެއް އެއީ އުގާޓޭ އަށް ވަރަށް ޝައުގުވެރިވާ ކްލަބެއް. އެކަމަކު، އެއީ އެއް ނޫން ހަމައެކަނި އުގާޓޭ އަށް އޮތް ފުރުސަތަކީ، ގިނަ ކްލަބްތަކަކުން އުގާޓޭގެ މައުލޫމާތު ހޯދާ. ކުރިއަށް އޮތް 15 ވަރަކަށް ދުވަސްތެރޭ މީގެ ވަރަށް މުހިންމު ނިންމުންތަކެއް ނިންމާނެ،"

އަންނަ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން ލިވަޕޫލުން އެންމެ ބޮޑަށް މަސައްކަތް ކުރަނީ މިޑްފީލްޑަރުން ގެނައުމަށެވެ. ލިވަޕޫލުން އެންމެ ބޮޑަށް ބޭނުންވި، މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ރެއާލް މެޑްރިޑަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާއިރު، ލިވަޕޫލުން އުގާޓޭގެ އިތުުރުން ދެން މަސައްކަތް ކުރަނީ ލޯން އެއްބަސްވުމެއްގެ ދަށުން ނަމަވެސް ރެއާލްގެ ފްރާންސް މިޑްފީލްޑަރު އައުރެލިން ޗުއަމެނީ ހޯދާށެވެ.

އުރުގުއޭގެ އެތުލެޓިކޯ ފެއިނިކްސް އިން ކެރިއަރު ފެށި އުގާޓޭ މިހާރު ކުޅެމުން އަންނަ ސްޕޯޓިންއާ ގުޅުނީ 2021 ވަނަ އަހަރުގެ އޮގަސްޓް މަހު ހަތް މިލިއަން ޑޮލަރުގެ ފީ އަަކަށެވެ. ސްޕޯޓިން އަށް ކުޅުމުގެ ކުރިން އުގާޓޭ ވަނީ ޕޯޗުގަލްގެ ފަމަލީޝާއޯ އަށް ކުޅެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox