ހިޔާ ފްލެޓުގެ ކުލި 5300ރ. އަށް ކުޑަކޮށް އިއުލާންކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް; މިތަނުގެ ކުލި 5300 އަށް ވަނީ ކުޑަކޮށްފައި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތައް; މިތަނުގެ ކުލި 5300 އަށް ވަނީ ކުޑަކޮށްފައި

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އިމާރާތްކޮށްފައިވާ ހިޔާ ފްލެޓްތަކުގެ ކުލި 5300ރ. އަށް ކުޑަކޮށް އެކަން މިއަދު ސަރުކާރުން އިއުލާން ކޮށްފި އެވެ.

މިކަން އިއުލާން ކުރީ ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގަ އެވެ. އެހެންކަމުން, ދެން ހިޔާ ފްލެޓްތަކުން ކުލީގެ ގޮތުގައި ދައްކަން ޖެހޭނީ މެއިންޓެނަންސް ފީއާއެކު ޖުމްލަ 6300ރ. އެވެ.

ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީން ވިދާޅުވީ, މިއަދު ހިޔާ ފްލެޓުގެ ކުލި ކުޑަކުރަނީ ނޫން ކަމަށާއި, މިއީ ކުލި ދެއްކުމުގައި ލުޔެއް ހޯދައިދިނުން ކަމަށެވެ. އެހެންކަމުން, ކުލީގެ ގޮތުގައި ދައްކަން ޖެހޭ އަދަދު ކުޑަކުރީ ކުރިއަށް އޮތް ހަތް އަހަރު ދުވަހަށްކަން އޭނާ ފާހަގަކުރެއްވި އެވެ.

ހިޔާ ފްލެޓްތަކުގެ ތާރީހަށް އަލިއަޅުވާލަމުން އާބަންކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު އާތިފް ވިދާޅުވީ ހިޔާ ފްލެޓްތަކުގެ ކޮންސްޓްރަކްޝަން ހަރަދާއި ޕްރޮޖެކްޓް މެނޭޖްމަންޓް ހަރަދާއި ސަޕްލިމެންޓްރީ އަދި އިދާރީ ހަރަދާއި, ބިމުގެ އަގާއި ލޯނުގެ އިންސްޓޯލްމަންޓަށް ބަލާއިރު, ކުލީގެ ގޮތުގައި ޖެހިފައި އޮތީ 10,000ރ. ކަމަށެވެ. ނަމަވެސް, ކުލީގެ ގޮތުގައި 7500ރ. ނަގަން ނިންމާ އެއްބަސްވުންތައް ހެދީ ހަމައެކަނި ކޮންސްޓްރަކްޝަން ހަރަދު ނަގާ ގޮތަށް ކަމަށް އާތިފް ވިދާޅުވި އެވެ.

"އޭރުވެސް އެވަނީ އެޕާޓްމަންޓަކުން 555,000 ސަބްސިޑައިޒް ކުރެވިފައި," މުޅި މަޝްރޫއުއިން ސަރުކާރުން 3.7 ބިލިއަން ރުފިޔާ ސަބްސިޑައިޒް ކުރިކަން ފާހަގަކުރައްވަމުން އާތިފް ވިދާޅުވި އެވެ.

އާތިފް އިތުރަށް ވިދާޅުވީ, ހިޔާ ރައްޔިތުންނަށް ލުއި ދިނުމުގެ ގޮތުން ފްލެޓްތަކުގެ ފިނިޝިން ނިންމަން ކުލި ނުހިނގާ ގޮތަށް ހަތް މަސް ދުވަހުގެ މުއްދަތެއް ދިން ކަމަށެވެ. އަދި, އެ ފްލެޓްތަކުގެ ކުލީގެ ގޮތުގައި އެވްރެޖުކޮށް އެޕާޓްމަންޓަކަށް 130,000ރ. ދާނެ ކަމަށް އަންދާޒާ ކުރެވޭ ކަމަށެވެ.

ކުލި ދެއްކުމުގައި ވަގުތީ ގޮތުން ލުޔެއް ދޭން ނިންމާފައި ވަނީ ފިނިޝިންގެ މަސައްކަތް ނިންމަން ގިނަ ފަރާތްތަކުން ލޯނު ނަގާފައިވާތީ އެ ލޯނު ދެއްކުމުގައި އެހީތެރިވުމުގެ ގޮތުންނެވެ.

މިއާއެކު ހިޔާ ފްލެޓްތަކަށް ކުލި ދައްކަން ޖެހޭ މުއްދަތު މިވަނީ ދެ އަހަރު އިތުރުވެފަ އެވެ. ދެން ފްލެޓްތަކަށް ފައިސާ ދައްކާ ހަލާސް ވާނީ 27 އަހަރުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2027 ދެބައިވުމުގެ ކުރިން ރަސްމާލެއިން ގޯތި ދޫކުރުމުގެ އުންމީދެއް

މި މަޝްރޫއުގެ މާސްޓާ ޕްލޭން އެކުލަވާލުމުގެ މަސައްކަތް މިހާރު ކުރިއަށްދާއިރު، ގޯއްޗަށް އެދި ފޯމު ހުށަހެޅި ފަރާތްތަކުގެ ތެރެއިން ޝަރުތުހަމަވާ އެންމެންނަށް ގޯތި ދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

ހޫތީން ކުށްވެރިކޮށް ރާއްޖެއިން އަނެއްކާ ވެސް ބަޔާނެއް ނެރެފި

ސައުދީ އަރަބިއްޔާގެ އާންމުން ދިރިއުޅޭ ސަރަހައްދުތަކަށާއި އިގްތިސާދީ މަރުކަޒުތަކަށް އަމާޒުކޮށް ހޫތީން ދެމުންގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފި އެވެ.

އިމާރާތެއްގައި ޖަހައިފައި ހުރި ސޭފްޓީ ބިތްގަނޑެއް ވެއްޓިއްޖެ

މި ހާދިސާގައި ބައެއް އުޅަނދުތަކަށް ގެއްލުންވެ، ބައެއް މީހުންނަށް ކުދި އަނިޔާ ލިބުނު ނަމަވެސް އެއްވެސް މީހަކަށް ސީރިއަސް އަނިޔާއެއް ލިބިފައެއް ނުވެއެވެ. ފުލުހުން ދަނީ ކަމާގުޅޭ އިދާރާތަކާ ގުޅިގެން މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

އިންޖީނުގެތަކަށް ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދެނީ

މާލެ އާއި އައްޑޫގެ އިންޖީނުގެތައް އަޕްގްރޭޑް ކުރުމަށް ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ސްޓެލްކޯއަށް 2.5 ބިލިއަން ރުފިޔާގެ ލޯނު ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ވަނީ ހިމަނާފަ. މީގެ އިތުރުން ފެނަކަ ސްޓެލްކޯގެ ދަށަށް ބަދަލުކުރާތީ، ކަރަންޓު ސަބްސިޑީގެ ގޮތުގައި އަންނަ އަހަރު 743.2 މިލިއަން ރުފިޔާ އެ ކުންފުންޏަށް ދިނުމަށް ވެސް ވަނީ ހިމަނާފަ.

ތިލަފުށީ ބަނދަރަށް ލޯނު ދެނީ ސަރުކާރުން

މި މަޝްރޫއުގެ ބޮޑު ބައެއް ފައިނޭންސް ކުރަނީ ދައުލަތުގެ ބަޖެޓުން އެމްޕީއެލްއަށް ދޫކުރާ 2.3 ބިލިއަން ރުފިޔާގެ ލޯނަކުން. މި ލޯނު ދޫކުރުމަށް ބަޖެޓުގައި ހިމަނާފައިވަނީ 2028 އަދި 2029 ވަނަ އަހަރަށް ކަމަށްވާތީ، އަންނަ އަހަރު ބަނދަރުގެ ހިދުމަތް ފަށާނެ ކަމަށް ސަރުކާރުން ބުނާ މުއްދަތަށް ބޭނުންވާ ފައިސާ ހަމަޖައްސަނީ ކިހިނެއް ކަމެއް ސާފެއް ނުވޭ.

ލޯ ޑިގްރީ ހަދާ ކުދިންނަށް އޮންލައިން ޓެސްޓެ ނެގޭނެ ގޮތެއް ހަދަނީ

ގާނޫނީ ދާއިރާއިން މިހާރު ޑިގްރީއަށް ކިޔަވަމުންދާ ދަރިވަރުންނަށް އޮންލައިންކޮށް އިމްތިހާނު ހެދޭނެ އިންތިޒާމު ހަމަޖެއްސުމަށް ބާ ކައުންސިލަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ފާސްކޮށްފިއެވެ.

ނަފުސާނީ ފަރުވާ ދިނުމާބެހޭ ގާނޫނެއް ހަދަނީ

މި ބިލުގެ ދަށުން ނަފުސާނީ ސިއްހަތުގެ ގައުމީ ސިޔާސަތެއް ކަނޑައަޅައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފަރުވާދޭ މަރުކަޒުތަކާއި 24 ގަޑިއިރު ހިދުމަތްދޭ ހެލްޕްލައިނެއް ގާއިމުކުރުމަށް ވަނީ ހިމަނާފައެވެ.

Newsletter

Get the latest news delivered straight to your inbox