ޑި ބްރޭނާގެ ގޯލުން ސިޓީން ފުރަތަމަ ލެގުގައި ރެއާލާ އެއްވަރު

May 10, 2023, 3:21 AM
ޑި ބްރޭނާގެ ގޯލުން ސިޓީން ފުރަތަމަ ލެގުގައި ރެއާލާ އެއްވަރު

މެޑްރިޑް (މެއި 10) - ދެ ވަނަ ހާފުގައި ކެވިން ޑި ބްރޭނާ ޖެހި މޮޅު ގޯލާ އެކު، މެންޗެސްޓާ ސިޓީން ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑާ 1-1 އިން އެއްވަރުވެއްޖެ އެވެ.

މި ނަތީޖާއާ އެކު، އަންނަ ހަފްތާގައި ސިޓީ ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗުން ކޮންމެ ޓީމެއް މޮޅުވިޔަސް ފައިނަލުގެ ޖާގަ ލިބޭނެ އެވެ.

ރެއާލްގެ ސަންޓިއާގޯ ބާނަބައުގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ފުރަތަމަ ހާފު ނިންމާލީ ލީޑުގައި އޮވެ އެވެ. އެއީ މެޗުގެ 36 ވަނަ މިިނިޓްގައި ވިނީޝިއުސް ޖޫނިއާ ޖެހި ގޯލުންނެވެ. ރެއާލްގެ އެޑޮއާޑޯ ކަމަވިންގާ ހިފައިގެން އައި ބޯޅަ، ސިޓީގެ ހާފުގެ ތެރެއިން ވިނީޝިއުސް އަށް ދިނުމުން އޭނާ ވަނީ ބޯޅަ ކޮންޓްރޯލް ކޮށްލުމަށް ފަހު ގޯލުގެ މަތީ ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

ފުރަތަމަ ހާފުގައި ސިޓީގެ ރޮޑްރީ އާއި އާލިން ބްރައުޓް ހާލަންޑް ފޮނުވާލި ބޯޅަތައް ރެއާލްގެ ކީޕަރު ތިބޯ ކޯޓުއާ ވަނީ މަތަކޮށްފަ އެވެ. އަދި ދެ ވަނަ ހާފުގައި ހާލަންޑަށް ލިބުނު ފުރުސަތުން ރެއާލް އޭރިއާތެރެއިން ގޯލަށް ޖެހި ޝޮޓް، ރެއާލްގެ ޑިފެންޑަރު ޑޭވިޑް އަލަބާ ވަނީ ބްލޮކްކޮށްފަ އެވެ.

ސިޓީން އެއްވަރުކުރި ގޯލު ޖެހީ މެޗުގެ 67 ވަނަ މިނިޓްގަ އެވެ. ސިޓީގެ އިލްކާއި ގުންޑޮގާން ދިން ބޯޅަ އޭރިއާބޭރުގައި ހުރެފައި ޑިބްރޭނާ އެއް ފަަހަރުން ފޮނުވާލުމުން އަމާޒުވީ ގޯލުގެ ކަނަށެވެ. އެ ބޯޅަ އައި ބާރު މިނުގެ ސަބަބުން ކީޕަރު ކޯޓުއާ އަށް އެ ހަމަލާ ހުއްޓުވަން މާބޮޑު ކަމެއް ނުކުރެވުނެވެ. ޗެމްޕިއަންސް ލީގުގައި ޑިބްރޭނާ ޖެހި 14 ގޯލުގެ ތެރެއިން 11 ގޯލު ކާމިޔާބުކުރީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގަ އެވެ.

އިތުރު ގޯލެއް ޖަހައި، މެޗުން މޮޅުވެ، އެޑްވާންޓޭޖެއް ނަގަން ދެ ޓީމުން ކުރި މަސައްކަތް ވެސް ކާމިޔާބެއްނުވި އެވެ.

ސިޓީ މި މެޗުން ވެސް ބަލިނުވެ، ނިންމާލިއިރު، ތިން ތަށްޓާ އެކު ސީޒަން ނިންމާލަން ކުރާ މަސައްކަތަށް ވަނީ ހިތްވަރު ލިބިފަ އެވެ. އެންމެ ފަހުން ކުޅުނު 21 މެޗުން ވެސް ސިޓީ ބަލިވެފައިނުވާއިރު، އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި ލީޑެއް ވެސް ވަނީ ލިބިފަ އެވެ. އަދި އެފްއޭ ކަޕް ފައިނަލުގައި ސިޓީން ނުކުންނާނީ ވާދަވެރި ކްލަބް، މެންޗެސްޓާ ޔުނައިޓެޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox