މާޒިން، ޕެރަލިމްޕިކްގެ ފުރަތަމަ ރަން މެޑަލް ރާއްޖެ އަށް ހޯދައިދީފި

May 6, 2023, 4:50 AM
އިންޑިއާގައި އޮތް ޕެރަލިމްޕިކް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަށްފަހު މާޒިން (ވ) އާއި އޭނާގެ ގައިޑް ޝިފާޒު (ކ)

އިންޑިއާގައި އޮތް ޕެރަލިމްޕިކް މުބާރާތުގެ 100 މީޓަރު ދުވުމުން ރަން މެޑަލް ހޯދުމަށްފަހު މާޒިން (ވ) އާއި އޭނާގެ ގައިޑް ޝިފާޒު (ކ)

އިންޑިއާގެ ބެންގަލޫރުގައި ކުރިއަށްދާ ފަސް ވަނަ އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕުގައި ވާދަކޮށް ރާއްޖޭގެ މުހައްމަދު މާޒިން ރަން މެޑަލް ހޯދައިފި އެވެ.

މި މަހުގެ 5-7 އަށް ބެންގަލޫރުގައި ކުރިއަށްދާ ފަސް ވަނަ އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕުން މާޒިން ރަން މެޑަލް ހޯދީ ޓީ11 ކެޓަގަރީގެ 100 މީޓަރު ދުވުމުންނެވެ. މާޒިން ރޭސް ނިންމީ 16.39 ސިކުންތުންނެވެ.

މިއީ, ޕެރަލިމްޕިކްސްގައި ރާއްޖެއިން ހޯދި ފުރަތަމަ ރަން މެޑައްޔެވެ. މާޒިންގެ ގައިޑެއްގެ ގޮތުގައި މި އިވެންޓުގައި ދުވެފައިވަނީ ހުސައިން ޝިފާޒް އެވެ.

ފަސް ވަނަ އިންޑިއަން އޯޕަން ޕެރަ އެތުލެޓިކްސްގެ އިންޓަނޭޝަނަލް ޗެމްޕިއަންޝިޕުގައި އިންޑިއާގެ ގިނަ އެތުލީޓުން ވާދަކުރާއިރު، ރާއްޖެ، ގްރީސް، ފިލިޕީންސް، ސްރީ ލަންކާ، ބަންގްލަދޭޝް، ކަޒަކިސްތާން، ކިރިގިސްތާން އަދި މޮންގޯލިއާ އިންވެސް އެތުލީޓުން އަންނަނީ ވާދަކުރަމުންނެވެ.

މި މުބާރާތަކީ މި އަހަރު ޗައިނާގައި އޮންނަ އޭޝިއަން ޕެރަލިމްޕިކް ގޭމްސް އާއި މި އަހަރު ޕެރިހުގައި އޮންނަ ވޯލްޑް ޕެރަ އެތުލެޓިކްސް ޗެމްޕިއަންޝިޕްގެ ކޮލިފައިން އަށް ޕޮއިންޓް ލިބޭ މުބާރާތެކެވެ.

ރާއްޖެ އަށް ފުރަތަަމަ ރަން މެޑަލް ހޯދައިދިން މާޒިން ވަނީ މީގެ ކުރިން 2019 ގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގައި ވާދަކޮށް ރާއްޖެ އަށް ލޯ މެޑަލް ހޯދައިދީފަ އެވެ.

ރާއްޖޭގައި މި ވަގުތު ހުރި އެންމެ ކާމިޔާބި ޕެރަ އެތުލީޓު މާޒިން އަންނަނީ ބައިނަލްއަގްވާމީ މެޑަލްތަކެއް ހޯދުމަށްޓަކައި ގިނަ ތަމްރީންތަކެއް ހަދަމުންނެވެ. އެ ގޮތުން މި އަހަރުގެ އައިއޯއައިޖީގައި ވެސް މެޑަލް ހޯދުމަކީ އޭނާގެ އަމާޒެކެވެ.

މީގެ ތިން އަހަރު ކުރިން، 2019 ވަނަ އަހަރުގެ އައިޯއައިޖީގައި ތައްޔާރީތަކަށް ބަލާއިރު މާޒިން އަށް ރަން މެޑަލް ހޯދުމުގެ ފުރުސަތު ބޮޑުކޮށް އޮތެވެ. ނަމަވެސް ރޭސް ފެށި ވަގުތު އޭނާގެ ފަޔަށް އެރި ތަދެއްގެ ސަބަބުން މާޒިން އަށް ރޭސް ނިންމާލެވުނީ އޭނާގެ ލަފާކުރި ޓައިމިން އަށް ވުރެ ލަހުންނެވެ.

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox