ބުސްކެޓްސް، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަނީ

May 10, 2023, 11:04 AM
ބުސްކެޓްސް، މި ސީޒަނަށް ފަހު ބާސެލޯނާ ދޫކޮށްލަނީ

ބާސެލޯނާ (މެއި 10) - ބާސެލޯނާގައި ކާމިޔާބު ގިނަ އަހަރުތަކެއް ހޭދަކޮށްފައިވާ މިޑްފީޑަރު ސާޖިއޯ ބުސްކެޓްސް މި ސީޒަނަށް ފަހު އެ ކްލަބު ދޫކޮށްލަން ނިންމާފައިވާކަން އިއުލާނުކޮށްފި އެވެ.

"މިއީ ބާސެލޯނާގައި އަހަރެން ހޭދަކުރާ ފަހު ސީޒަންކަން އިއުލާންކުރަންޖެހޭ ވަގުތު،" ބުސްކެޓްސް އޭނާގެ އިންސްޓަގްރާމްގައި ބުނެފައިވެ އެވެ.

"މި ކްލަބުގައި ހޭދަކުރި ދުވަސްތަކުގެ މަތިން ދުވަހަކު ވެސް ހަނދާން ނުނެތޭނެ. އެއީ އަހަރެން ދެކެމުންއައި ހުވަފެނެއް. އަދި ހާސިލްކުރެވުނު ހުރިހާކަމަކާ މެދު ފަހުރުވެރިވޭ."

ބާސެލޯނާގެ ކެޕްޓަންކަން ވެސް އަދާކުރަމުންދާ ބުސްކެޓްސް ،34، ވަނީ ބާސާއާއެކު ސްޕެނިޝް ލީގު 8 ފަހަރު އަދި ޗެމްޕިއަންސް ލީގު ތިން ފަހަރު ކާމިޔާބުކޮށްފައެވެ. މި ސީޒަންގައި ވެސް ބާސާ އިން ވަނީ ލީގު ހޯދުމާ ގާތަށް މިހާރު ޖެހިލައިފައެވެ.

ޕެޕް ގާޑިއޯލާގެ ކޯޗުކަމުގެ ދަށުން ބާސެލޯނާ ސީނިއާ ޓީމުން 2008 ވަނަ އަހަރު ޖާގަ ހޯދި ބުސްކެޓްސް ވަނީ މިހާތަނަށް ބާސެލޯނާ އަށް 700 އަށް ވުރެ ގިނަ މެޗު ކުޅެދީފަ އެވެ. ފާއިތުވި އަހަރުތަކުގައި ބުސްކެޓްސް އަކީ ބާސެލޯނާގެ އެންމެ މުހިންމު އެއް ކުޅުންތެރިޔާ އެވެ. ލީޑަރެއްގެ ރޯލުގައި ފެނިގެންދިޔައީ ބުސްކެޓްސް އެވެ.

ބާސެލޯނާ ދޫކޮށްލުމަށް ފަހު ބުސްކެޓްސް ދެން ކުޅޭނެ ކްލަބެއް އަދި އިއުލާނު ނުކުރިޔަސް، އޭނާ ސަައުދީ އަރަބިއްޔާގެ ކްލަބަކަށް ބަދަލުވާނެ ކަމަށް ރިޕޯޓްތަކުން ދަނީ ބުނަމުންނެވެ.

މި ސީޒަނަށް ފަހު ވެސް ބުސްކެޓްސް، ބާސެލޯނާގައި މަޑުކުރަން އެ ޓީމުން ބޭނުންވާ ކަމަށް ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ މީގެ ކުރިން ބުނެފަ އެވެ. އެކަމަކު، މުސްތަގުބަލާ މެދު ގޮތެއް ނިންމާނީ ބުސްކެޓްސް ކަމަށް ޒަވީ ވެސް ވަނީ ބުނެފަ އެވެ.

ސްޕެއިންގެ ގައުމީ ޓީމުން ބުސްކެޓްސް ރިޓަޔާކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހު އެވެ. ގައުމީ ޓީމާ އެކު ބުސްކެޓްސް ވަނީ 2010 ވަނަ އަހަރު ވޯލްޑް ކަޕާއި 2012 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox