ސޫދާންގައި 700،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ

ސޫދާންގެ ބަޔަކު ގެދޮރު ދޫކޮށް ދަނީ. -- ފޮޓޯ: ރޮއިޓާޒް

ސޫދާންގެ ބަޔަކު ގެދޮރު ދޫކޮށް ދަނީ. -- ފޮޓޯ: ރޮއިޓާޒް

ޖެނީވާ، ސްވިޓްޒަލޭންޑް (މޭ 9) - މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ފެށި ދާހިލީ ހަނގުރާމައިގެ ސަބަބުން ސޫދާންގެ އެތެރޭގައި 700،000 އަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވާ ކަމަށް އދ. އިން ބުނެފި އެވެ.

ސޫދާންގައި ހަނގުރާމަ ކުރަނީ ސިފައިންނާއި ރެޕިޑް ސަޕޯޓް ފޯސާޒް (އާރްއެސްއެފް) އާ ދެމެދު އެވެ. ސިފައިންގެ ވެރިޔާ އަބްދެލް ފައްތާހް އަލް ބުރްހާން އާއި އާރްއެސްއެފްގެ ކޮމާންޑަރު މުހައްމަދު ހަމްދާން ދަގަލޯގެ ނުތަނަވަސްކަން ބޮޑުވެ ހަނގުރާމަ ފެށީ އެޕްރީލް 15 ގަ އެވެ.

"މިހާރު ސޫދާންގެ އެތެރޭގައި 700،000 އަށް ވުރެ ގިނަ މީހުންގެ ގެދޮރު ގެއްލިއްޖެ" އިންޓަނޭޝަނަލް އޯގަނައިޒޭޝަން ފޯ މައިގްރޭޝަން (އައިއޯއެމް) ގެ ތަރުޖަމާނު ޕައުލް ޑިލަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިދިޔަ ހަފުތާގައި އެ އަދަދު ހުރީ 340،000 ގައި ކަމަށާއި ހަފުތާއެއް ތެރޭގައި ދެ ގުނަވުމުން ދޭހަވަނީ ހާލަތު ގޯސްވަމުންދާ މިންވަރު ކަމަށެވެ.

ހަަނގުރާމަ ފެށުމުގެ ކުރިން ވެސް ސޫދާންގެ 3.7 މިލިއަން މީހުންގެ ގެދޮރު ގެއްލިފައިވާ ކަމަށް އައިއޯއެމްގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.

ސޫދާންގެ އެތެރޭގައި އިތުރު 700،000 މީހުންގެ ގެދޮރު ގެއްލިފައިވާ އިރު، 150،000 އަށް ވުރެ ގިނަ މީހުން ވަނީ ބޯޑަރު ހުރަސްކޮށް އެހެން ގައުމުތަކަށް ގޮސްފަ އެވެ.

ހަމަލާ މެދުކަނޑާލަން މަޝްވަރާ ކުރަމުން ދިޔަ ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބޭ ކަމަށް މެދުވެރިއެއްގެ ދައުރު އަދާކުރާ ސައުދީ އަރަބިއްޔާއިން ހޯމަ ދުވަހު ބުންޏެވެ.

ސޫދާންގައި ގިނަ އަހަރުތަކެއް ވަންދެން ވެރިކަން ކުރި އުމަރް އަލް ބަޝީރުގެ ސަރުކާރު ވައްޓާލީ 2019 ވަނަ އަހަރު ހިންގި އަސްކަރީ ބަގާވާތަކުންނެވެ.

އޭގެ ފަހުން ވެރިކަން ކުރީ އެކި ޕާޓީތަކުގެ މެދުގައި ބާރުތައް ބަހާލައިގެންނެވެ. އެކަމަކު 2021 ވަނަ އަހަރު އަނެއްކާވެސް އަސްކަރިއްޔާއިން ބަގާވާތް ކުރި އެވެ.

ދެ ވަނަ ބަގާވާތަށް ފަހު ވެރިކަން ކުރަން އުފެއްދި ކައުންސިލްގެ ވެރިޔާއަކީ ސިފައިންގެ އިސް ކޮމާންޑަރެވެ. އޭނާގެ ޑެޕިއުޓީއަށް ހަމަޖެއްސީ އާރްއެސްއެފްގެ އިސް ކޮމާންޑަރެވެ. މިހާރު ހަމަލާ ބަދަލުކުރަމުން ދަނީ އެ ދެ ކޮމާންޑަރުންގެ މެދުގައި އޮތް ވާދަވެރިކަމުގެ ތެރެއިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox