އިންތިހާބު ނުބޭއްވި އިންޑިއާ ބާސްކެޓް އެސޯސިއޭޝަން ނޯމަލައިޒިން ކޮމިޓީއެއްގެ ދަށަށް

May 5, 2023, 4:57 AM
އިންޑިއާގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

އިންޑިއާގެ ގައުމީ ބާސްކެޓްބޯޅަ ޓީމުގެ މެޗެއްގެ ތެރެއިން.-- ފޮޓޯ: އޭއެފްޕީ

މުމްބާއީ (މެއި 5) - އިންޑިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ބޭއްވުން ލަސްވެ، ގައުމީ ފެންވަރުގެ މުބާރާތްތައް މަޑުޖެހިއްޖެ އެވެ.

އިންޑިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ 2023-2027 ގެ އެސްކޯ ހޮވުމަށް ބާއްވާ އިންތިހާބު ބާއްވަން އޮތީ ފެބްރުއަރީ މަހުގަ އެވެ. އެހެން ނަމަވެސް، ފެބްރުއަރީ 18 ގައި ބާއްވަން އޮތް އިންތިހާބު ބޭއްވޭ ގޮތް ނުވެ ގަނޫނީ ގޮތުން މި ވަގުތު އެ އެސޯސިއޭޝަން އޮތީ ހުސްކަމެއްގެ ތެރޭގަ އެވެ.

މި ދަނޑިވަޅުގައި އިންޑިއާގެ ކޯޓުން ވަނީ އާ އިންތިހާބު ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއަކާ ހަވާލުކޮށްފަ އެވެ. މި މަހު ދެ ވަަނަ ދުވަހު، ކޯޓުން ނެރުނު އަމުރުގައި އަންގާފައިވަނީ އިންޑިއާގެ އޮލިމްޕިކް ކޮމިޓީ އާއި ސްޕޯޓްސް މިނިސްޓްރީ ހިމެނޭ ގޮތަށް ނޯމަލައިޒިން ކޮމިޓީގެ މަސައްކަތްތައް ސުޕަވައިޒް ކުރުމަށެވެ. އެ ގޮތުން، ކޮމިޓީގެ އިސް އެޑްމިނިސްޓްރޭޓަރަކަށް ހަމަޖައްސާފައިވަނީ ކަރްނަޓާކާގެ ކުރީގެ ޖަޖް، ކްރިޝްނާ ބަޓް އެވެ. ގާނޫނީ ގޮތުން އިންޑިއާ ބާސްކެޓްބޯޅަ ފެޑެރޭޝަން ހިންގުން އާ އިންތިބެއްގައި ހޮވޭ އާ ކޮމިޓީ އަކާ ހަވާލުވުމާ ހަމައަށް ހުރިހާ ކަމެއް ބެލެހެއްޓުން ވަނީ ނޯމަލައިޒިން ކޮމިޓީ/ އެޑްމިނިސްޓްރޭޓަރާ ހަވާލުކޮށްފަ އެވެ.

އިންޑިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ނުބޭއްވި ދިގުލައިގެންދާ މި ދަނޑިވަޅުގައި އިންޑިއާގައި ބާއްވަން އޮތް ދުނިޔޭގެ ބާސްކެޓްބޯޅަ ފެޑެރޭޝާންގެ އޭޝިއާ ޖެނެރަލް އެސެމްބްލީ އެ ގައުމުގައި ނުބާއްވަން މިހާރު ވަނީ ނިންމައިފަ އެވެ.

މި މަހު އިންޑިއާގެ ބެންގަލޫރުގައި ބާއްވަން އޮތް އޭޝިއާ ސަރަހައްދުގެ ބޮޑު ބައްދަލުވުން މިހާރު ބާއްވަން ހަމަޖެހިފައިވަނީ މެލޭޝިއާގެ ކުއަލަމްޕޫރުގަ އެވެ.

ދެކުނު އޭޝިއާ ސަރަހައްދުގެ އެންމެ ވަރުގަދަ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބު ލަސްވަމުންދާތީ އެ ގައުމުގެ ސްޓޭޓް އެސޯސިއޭޝަންތަކުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.

އާ އިންތިހާބު ބާއްވާނެ ތާރީޚު ކަނޑައަޅާފައި ނުވި ނަމަވެސް އިންތިހާބުގައި މި ފަހަރު ވެސް ރައީސް ކަމަށް ވާދަކުރާނެކަމަށް ބެލެވެނީ އެންމެ ފަހުން އެ މަގާމުގައި ހުރި ގޯވިންދަރާޖު އެވެ. މިދިޔަ ދެ ދައުރުގައި ވެސް އޭނާ ހުރީ ރައީސްކަމުގެ މަގާމުގަ އެވެ. ފަހު ފަހަރަށް އެ މަގާމު ފުރަން އޭނާ ތައްޔާރަށް ހުރި ނަމަވެސް އިންޑިއާގެ ދެކުނުގެ ގިނަ ސްޓޭޓްތަކުން ތިބީ އޭނާއާ ދެކޮޅަށްކަމަށް އިންޑިއާގެ މީޑިއާތަކުން ރިޕޯޓްކުރެ އެވެ.

އިންޑިއާގެ ބާސްކެޓްބޯޅަ އެސޯސިއޭޝަންގެ އިންތިހާބުގައި ރައީސްގެ މަގާމުގެ އިތުރުން ހަތް ނައިބު ރައީސުންނާއި، ޖެނެރަލް ސެކެޓްރީ، ފަސް ޖޮއިންޓް ސެކެޓްރީ ހާޒާންދާރު އަދި 11 އާންމު މެންބަރުން ހޮވާނެ އެވެ.

މި އިންތިހާބުގައި އިންޑިއާގެ 23 ސްޓޭޓް އެސޯސިއޭޝަނަކަށް ވޯޓު ލުމަށް ޝަރުތު ހަމަވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox