ވެލެންސިއާ ބަލިކޮށް ލީގުގެ ފުރަތަމަ މޮޅު ޓީސީ އަށް

May 8, 2023, 12:53 PM
ޓީސީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޓީސީގެ ކުޅުންތެރިން ގޯލު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: މުހައްމަދު ޝާބިން/ އަދަދު

ޒުވާން ސްކޮޑަކާ އެކު މި ސީޒަނަށް ކުރިމަތިލި ކްލަބް ވެލެންސިއާ 2-0 އިން ބަލިކޮށް، ޓީސީ ސްޕޯޓްސް ކްލަބުން މި ފަހަރުގެ އެމްޑަބްލިއުއެސްސީ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މޮޅު ހޯދައިފި އެވެ.

ޕްރެޒިޑެންޓްސް ކަޕެކޭ އެއްގޮތަށް ވެލެންސިއާ އިން މި މެޗަށް ނެރުނު ފުރަތަމަ އެގާރައިގައި ވެސް 14 އަހަރުގެ އީތަން އިބްރާހިމް ޒަކީ އާއި މުހައްމަދު އިލާން އިމްރާން ވަނީ ހިމެނިފަ އެވެ.

ގަލޮޅު ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގެ ފުރަތަމަ ރަނގަޅު ފުރުސަތު ހޯދީ ވެސް ވެެލެންސިއާގެ ޒުވާން ތަރި، އިލާން އެވެ. އެ ގޮތުން، ތިން ވަނަ މިނިޓްގައި ޓީސީ ޑިފެންސް ފަހަތަށް މަތިން އައި ބޯޅައެއް ހޯދައި، ގޯލުގެ ދުރު ކަނަށް ޖަހަން އިލާން ފޮނުވާލި ބޯޅަ ދިޔައީ ގޯލާ ސީދާނުވެ މަތިންނެވެ.

ޓީސީން މަޑުމަޑުން މެޗުގެ ކޮންޓްރޯލް ނަގައި، 16 ވަނަ މިނިޓްގައި ގޯލު ޖެހި އެވެ. މިއީ އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން ޓީސީގެ ކުރިއަށް ކުޅޭ މުހައްމަދު މުސްލިހު (މުއްޓި) ޖެހި ގޯލެކެވެ. މުއްޓި ފޮނުވާލި ބޯޅަ ގޯލަށް ވަންއިރު، ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން އަށް މާ ބޮޑު ކަމެއް ނުކުރެވުނެވެ. އިމްއާން އަކީ މީގެ ކުރިން ޓީސީ އަށް ވެސް ކުޅެފައިވާ ކީޕަރެކެވެ.

ލީޑުފުޅާކުރަން ޓީސީން ކުރި މަސައްކަތް ވަނީ މެޗުގެ 30 ވަނަ މިނިޓްގައި ކާމިޔާބުކޮށްފަ އެވެ. އޭރިއާތެރެއިން ޓީސީގެ އީރާސް އަހުމަދު (އީތޯ) ޖެހި ބޯޅަ ގޯލުގެ އަރިމަތިން ހޯދައި، ޓީސީގެ އަހުމަދު މާއިޝް ރަޝީދު ފޮނުވާލުމުން ގޯލަށް ބޯޅަ ވަނީ ކީޕަރު އިމްއާން އަތުގައި ޖެހިފަ އެވެ.

ފުރަތަމަ ހާފުގައި ޓީސީގެ އޭރިއާތެރެއަށް ވެލެންސިއާގެ އީތަން ދެ ފަހަރެއްގެ މަތިން ބޯޅަ ހިފައިގެން ވަދެ، ގޯލަށް ބޯޅަ ޖެހޭތޯ ކުރި މަސައްކަތް ކާމިޔާބެއްނުވި އެވެ.

ޓީސީން ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ހަ މިނިޓް ތެރޭ އެ ޓީމުގެ ތިން ވަނަ ގޯލު ޖެހުމާ ގާތަށް ޖެހިލި އެވެ. މެޗުގެ 51 ވަނަ މިނިޓްގައި މުއްޓި އޭރިއާބޭރުން ޖެހި ބޯޅަ ބޭރުވީ ދަނޑީގައި ޖެހިފަ އެވެ.

ބަދަލަކަށް ކުޅެން އެރި ޓީސީގެ އަހުމަދު ސާމިއު މެޗުގެ 81 ވަނަ މިނިޓްގައި ފޮނުވާލި ބޯޅަ ވެލެންސިއާގެ ޑިފެންޑަރު، މުހައްމަދު އައިހަމް އަންވަރު ވަނީ ބްލޮކްކޮށްފަ އެވެ. އޭގެ ކުރިން، ޓީސީގެ އަހުނަފް މުހައްމަދު ތަސްނީމް (ނަފްކޮ) އޭރިއާތެރެއިން އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ދޭން އުޅުނު ބޯޅަ އެ ޓީމުގެ އެހެން ކުޅުންތެރިއަކަށް ނުލިބުނެވެ.

މުޅި މެޗުގައި ވެލެންސިއާ އަށް ގޯލެއް ޖަހަން ލިބުނު އެންމެ ރަނގަޅު ހުސް ފުރުސަތު ލިބުނީ އިތުރު ވަގުުތުގައި އެ ޓީމުގެ އަބްދުﷲ ޔާމީން (ޔާނު) އަށެވެ. އޭރިއާތެރެއިން ބޯޅަ ކޮންޓްރޯލް ކުރުމަށް ފަހު ޔާނު ޖެހި ބޯޅަ ދިޔައީ ހުރަސްދަނޑިމަތިންނެވެ.

ލީގުގައި މިރޭ ކުޅޭ މެޗުގައި ކްލަބް އީގަލްސް ނުކުންނާނީ ބުރު ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox