ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް މާޒިޔާ ތައްޔާރުވާނީ "ސީރިއަސްކޮށް"

May 9, 2023, 9:12 AM
ކޮންމެ ޓީމަކާ ދެކޮޅަށް ކުޅުނަސް މާޒިޔާ ތައްޔާރުވާނީ "ސީރިއަސްކޮށް"

ކޮންމެ މުބާރާތެއްގެ ކޮންމެ މެޗަކީ ވެސް މާޒިޔާ އަށް މުހިންމު މެޗެއް ކަމަށާއި، އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތަސް މާޒިޔާ އިން ތައްޔާރުވާނީ ސީރިއަސްކޮށް ކަމަށް މާޒިޔާގެ ކޯޗު ބަލްގޭރިއާގެ އިވާން ކޮލޭވް ބުނެފި އެވެ.

އިއްޔެ ފެށި ދިވެހި ޕްރިމިއާ ލީގުގައި ޗެމްޕިއަން މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި މިއަދު ހަވީރު ޔުނައިޓެޑް ވިކްޓަރީއާ ދެކޮޅަށް ކުޅޭނެ އެވެ. މި މެޗަށް ނުކުންނައިރު މާޒިޔާ އިން ވަނީ އެންމެ ފަހުން ކުޅުނު މުބާރާތް ކަމަށްވާ ޕްރެޒިޑެންޓްސް ކަޕް ކާމިޔާބުކޮށްފަ އެވެ.

ސީޒަންގެ އެންމެ މުހިންމު މުބާރާތާ ގުޅޭގޮތުން އިވާން ބުނީ އެ ޓީމަށް ހުރިހާ މުބާރާތެއް ވެސް މުހިންމު ކަމަށާއި، ކޮންމެ މެޗަކަށް ވެސް އެ ޓީމުން ތައްޔާރުވަނީ ރަނގަޅު ކުޅުމެއް ދައްކައި ނަތީޖާ ހޯދަން ކަމަށެވެ.

"ކޮންމެ މެޗެއް، ކޮންމެ ޓީމެއް، ކޮންމެ މުބާރާތެއް އަހަރުމެންނަށް މުހިންމު، އެހެންވެ ކުރިއަށް އޮތް މެޗު އަހަރުމެން ނަގަނީ ވަރަށް ސީރިއަސްކޮށް. މިއީ މި މުބާރާތުގެ ފެށުން އަހަރުމެންގެ. އެހެންވީމަ އަހަރުމެން ބޭނުން ރަނގަޅު ކުޅުމެއް ދައްކައިގެން ރަނގަޅު ނަތީޖާއެއް މި މެޗުން ހޯދަން. އަހަރުމެން ވަރަށް ސީރިއަސްކޮށް މި ތައްޔާރުވަނީ." އިވާން ބުންޏެވެ.

މާޒިޔާއާ ދެކޮޅަށް ނިކުންނަ ޔުނައިޓެޑް ވިކްޓަރީ އަކީ މި ސީޒަނަށް އެންމެ ފަހުން ޕްރެކްޓިސް ފެށި ޓީމެވެ. އެ ޓީމުން ޕްރެކްޓިސްތައް ފެށިތާ އަދިވީ 15 ދުވަހެވެ. އަނެއްކޮޅުން ޓީމްގައި މިފަހަރު މުޅިންހެން ކަހަލަ ގޮތަކަށް ތިބީ ޒުވާން ކުޅުންތެރިންނެވެ.

ޔުނައިޓެޑް ވިކްޓަރީއާ ބެހޭގޮތުން އިވާން ބުނީ އެ ޓީމުގެ ތައްޔާރީތަކާ މެދު އޭނާ ނުވިސްނާނެ ކަމަށާއި، އެ ޓީމަށް ވެސް ފުރިހަމަ އިހުތިރާމްކުރާ ކަމަށެވެ. ޒުވާން ކުޅުންތެރިން ޔުނައިޓެޑް ވިކްޓަރީގައި ގިނަވުމަކީ ވިސްނަންޖެހޭނެ ކަމެއް ކަމަށާއި، އެ ކުޅުންތެރިންގެ ކިބައިގައި މޮޅުވުމުގެ ވަރުގަދަ ރޫހެއް ހުންނާނެ ކަމަށެވެ.

"އަހަންނަށް އެނގޭ މި މެޗު އެހާ ފަސޭހަ ނުވާނެކަން. އެ ޓީމުގައި އެބަތިބި ބައިވަރު ޒުވާން ކުޅުންތެރިން. އާންމުކޮށް މި ކަހަލަ ޒުވާން ކުޅުންތެރިން އެ ކުޅޭނީ ރަނގަޅު ރޫހެއްގައި. އެހެންވީމަ މި ކަހަލަ ޓީމަކާ ދެކޮޅަށް ނުވަތަ މިކަހަލަ ކުޅުންތެރިންތަކަކާ ދެކޮޅަށް ކުޅެން އުނދަގޫވާނެ." ކޯޗިންގައި ގިނަ އަހަރުތަކެއްގެ ތަޖުރިބާ ހޯދާފައިވާ އިވާން ބުންޏެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ކާމިޔާބަށް ފަހު ޓީމްގެ ހާލަތާ ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ، އެ މުބާރާތް މިހާރު ނިމިފައިވާ ކަމަށާއި، އާ މުބާރާތަކަށް ނިކުންނައިރު ޓީމުގެ ވިސްނުން ބަދަލު ނުވާނެ ކަމަށެވެ. އޭނާ ބުނީ މާޒިޔާގެ ވިސްނުމަކީ ކޮންމެ މެޗެއްގައި ވެސް ކުރީ މެޗަށް ވުރެ ރަނގަޅަށް ކުޅުން ކަމަށާއި، އަބަދުވެސް ފޯކަސް ބަހައްޓަނީ ކަންކަން ރަނގަޅު ކުރުމަށް ކަމަށެވެ.

"އަބަދުވެސް ރަނގަޅުކުރުން ބޭނުމަކީ. މެޗަކަށްފަހު މެޗެއް ރަނގަޅު ކުރުން. މިދިޔަ މުބާރާތް ކާމިޔާބުކުރެވުނީމަ އެކަން އެ ނިމުނީ. މިއީ އާ މުބާރާތެއް. މި މުބާރާތުގައިވެސް މެޗަކަށްފަހު މެޗެއް ކުޅުން ރަނގަޅު ކުރަން ބޭނުމީ." އިވާން ބުންޏެވެ.

ސީޒަންގެ އެންމެ ގިނަ މެޗު ކުޅޭ މުބާރާތަށް ނިކުންނައިރު އިވާން ވަނީ ބިދޭސީ ކުޅުންތެރިންގެ ހާލަތުވެސް ހާމަކޮށްފަ އެވެ. އެ ގޮތުން، މިޑްފިލްޑަރު ހަސަނަވޮޗްގެ ފިޓްނަސް ރަނގަޅު ނުވުމުގެ ސަބަބުން ކުދި ކުދި އަނިޔާތަކާ ކުރިމަތިލާން ޖެހުނުކަން އޭނާ ފާހަގަކުރި އެވެ.

އަދި މީގެ އިތުރުން ފޯވާޑް ސްޓެފަން މިހަލޮވިޗް އަމިއްލަ އާއިލީ ކަމެއްގެ ސަބަބުން އަދިވެސް ބޭނުންވާ ފެންވަރުގައި ނުކުޅެވޭކަން އިވާން ފާހަގަކުރި އެވެ. އިވާން ބުނީ ސްޓެފަން ބޭނުންވަނީ ކުޅުން ރަނގަޅުކުރަން ކަމަށާއި އެކަމާ ގުޅޭގޮތުން ވާހަކަ ވެސް ދައްކާފައިވާނެ ކަމަށެވެ.

"ހަސަން ޓީމާ ގުޅުނުއިރު އެއްކޮށް ފިޓެއް ނޫން. އޭނާގެ ކަންޑިޝަން އެހާ ރަނގަޅެއް ނޫން. އެހެންވެ ކުދި ކުދި އަނިޔާތައް ދިމާވެ އަދި ޕާފޯމް ނުކުރެވޭ އެންމެ ރަނގަޅަށް. ދެން ސްޓެފަން "ޕްރައިވެޓް" ކަމެއް ދިމާވެގެން އެ އުޅެނީ. އެކަމާ ގުޅޭގޮތުން ގިނަ ފަހަރެއްގެ މަތިން ވާހަކަދައްކަފިން. ސްޓެފަން ބުނަނީ ކުޅުން ރަނގަޅުކުރާނެކަމަށް" އިވާން ބުންޏެވެ.

އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާ އާއި ޔުނައިޓެޑް ވިކްޓަރީ ކުޅޭ މެޗު ފަށާނީ މިއަދު ހަވީރު 4 ޖަހާއިރު އެވެ. މުބާރާތުގައި މިރޭ 9 ޖަހާއިރު ކުޅޭ މެޗުގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) ބައްދަލުކުރާނީ ކްލަބް ގްރީން ސްޓްރީޓްސްއާ އެވެ. މިއީ ޔުނައިޓެޑް ވިކްޓަރީ އާއި ގްރީން ސްޓްރީޓްސް މި ސީޒަނުގައި މެޗަކަށް ނުކުންނަ ފުރަތަމަ ފަހަރެވެ. ދެ ޓީމު ވެސް މާލީ ހާލަތު ދަށްވުމުގެ ސަބަބުން ޕްރެޒިޑެންޓްސް ކަޕްގައި ނުކުޅެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox