ނިއު ޔޯކް، އެމެރިކާ (މޭ 4) - އެމެރިކާގެ ޕޮޕް ލަވަކިޔުންތެރިޔާ އެޑް ޝީރަންއާ ދެކޮޅަށް ކޯޓުގައި ކުރިއަަށް ގެންދިޔަ ކޮޕީރައިޓް މައްސަލަ އޭނާ ކާމިޔާބުކޮށްފި އެވެ.
ކޯޓަށް ހުށަހެޅި މައްސަލައިގައި ބުނީ 2014 ވަނަ އަހަރުގެ ހިޓު ލަވަ "ތިންކިން އައުޓް ލައުޑް" ކޮމްޕޯޒް ކުރީ މާވިން ގަޔޭގެ "ލެޓްސް ގެޓް އިޓް އޯން" ލަވަ ކޮޕީކޮށްގެން ކަމަށެވެ.
ބުރާސްފަތި ދުވަހު ޖޫރީންގެ ނިންމުމާ މެދު އުފާވާ ކަމަށް އެޑް ޝީރަން ބުންޏެވެ. އެކަމަކު އެއްވެސް އަސާސެއް ނެތް މައްސަލަތައް ކޯޓާ ހަމައަށް ދިޔުމަކީ ހިތްހަމަނުޖެހޭ ކަމެއް ކަމަށް ބުންޏެވެ.
އުމުރުން 32 އަހަރުގެ އެޑް ޝީރަން ބުނީ އޭނާ "ތިންކިން އައުޓް ލައުޑް" ކޮމްޕޯޒް ކުރީ އޭމީ ވެޖްއާ ގުޅިގެން ފެބްރުއަރީ 2014 ގައި ކަމަށެވެ.
އެ މައްސަލަ ކޯޓަށް ހުށަހެޅީ މާވިން ގަޔޭއާ އެކު "ލެޓްސް ގެޓް އިޓް އޯން" ލިޔުނު އެޑް ޓައުންސެންޑްގެ އާއިލާއިންނެވެ. އެ މީހުން އެދުނީ "ތިންކިން އައުޓް ލައުޑް"ގެ ފައިދާއިން ބައެއް ހޯދުމަށެވެ.

މިދިޔަ އަހަރު ވެސް އެޑް ޝީރަންގެ ލަވައެއްގެ މައްސަލަ ކޯޓުގައި ކުރިއަށް ދިޔަ އެވެ. "ޝޭޕް އޮފް ޔޫ" ލަވައިގެ މައްސަލައިގައި ވެސް ކުރި ހޯދީ އެޑް ޝީރަން އެވެ.










