ސަސްޕެންޑް ކުރިތާ ހަ ދުވަސް ފަހުން މެސީ ޕްރެކްޓިހަށް

May 8, 2023, 2:50 PM
ޕީއެސްޖީގެ ފަރިތަކުރުމެއްގެ ތެރެއިން މެސީ:

ޕީއެސްޖީގެ ފަރިތަކުރުމެއްގެ ތެރެއިން މެސީ:

ޕެރިސް (މެއި 8) - ހުއްދަ ނުހޯދައި، ސައުދީ އަރަބިއްޔާ އަށް ދިއުމުން ސަސްޕެންޑްކުރިތާ ހަ ދުވަސް ފަހުން ޕީއެސްޖީގެ ތަރި، ލިއޮނަލް މެސީ އެ ކްލަބްގެ ޕްރެކްޓިހުގައި ބައިވެރިވާން ފަށައިފި އެވެ.

މިދިޔަ ހަފްތާގައި ޕީއެސްޖީން ލޮރިއެންޓް އަތުން ބަލިވި މެޗަށް ފަހު، ޖެހިގެން އައި ދުވަހު ކްލަބްގެ ހުއްދަ ނެތި ސްޕޮންސަޝިޕް ކަމެއްގައި ސައުދީ އަރަބިއްޔާ އަށް ދިޔަ އެވެ.

މެސީ، 35، މި ދަތުރު ކުރި ދުވަހު، ކްލަބްގެ ޕްރެކްޓިހަށް ނާންނާތީ އާއި ޓީމުގެ ހުއްދަ ނެތި ދަތުރުކުރުމުން ސަސްޕެންޑްކުރީ ދެ ހަފްތާ އަށެވެ. އެކަމަކު، މެސީ މާފަށް އެދުމުން، މިއަދު، ޕީއެސްޖީން ވަނީ އެ ކްލަބްގެ ޕްރެކްޓިހުގައި ބައިވެރިވުމުގެ ހުއްދަދީފަ އެވެ.

އަންނަ މަހު 36 އަހަރު ފުރޭ މެސީ ޕީއެސްޖީ ކޮންޓްރެކްޓްގައި ހުރީ މި ސީޒަނުގެ ނިޔަލަށެވެ. ދިމާވި މައްސަލައިގެ ސަބަބުން މެސީ ޕީއެސްޖީގައި މަޑުނުކުރާނެކަން ގާތްގަނޑަކަށް ވަނީ ޔަގީންވެފަ އެވެ. މެސީ އާއި ނޭމާގެ ގޭ ކައިރީގައި ޕީއެސްޖީ ސަޕޯޓަރުން އެއްވެ، ކުޅުންތެރިންނާ ދެކޮޅަށް އަޑުގަދަކުރާ މަންޒަރުތައް ދައްކައިދޭ ވީޑިއޯތައް ސޯޝަލް މީޑިއާގައި ވައިރަލް ވެފަ އެވެ.

މެސީގެ ސޮއި ހޯދަން ސައުދީ އަރަބިއްޔާގެ އަލް ހިލާލް އާއި އޭނާގެ ކުރީގެ ކްލަބް، ބާސެލޯނާ އާއި އިޓާލިއަން ލީގުގެ ޓީމެއްގެ އިތުރުން އެމެރިކާ ލީގު، މޭޖަ ލީގު ސޮކާ (އެމްއެލްއެސް)ގެ ކްލަބެއް ވެސް ހިމެނެ އެވެ.

ބާސެލޯނާ އިން އަލުން މެސީ ގެންދާނަމަ އެ ކްލަބްގެ މާލީ ހާލަތު ރަނގަޅު ކުރަން ޖެހެ އެވެ. އެ މަސައްކަތުގައި ލަލީގާ އިން ވެސް އެހީތެރިވާން އޮތީ ތައްޔާރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox