ރެއާލް ކައިރިން "ބަދަލުހިފުމުގެ" ވިސްނުމެއް ގާޑިއޯލާގެ ނެތް

May 9, 2023, 4:19 AM
ރެއާލް ކައިރިން "ބަދަލުހިފުމުގެ" ވިސްނުމެއް ގާޑިއޯލާގެ ނެތް

މެޑްރިޑް (މެއި 9) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުގެ ފުރަތަމަ ލެގުގައި މުބާރާތުގެ އެންމެ ކާމިޔާބު ޓީމު ރެއާލް މެޑްރިޑާ ކުޅެން ޖެހުނު ކަމުގައި ވިޔަސް ކުރީގެ ކަންތައްތަކެއްގެ ބަދަލުހިފުމުގެ ވިސްނުމެއް މެންޗެސްޓާ ސިޓީން ނުގެންގުޅޭ ކަމަށް އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފި އެވެ.

މިއީ ޗެމްޕިއަންސް ލީގުގެ ނޮކައުޓް ބުރުގައި ސިޓީ އާއި ރެއާލްގެ ތިން ވަނަ ކުރިމަތިލުމެވެ. މި ތިން މެޗުގެ ތެރެއިން ދެ މެޗު ކުޅެފައިވަނީ ގާޑިއޯލާ 2016 ވަނަ އަހަރު ސިޓީއާ ހަވާލުވި ފަހުންނެވެ. އެ ގޮތުން، ރެއާލުން ވަނީ ދެ ފަހަރެއްގެ މަތިން ސެމީ ފައިނަލުގައި ސިޓީ ކަޓުވާލައިފަ އެވެ. އެއީ މިދިޔަ ސީޒަނުގެ އިތުރުން، ސިޓީގެ ކޯޗަކަށް މެނުއަލް ޕެލެގްރީނީ ހުއްޓައި، 2015/2016 ވަނަ އަހަރު އެވެ. ސިޓީން ވަނީ 2019/2020 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ގަދަ 16 ބުރުގައި ރެއާލް އަތުން ދެ ލެގުގައި ވެސް މޮޅުވެ، ކާމިޔާބު ހޯދައިފަ އެވެ. އޭރު ކޯޗަކީ ގާޑިއޯލާ އެވެ.

މިދިޔަ ސީޒަނުގައި ފަހު ވަގުތު ހިތްދަތި ގޮތަކަށް ރެއާލް އަތުން ސިޓީ ކެޓުމުން އޭގެ ބަދަލުހިފަން ސިޓީން މި ފަހަރު މަސައްކަތް ކުރާނެ ކަމަށް މީޑިއާގައި ވަނީ ވާހަކަދެކެވިފަ އެވެ. އެ ކަމަށް ބާރު ލިބޭ ގޮތަށް ސިޓީގެ ޕޯޗުގީސް މިޑްފީލްޑަރު، ބެނާޑޯ ސިލްވާ ވެސް ވަނީ އިންޓަވިއުއެއް ދީފަ އެވެ.

މިރޭ ރެއާލް ދަނޑުގައި ކުޅޭ ސެމީ ފައިނަލް ފުރަތަމަ ލެގުގެ ކުރިން ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަމުން ގާޑިއޯލާ ބުނީ ބަދަލުހިފުމުގެ ވާހަކަ އާ މެދު ދައްކާނެ ވާހަކައެއް ނެތް ކަމަށެވެ.

"ބަދަލުހިފުމުގެ ވާހަކަތަކެއް ނޫން އަހަރެން ދައްކާހިތް އޮތީ. އަހަރެން ބޭނުންވަނީ މިއީ ސިޓީގެ ތާރީހުގައި ކުރިއަށް ފިޔަވަޅެއް އަޅަން ލިބޭ ބޮޑު ފުރުސަތަކަށް ހަދަން. ކުރިން ވެފައި ހުރި ކަމެއް ވިއްޔާ މިހާރު އެކަންކަން އެ ހުރީ މާޒީއާ އެކު ގޮސްނިމިފައި. އަލުން އެ ވާހަކަ ދައްކައިގެން ވާނެ ކަމެއް ނެތް،" ބާސެލޯނާއާ އެކު 2009 އާއި 2011 ވަަނަ އަހަރު ޗެމްޕިއަންސް ލީގު ހޯދި ގާޑިއޯލާ ބުންޏެވެ.

މިދިޔަ އަހަރުގެ ސެމީ ފައިނަލުގައި ފުރަތަމަ ލެގު ސިޓީ ދަނޑުގައި ކުޅެފައި، ދެ ވަނަ ލެގު ކުޅުނީ މެޑްރިޑްގަ އެވެ. މި ފަހަރު ދެ ވަނަ ލެގު ސިޓީ ދަނޑުގައި ކުޅެން އޮތުމަކީ ސިޓީ އަށް މިކަމުގައި ފައިދާއެއް ނެގިދާނެ ކަމެއްތޯ އެހުމުން ގާޑިއޯލާ ބުނީ ވިސްނުމަކީ އަމިއްލަ ދަނޑުގައި ކުޅޭ ލެގަށް ދާއިރު، އަމިއްލަ ކޮންޓްރޯލް އޮންނަ ހާލަތެއްގައި އޮތުން ކަމަށެވެ.

އަނިޔާގެ ސަބަބުން ސިޓީގެ ޑިފެންޑަރު، ނޭތަން އަކޭ އެ ކްލަބުން ބޭއްވި އެންމެ ފަހުގެ ފަރިތަކުރުންތަކުގައި ބައިވެރިނުވެ އެވެ. ރެއާލުން ސްޕެނިޝް ކަޕް ފައިނަލުގައި ކުޅެން ޖެހުނީ އަނިޔާގައި ހުރި 37 އަހަރުގެ މިޑްފީލްޑަރު ލޫކަ މޮޑްރިޗް ނެތި އެވެ. އެކަމަކު، މިރޭ ސިޓީއާ ދެކޮޅަށް ކުޅޭ މެޗަށް މޮޑްރިޗް ފިޓް ކަމަށް ރެއާލުން ވަނީ ބުނެފަ އެވެ.

ސިޓީ އާއި ރެއާލް ކުޅޭ މެޗު ފަށާނީ ރާއްޖެ ގަޑިން މިރޭ 00:00 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox