މޫނު ބުރުގާ އެޅުން މަނާ ކުރި މައްސަލައިގައި އަރަބިއްޔާގެ ބެލެނިވެރިން ހައި ކޯޓަށް

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންތަކެއް މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން ބައެއް ބެލެނިވެރިން ޕޯސްޓަރުތަކާއެކު ޝުއޫރުފާޅުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަރަބިއްޔާ ސްކޫލުގެ ބެލެނިވެރިންތަކެއް މީގެ ކުރިން ކުރި މުޒާހަރާއެއްގެ ތެރެއިން ބައެއް ބެލެނިވެރިން ޕޯސްޓަރުތަކާއެކު ޝުއޫރުފާޅުކުރަނީ -- ފޮޓޯ: މުހައްމަދު ޝާބިން/އަދަދު

އަރަބިއްޔާ ސްކޫލަށް މޫނު ބުރުގާ އަޅައިގެން ދިޔުން މަނާ ކުރުމުން، މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދެވޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި ހުށަހެޅި ވަގުތީ އަމުރާ މެދު ސިވިލް ކޯޓުން ނިންމި ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފި އެވެ.

މޫނު ބުރުގާ އަޅާ ބައެއް ދަރިވަރުން ތައުލީމު ހާސިލުކުރަމުންދާ އަރަބިއްޔާގެ ޔުނިފޯމް ކޯޑުގައި މޫނު ބުރުގާ ނުހިމެނޭ ގޮތް ހަދައި މޫނު ބުރުގާ އަޅައިގެން ދަރިވަރުން ނުފޮނުވުމަށް ސްކޫލުން އެންގުމުން، ބެލެނިވެރިންތަކެއް ސިވިލް ކޯޓަށް ޖުޑިޝަލް ރިވިއުގެ ދައުވާއެއް ހުށަހެޅީ، އެކަމުގެ ސަބަބުން އެ ކުދިންގެ ތައުލީމު އުނގެނުމުގެ ހައްގަށް ހުރަސް އެޅޭ ކަމަށް ބުނެ އެވެ.

އެ މައްސަލަ ކޯޓުން ބަލައި ނިމެންދެން މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދިޔުމަށް ހުރަސް ނޭޅޭނެ ކަމަށް ވަގުތީ އަމުރަކުން ކަނޑައަޅައިދޭން އެ ބެލެނިވެރިން އެދުނަސް، ސިވިލް ކޯޓުން މިދިޔަ އޭޕްރިލް 17, ގައި ނިންމީ އެ އަމުރު ނެރެން ޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ހައި ކޯޓުން އާންމު ކުރާ، އެ ކޯޓަށް ހުށަހަޅާ މައްސަލަތަކުގެ ރަޖިސްޓްރީއިން އެނގޭ ގޮތުގައި އެ އަމުރު ނެރެނުދޭން ސިވިލް ކޯޓުން ނިންމި ނިންމުން އެ ބެލެނިވެރިންގެ ފަރާތުން މިހާރު ވަނީ ހައި ކޯޓުގައި އިސްތިއުނާފު ކުރަން ހުށަހަޅައިފަ އެވެ. އެކަމަކު އެ މައްސަލަ ބަލައިގަތުމާ މެދު އަދި ގޮތެއް ނުނިންމަ އެވެ.

ތިން ބެލެނިވެރިއަކު ސިވިލް ކޯޓަށް ހުށަހެޅި ދައުވާގައި ވަނީ މޫނު ބުރުގާ އަޅައިގެން ސްކޫލަށް ދަރިވަރުން ނުފޮނުވޭނެ ކަމަށް އަރަބިއްޔާގެ ބައެއް ބެލެނެވެރިންނަށް އަނގަބަހުންނާއި ލިޔުމުން އަންގައި ދަރިވަރުން ސްކޫލަށް ހާޒިރުވުމަށް ހުރަސްއަޅާ ކަމަށެވެ.

އެހެންވެ، މޫނު ބުރުގާ އަޅައިގެން ނޫނީ މުޖުތަމައުގެ ތެރެއަށް ނިކުންނަން ބޭނުންނުވާ އަންހެން ކުދިންނަށް ރަސްމީ ތައުލީމު ލިބޭނެ އެހެން ގޮތެއް ގާއިމްކޮށްނުދީ، އެ ކުދިންނަށް ރަސްމީ ތައުލީމު ލިބިގަތުމުގެ ހައްގުން މަހުރޫމު ކުރެވޭނެ އެއްވެސް ގަވާއިދެއްގައި ނުހެދޭނެ ކަމަށާއި އެންގުމެއް ވެސް ނޭންގޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެ ދައުވާގައި އެދިފައިވެ އެވެ.

ޔުނީފޯމް ކޯޑުގެ ތެރެއިން ވިޔަސް ތައުލީމީ ފުރުސަތު ނުލިބޭނެ ގޮތަށް ސިޔާސަތުތައް ތަންފީޒު ނުކުރެވޭނެ ކަމަށާއި މޫނު ބުރުގާ އަޅާ ކުދިންނާމެދު ތަފާތުކުރުންތައް ބަހައްޓައި، އެ ކުދިންނަށް ހަނގާ ނުކުރެވޭނެ ކަމަށް ކަނޑައަޅައިދޭން ވެސް ދައުވާގައި އެދުނެވެ.

ވަގުތީ އަމުރާ މެދު ކުރި ބަހުސްގައި ދައުލަތުން ކޯޓުގައި ބުނީ، ޔުނީފޯމް ކޯޑާ ހިލާފުވެގެން ސްކޫލަށް އައުން ނުވަތަ ތައުލީމުން ދަރިވަރުން މަހުރޫމު ކުރެވޭ އެއްވެސް ފިޔަވަޅެއް އެޅުމުގެ ބާރު ސްކޫލަށް އަދި އެޑިއުކޭޝަން މިނިސްޓްރީއަށް ވެސް ލިބިގެންނުވާ ކަމަށެވެ.

ދައުލަތުން ބުނެފައި ވަނީ ޔުނިފޯމް ކޯޑާ ހިލާފުވުމުން އޮންނާނީ ފިޔަވަޅު އެޅުން ކަމަށާއި އެކަމަކު ކޮންމެ ދަރިވަރަކަށް ވެސް ކިޔަވަން އައުމުގެ ހައްގު އެބައޮތް ކަމަށެވެ. އަދި އެ ދަރިވަރުން ސްކޫލަށް ފޮނުވުމަކީ ބެލެނިވެރިންގެ ޒިންމާއެއްކަން ދައުލަތުން ފާހަގަކުރި އެވެ.

އޭގެ އިތުރުން، ދައުވާ ކުރި ބެލެނިވެރިންގެ ފަރާތުން ހެކީގެ ގޮތުގައި ހުށަހަޅާފައި ދެ ރަސްމީ ލިޔުމުން ވެސް އެއްވެސް ދަރިވަރަކު ސްކޫލަށް އައުމަށް ނުވަތަ ކްލާހަށް ހާޒިރުވުމަށް ނުވަތަ އިމްތިހާނެއް ހެދުމަށް މަނާކޮށްފައި ނުވާކަން އެނގޭ ކަމަށް ދައުލަތުން ބުންޏެވެ.

ސިވިލް ކޯޓުން އެ މައްސަލައިގައި ނިންމި ނިންމުމުގައި ފާހަގަކުރީ، މޫނު ބުރުގާ އަޅައިގެން އަރަބިއްޔާއަށް ދާ ކުދިން ސްކޫލު ޔުނީފޯމު ކޯޑާއި ހިލާފުވި ނަމަވެސް ތައުލީމު ހާސިލު ކުރުމުގެ ހައްގުން މަހުރޫމު ކޮށްފައި ނުވާކަން ވަގުތީ އަމުރަށް އެދޭ ފަރާތުން ވެސް އަދި ދައުލަތުގެ ބަހުން ވެސް އެނގޭ ކަމެވެ.

އޭގެ އިތުރުން، ޖުޑީޝަލް ރިވިއުގެ ދައުވާއެއް ކޯޓަށް ހުށަހަޅާއިރު ދައުވާ ހުށަހަޅާ ފަރާތުގެ ހައިއްސިއްޔަތު ސާފުވާން ޖެހޭއިރު، މި މައްސަލައިގައި އެކަން ސާފު ނޫން ކަމަށް އެ ނިންމުމުގައިވެ އެވެ.

އެގޮތުން ދައުވާ ހުށަހެޅީ އަރަބިއްޔާއަށް މޫނު ބުރުގާ އަޅައިގެން ދާ ކުދިންގެ ފަރާތުން ކަމަށް ބުނެފައިވީ ނަމަވެސް އެފަރާތުގެ ކުދިންނަކީ ކޮބައިކަމާއި އެ ކުދިން އަރަބިއްޔާގައި ތައުލީމު ހާސިލު ކުރަނީ ކޮން ގްރޭޑެއްގައިކަން އެނގޭނެ އެއްވެސް މައުލޫމާތެއް ދައުވާ ފޯމު އަދި ވަގުތީ އަމުރަށް އެދޭ ފޯމުގައި ވެސް ހިމަނާފައި ނުވާކަން ފާހަގަކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox