ހުއްދަ ނުހޯދައި ސައުދީ އަށް ދިއުމުން ޕީއެސްޖީން މެސީ އަށް އަދަބުދީފި

May 2, 2023, 7:49 PM
ހުއްދަ ނުހޯދައި ސައުދީ އަށް ދިއުމުން ޕީއެސްޖީން މެސީ އަށް އަދަބުދީފި

ޕެރިސް (މެއި 3) - އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ، އޭނާ ކުޅެމުން އަންނަ ކްލަބް، ފްރާންސްގެ ޕީއެސްޖީގެ ހުއްދަ ނުހޯދައި ސައުދީ އަރަބިއްޔާ އަށް ގޮސްފައިވާތީ އޭނާ ދެ ހަފްތާ އަށް ސަސްޕެންޑްކުރަން ޕީއެސްޖީން ނިންމައިފި އެވެ.

އަންނަ މަހު 36 އަހަރު ފުރޭ މެސީ ވަނީ އާދިއްތަ ދުވަހުގެރޭ ޕީއެސްޖީން ފްރެންޗް ލީގުގައި ލޮރިއެންޓް އަތުން ބަލިވި މެޗުގައި 90 މިނިޓް ކުޅެފަ އެވެ. އެ މެޗަށް ފަހު މެސީ ވަނީ ސައުދީ އަރަބިއްޔާ އަށް އަމިއްލަ ދަތުރެއްގައި ގޮސްފަ އެވެ. ފްރާންސްގެ ބައެއް ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި މި ދަތުރު ދާން މެސީ ވަނީ ޕީއެސްޖީގައި އެދިފަ އެވެ. އެކަމަކު، ސަބަބެއް ހާމަކުރުމެއް ނެތި، މެސީގެ އެ އެދުމަށް އިޖާބަނުދޭން ޕީއެސްޖީން ނިންމީ އެވެ.

މިއީ، ޕީއެސްޖީގެ އޮފިޝަލުންގެ ހުއްދަ ނެގުމެއް ނެތި ކުރި ދަތުރެއް ކަމަށްވާތީ، ޕީއެސްޖީން މި މައްސަލަ ބަލައި، ޑިސިޕްލިނަރީ ފިޔަވަޅެއްގެ ގޮތުގައި ނިންމީ މެސީ ދެ ހަފްތާ އަށް ސަސްޕެންޑް ކުރާށެވެ.

ސަސްޕެންޝަނުގެ މުއްދަތުގައި މެސީ ޓްރެއިނިންތައް ގެންދާނީ ޓީމާ ވަކި އަމިއްލަ އަށެވެ.

ރިޕޯޓްތައް ބުނާގޮތުގައި މެސީ، ސައުދީ އަރަބިއްޔާ އަށް ކުރި ދަތުރަކީ އިސްތިހާރެއް ކުޅުމަށް ކުރަން ޖެހުނު ދަތުރެކެވެ. މެސީ އަކީ ސައުދީ އަރަބިއްޔާގެ ޓުއަރިޒަމް ޕްރޮމޯޓްކުރުމުގެ ކޮންޓްރެކްޓެއްގައި ހުރި އެމްބަސަޑަރެކެވެ.

ޕީއެސްޖީން މެސީ އަށް މި އެޅި ފިޔަވަޅުގެ ސަބަބުން އޭނާ އެ ކްލަބާ އެކު ކޮންޓްރެކްޓް އާ ނުކުރާނެކަން ޔަގީންވެފައިވާ ކަމަށް ފްރާންސްގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ. ބާސެލޯނާ ދޫކޮށް ޕީއެސްޖީ އަށް ބަދަލުވެ، ދެ އަހަރުގެ ކޮންޓްރެކްޓެއްގައި މެސީ ސޮއިކުރިއިރު، އެ އެއްބަސްވުން މި ސީޒަނުގެ ނިޔަލަށް ހަމަވާނެ އެވެ.

ބާސެލޯނާ އިން އަންނަނީ އަލުން މެސީ ގެނެވޭނެ ގޮތެއް އޮތްތޯ ބަލައި، އެ އަށް މަސައްކަތް ކުރަމުންނެވެ. ބާސެލޯނާގެ މާލީ ހާލަތު ގޯސްވެގެން އެ ޓީމަށް ކޮންޓްރެކްޓް އާ ނުކުރެވިގެން މެސީ ދޫކޮށްލީ 2021 ވަނަ އަހަރު އެވެ. ޕީއެސްޖީ އަށް ކުޅެދިން 69 މެޗުން މެސީ ވަނީ އެ ޓީމަށް 31 ގޯލު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox