ސީރިއާއާ އެކު ގުޅުން ގާއިމްނުކުރާނެ ކަމަށް ގަތަރުން ބުނެފި

ގަތަރް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޑރ. މާޖިދް މުހައްމަދު އަލް އަންސާރީ. -- ފޮޓޯ: ޓްވިޓާ

ގަތަރް ފޮރިން މިނިސްޓްރީގެ ތަރުޖަމާނު ޑރ. މާޖިދް މުހައްމަދު އަލް އަންސާރީ. -- ފޮޓޯ: ޓްވިޓާ

ދޯހާ، ގަތަރު (މޭ 8) - ސީރިއާގެ ރައީސް ބައްޝާރުލް އަސަދްއާ ދެކޮޅު ގަތަރުން ސީރިއާއާ އެކު ޑިޕްލޮމެޓިކް ގުޅުން އަލުން ގާއިމްނުކުރާނެ ކަމަށް އާދީއްތަ ދުވަހު ބުނެފި އެވެ.

ގަތަރުން އެހެން ބުނީ ސީރިއާއަށް އަލުން އަރަބި ލީގުގެ މެމްބަރުކަން ދިނުމާ ގުޅިގެންނެވެ. ގަތަރު ހިމެނޭ ގޮތަށް، އަރަބި ލީގުގެ ހުރިހާ ގައުމަކުން ވެސް އެއްބަސްވީ ސީރިއާއަށް މެމްބަރުކަން ދިނުމަށެވެ.

އަރަބި ލީގުން 2011 ވަނަ އަހަރު ސީރިއާ އެކަހެރި ކުރީ އެ ގައުމުގެ އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ރައީސް ބައްޝާރުލް އަސަދް ކުރިއަށް ގެންދެވި ކެމްޕެއިނާ ގުޅިގެންނެވެ.

"ސީރިއާގެ ސަރުކާރާ އެކު ގުޅުން ގާއިމްނުކުރަން ގަތަރުން ނިންމާފައި އޮތް ނިންމުމަށް ބަދަލެއް ނާދޭ،" އެ ގައުމުގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު މާޖިދް ބިން މުހައްމަދު އަލް އަންސާރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އަރަބި ގައުމުތަކުގެ ވިސްނުމަށް ގަތަރުން އެއްބާރުލުން ދިން ނަމަވެސް، ގަތަރާއި ސީރިއާއާ ދެމެދު ގުޅުން ގާއިމްކުރެވޭނީ ސިޔާސީ ގޮތުން ސީރިއާއިން ހޯދާ ކުރިއެރުންތަކަށް ބެލުމަށް ފަހުގައި ކަމަށެވެ.

"ސީރިއާ ބޮއިކޮޓް ކުރަން އަޅުގަނޑުމެންނަށް މަޖުބޫރުވި ސަބަބުތައް ބަލައި، އެކަން ހައްލު ކުރުމަކީ އަސަދުގެ ސަރުކާރުން ކުރަން ޖެހޭ ކަމެއް."

ސީރިއާގެ ދާހިލީ ހަމަނުޖެހުމާ އެކު ހަނގުރާމަ ފެށުމުން، ބައްޝާރުލް އަސަދްގެ ސަރުކާރު އޮތީ އަރަބި ދުނިޔެއާ އެކަހެރިވެފަ އެވެ. އަދިވެސް ދާހިލީ ހަމަނުޖެހުމަށް ހައްލެއް ނުލިބެ އެވެ. މި ވަގުތު ސީރިއާގެ އުތުރުގެ ބޮޑު ސަރަހައްދެއް އޮތީ އިދިކޮޅު ގްރޫޕްތަކުގެ ކޮންޓްރޯލްގެ ދަަށުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޑިމޮކްރެޓް އޮފިޝަލަކު ރިޕަބްލިކަން ކެންޑިޑޭޓަށް ތާއީދުކޮށްފި

މިޝިގަންގެ ސެނެޓް އިންތިޚާބަށް ދެ ދުވަހަށް ވެފައި ވަނިކޮށް، ޑިމޮކްރެޓިކް ޕާޓީގެ އިސް މެންބަރު ހޭލީ ސްޓީވަންސް ވަނީ އަމިއްލަ ޕާޓީގެ ކެންޑިޑޭޓާ އުފެދުނު ޚިޔާލުތަފާތުވުންތަކާ ހުރެ ރިޕަބްލިކަން ކެންޑިޑޭޓް މައިކް ރޮޖާސްއަށް ތާއީދުކުރަން ނިންމާފައެވެ. ސްޓީވަންސްގެ މި ކުއްލި ނިންމުމާ ގުޅިގެން ޑިމޮކްރެޓިކް ޕާޓީގެ ތެރޭގައި ބޮޑު ސިހުމެއް އުފެދިފައިވާއިރު، ބައެއް މެންބަރުން މިކަން ސިފަކުރަނީ ޕާޓީއަށް ވީ ބޮޑު ޚިޔާނާތެއްގެ ގޮތުގައެވެ.

އިންތިހާބު ވަގަށް ނެގީ ގަތަރުން ރާވައިގެން: ނަތަންޔާހޫ

އިސްރާއީލުގެ އިންތިޚާބަށް ބޭރުގެ ނުފޫޒު ފޯރުވި ކަމަށް ބުނެ ނަތަންޔާހޫގެ ޕާޓީން ކުރާ ތުހުމަތުތަކުން އިންތިޚާބުގެ ނަތީޖާއަށް ބަދަލެއް ނާންނާނެ ކަމަށް އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ. ނަތަންޔާހޫގެ ޕާޓީން ގަތަރާއި އަރަބި ޕާޓީތަކަށް ވޯޓު އޮޅުވާލުމުގެ ތުހުމަތު ކުރާއިރު، ގަތަރާއި އަރަބި ލީޑަރުން ވަނީ އެ ވާހަކަތައް ދޮގުކޮށް އެއީ ސިޔާސީ ނުފޫޒު ފޯރުވުމެއް ކަމަށް ބުނެފައެވެ.

ވޯލް ސްޓްރީޓް ޖާނަލްއާ ދެކޮޅަށް ހުށަހެޅި ދައުވާ ބޭރުކޮށްފި

ޖެފްރީ އެޕްސްޓީންއާ ގުޅުވައި ވޯލް ސްޓްރީޓް ޖާނަލްއިން ޝާއިއުކުރި ރިޕޯޓަކާ ގުޅިގެން ޓްރަމްޕް ހުށަހެޅުއްވި 10 ބިލިއަން ޑޮލަރުގެ އަބުރުގެ ދައުވާ އެމެރިކާގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. ފަނޑިޔާރު މި މައްސަލަ ބޭރުކޮށްލެއްވީ ނޫސްވެރިކަމުގެ މިނިވަންކަމާ ފުށުއަރާ ކަމަށް ނިންމަވައި، ދެން ދުވަހަކުވެސް މި މައްސަލަ ހުށަނޭޅޭނެ ގޮތަށެވެ.

ޕަލެސްޓައިން އެކްޝަންއަށް ތާއީދުކޮށް އެއްވި 300 މީހުން ހައްޔަރު

ލަންޑަނުގައި ހުންނަ އެމެރިކާ އެމްބަސީ ކައިރީގައި، މަނާކޮށްފައިވާ "ޕަލެސްޓައިން އެކްޝަން" ގްރޫޕަށް ތާއީދުކޮށް މުޒާހަރާކުރި 300 އަށްވުރެ ގިނަ މީހުން ޓެރަރިޒަމްގެ ގާނޫނުގެ ދަށުން އިނގިރޭސި ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި ޖަމާއަތް މަނާކުރި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ ފުރުސަތު ލިބިފައިވާއިރު، އެމްނެސްޓީ އިންޓަނޭޝަނަލް އިން ވަނީ މި ހައްޔަރުކުރުންތަކަށް ފާޑުކިޔައި އެ ގްރޫޕް މަނާކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ގޮވާލާފައެވެ.

ގަލްފު ސަރަހައްދުގައި ގަތަރުގެ ތެޔޮ ބޯޓަކަށް ހަމަލާ ދީފި

ގަލްފު ސަރަހައްދުން ދަތުރުކުރި ގަތަރުގެ "އަލް މައިދާ" ނަމަކަށް ކިޔާ ގޭސް ބޯޓަކަށް ހަމަލާއެއް ދީފި އެވެ. މި ހަމަލާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވާ އިރު، ބޯޓުގެ އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށްދާ ކަމަށް ގަތަރު ގޭސް ޓްރާންސްޕޯޓް ކޮމްޕެނީން ބުނެއެވެ. މިއީ އީރާނާއި އެމެރިކާ އަދި އިސްރާއީލާ ދެމެދު ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ވިޔަފާރި އުޅަނދުތަކަށް އަމާޒުކޮށް ދެމުންދާ ހަމަލާތަކުގެ ތެރެއިން ހިނގި ހާދިސާއެކެވެ.

އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް"ގެ ކަންބޮޑުވުން

އިތުބާރު ހުރި ސަޕްލައި ޗެއިންތަކެއް ބިނާކުރުމަށާއި، މާކެޓް އުސޫލުތަކާ ޚިލާފަށް ކުރިމަތިވާ އިގްތިސާދީ މަޖުބޫރުކުރުންތަކާ މެދު "ކުއަޑް" އިއްތިހާދުގެ ގައުމުތަކުން ކަންބޮޑުވުން ފާޅުކޮށްފިއެވެ. މި ބައްދަލުވުމުގައި މިނިވަން އިންޑޯ-ޕެސިފިކް ސަރަހައްދަކަށް ތާއީދުކޮށް، އެ ސަރަހައްދުގެ އޭއައި ޓެކްނޮލޮޖީ ކުރިއެރުވުމަށް 85 މިލިއަން ޑޮލަރުގެ އެހީ ދިނުމަށް ވަނީ އެއްބަސްވެފައެވެ.

ކޮޕް17 ގައި އެއްބަސްވުމަކާ ހަމައަށް، ފައިސާގެ މައްސަލަ ބޮޑު

އަރްމީނިއާގައި ބޭއްވި ކޮޕް17 ކޮންފަރެންސްގައި ދުނިޔޭގެ ދިރުންތަކުގެ ނަސްލު ހިމާޔަތްކުރުމުގެ މަސައްކަތް ވަރުގަދަކުރުމަށް "ޔެރެވަން ޕާތުވޭ" ގެ ނަމުގައި އެއްބަސްވުމެއް އެކުލަވާލައިފިއެވެ. ނަމަވެސް، މި މަސައްކަތްތަކަށް ބޭނުންވާ ފައިސާ ހޯދާނެ ގޮތަކާ މެދު ގައުމުތަކުގެ މެދުގައި އަދިވެސް ވަނީ ގޮތެއް ނުނިންމި ހިޔާލުތަފާތުވުންތަކެއް އުފެދިފައެވެ.

Newsletter

Get the latest news delivered straight to your inbox